އިލެކްޝަންސް ކޮމިޝަން
ދިވެހިރާއްޖެ
ލޯކަލް ކައުންސިލްތަކުގެ ބައި-އިލެކްޝަން 2025 - ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކުރުން

(IUL)38-AC/38/2025/2 :ނަންބަރު

 

އިޢުލާން

ލޯކަލް ކައުންސިލްތަކުގެ ބައި-އިލެކްޝަން2025

ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކުރުން

2025 ފެބްރުވަރީ 08 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ނ. ލަންދޫ ކައުންސިލްގެ އަންހެން މެންބަރު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ގުރުއަތުނެގުމާއި ނަން ތަރުތީބުކުރުމަށް ހަމަޖެހިފައިވާ ތާރީޚު، ގަޑި އަދި ތަން މި ދަންނަވަނީއެވެ.

ގުރުއަތުނެގުން ކުރިޔަށްދާނެ ތާރީޚު، ގަޑި އަދި ތަން

ދާއިރާ

ތަން

ތާރީޚު އަދި ދުވަސް

ގަޑި

ނ. ލަންދޫ

ނ. ލަންދޫ ކައުންސިލް އިދާރާ

09 ޖަނަވަރީ 2025، ބުރާސްފަތި

10:00

އަދި ދަންނަވަމެވެ. އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުން ކަނޑައެޅިފައިވާ ގަޑިއަށް ގުރުއަތުނަގާ ތަނަށް ވަޑައިގެންދެއްވުން އެދެމެވެ. ކެންޑިޑޭޓަށް ހާޟިރުވެވެން ނެތްނަމަ، ކެންޑިޑޭޓުގެ ބަދަލުގައި ވަޑައިގަންނަވާ ބޭފުޅެއް ބަޔާންކޮށް، ކެންޑިޑޭޓުގެ ސިޓީއެއް މި ކޮމިޝަނަށް ހުށަހެޅުން އެދެމެވެ. އެހެން ނަމަވެސް، ކެންޑިޑޭޓް ނުވަތަ ބަދަލުގައި ބޭފުޅަކު ހާޟިރު ނުވާނަމަ، ކެންޑިޑޭޓުގެ ބަދަލުގައި ގުރުއަތު ނަގާނީ އިލެކްޝަންސް ކޮމިޝަނުގެ ފަރާތުންނެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

07 ޖަނަވަރީ 2025
ހޯދާ