ދިވެހިރާއްޖެ
ޚިދުމަތުން ދުރަށްދާންޖެހިފައިވާ ޚިދުމަތްތެރިންނާއި، ދާއިމީ ވަޒީފާއަށް ( ފުލްޓައިމް ވަޒީފާއަށް ) ނިކުތުމަށް އުޒުރުވެރިވާ ފަންނީ އަދި އިދާރީ ޚިދުމަތްތެރިން އަނބުރާ ޚިދުމަތަށް ނެރުމަށްޓަކައި އެކަށައަޅާފައިވާ ޚާއްސަ ސިޔާސަތު ތަންފީޒު ކުރުމަށްޓަކައި ސިވިލް ސަރވިސް ކޮމިޝަނުން ޢާއްމުކޮށްފައިވާ " ޚިދުމަތުން ދުރަށްދާންޖެހިފައިވާ ޚިދުމަތްތެރިންނާއި، ދާއިމީ ވަޒީފާއަށް ނިކުތުމަށް އުޒުރުވެރިވާ ފަންނީ އަދި އިދާރީ ޚިދުމަތްތެރިން ޚިދުމަތަށް ނެރުމުގެ އުޞޫލު 2024 " ( 05 އޯގަސްޓް 2024 ) ގެ ދަށުން އެކުލަވާލުމަށް ކަނޑައެޅިފައިވާ ދަފްތަރުގައި ރަޖިސްޓްރީވުމުގެ ފުރުސަތު ޢާއްމުކޮށް ހުޅުވާލަމެވެ.
ވީމާ، މިދަފްތަރުގައި ރަޖިސްޓްރީވުމަށް އެދިލައްވާ ފަރާތްތަކުން ތިރީގައިވާ ލިންކުގައިވާ މަޢްލޫމާތުތައް ފުރިހަމަކުރައްވާ، ފޯމްގައި ބަޔާން ކުރައްވާފައިވާ ލިޔުންތައް ހުށަހެޅުއްވުމަށް ދަންނަވަމެވެ. ދަފްތަރުގައި ރަޖިސްޓްރީވުމުގެ ސުންގަޑި އަކީ 08 ޖަނަވަރީ 2026 ވަނަ ދުވަހުގެ 15:00 އެވެ.
ފޯމްގެ ލިންކް: https://forms.gle/Y4rZ6HRYinLWSqok8
"ޚިދުމަތުން ދުރަށްދާންޖެހިފައިވާ ޚިދުމަތްތެރިންނާއި، ދާއިމީ ވަޒީފާއަށް ނިކުތުމަށް އުޒުރުވެރިވާ ފަންނީ އަދި އިދާރީ ޚިދުމަތްތެރިން ޚިދުމަތަށް ނެރުމުގެ އުޞޫލު 2024 " (05 އޮގަސްޓް 2024) ތިރީގައިވާ ލިންކު މެދުވެރިކޮށް ލިބިވަޑައިގަންނަވާނެއެވެ.
https://www.csc.gov.mv/Policy/Index/97
މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 6841970 ނަންބަރު ފޯނަށެވެ. އަދި އީ-މެއިލް ކުރައްވާނީ [email protected] އަށެވެ.