ދިވެހިރާއްޖެ
ޓީޝާޓް އަދި ވިއްސާރަ ކޯޓް ސަޕްލައިކުރުން
މި ކޯޕަރޭޝަނަށް ތިރީގައި މިދަންވާ ތަކެތި ގަންނަން ބޭނުންވެގެން ކުރި ނަންބަރު MRDC/IFB/2014/21 (ތާރީޚު:20 މާރިޗު 2014) އިޢުލާނާ ގުޅިގެން ތަކެތި ސަޕްލައިކުރުމަށް ޙަވާލުކުރެވުނު ފަރާތްތަކުން އެކަށީގެންވާ އެއްބާރުލުން ލިބިފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް އަލުން އިޢުލާން ކުރީމެވެ.
- 2000 ޓީޝާޓް (މަސައްކަތު މީހުންގެ)
- 500 ޓީޝާޓް (ސްޕަވައިޒަރުންގެ)
- 1000 ވިއްސާރަ ކޯޓް
ވީމާ، މިތަކެތި ސަޕްލައިކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 30 ޖުލައި 2015 ވާ (ބުރާސްފަތި) ދުވަހުގެ 13:00 އަށް މިކޯޕަރޭޝަންގެ ހެޑް އޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 06 އޮގަސްޓު 2015 ވާ (ބުރާސްފަތި) ދުވަހުގެ 13:00 އަށް އަގު ހުށަހެޅުއްވުން އެދެމެވެ.
މިކަމާގުޅޭ ގޮތުން އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެލައްވާނަމަ ތިރީގައިވާ އެޑްރެހަށް ގުޅުއްވުން އެދެމެވެ. އަދި ބީލަން ހުށަޅަންވާނީވެސް މިއެޑްރެހަށެވެ.
މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ބްލޮކް ނަންބަރު 385، މާފަތްތަކުރުފާނުމަގު
ޕޯސްޓަލް ކޯޑް: 20386
މާލެ، ދިވެހިރާއްޖެ
ފޯން ނަންބަރު: 9603320657+ ، 9609911606+
ފެކްސް ނަންބަރު: 9603317133+
27 ރަމަޟާން 1436