ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު (ނ. ހޮޅުދޫ)

މިކޯޕަރޭޝަންގެ ނ. ހޮޅުދޫ ޕްރޮޖެކްޓް ސައިޓުގެ ތިރީގައިމިވާ މަޤާމަށް މުވައްޒަފަކު ބޭނުންވެއްޖެއެވެ.

 މަޤާމް:

 ޕްރޮޖެކްޓް އެސިސްޓެންޓް

 ބޭނުންވާ ޢަދަދު:

 01 (އެކެއް)

 މަޤާމުގެ ގިންތި:

 ކޮންޓްރެކްޓް

 ކްލެސިފިކޭޝަން / ރޭންކް:

 އެސިސްޓެންޓް އޮފިސަރ - ގްރޭޑް 1

 އަސާސީ މުސާރަ:

 މަހަކު -/4000  ރުފިޔާ

 އެހެނިހެން ޢިނާޔަތްތައް:

 -   ސާރވިސް އެލަވަންސް : އަސާސީ މުސާރައިގެ %30

 -   އެޓެންޑެންސް އެލަވަންސް: އަސާސީ މުސާރައިގެ %30

 -   ފިކްސްޑް އެލަވަންސް: އަސާސީ މުސާރައިގެ %25

 -   ލިވިންގ އެލަވަންސް: އަސާސީ މުސާރައިގެ

 -   އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ   ފައިސާ ދެވޭނެއެވެ.

 ވަޒީފާ އަދާކުރަންޖެހޭ ތަން:

 ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ ނ. ހޮޅުދޫ ޕްރޮޖެކްޓް ސައިޓު.

 ފެންވަރު ނުވަތަ ޝަރުތު:

 -  ޖީ.ސީ.އީ އޯލެވެލް ނިންމާފައިވުން. ނުވަތަ،

 - މަސައްކަތާ ގުޅުން ހުރި ދާއިރާއަކުން ސެޓްފިކެޓް 02 ގެ ސަނަދެއް ޙާސިލުކޮށްފައިވުމާއެކު   މަސައްކަތާއި ގުޅޭ ދާއިރާއަކުން މަދުވެގެން 01 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

 ވަޒިފާގައި ކުރަންޖެހޭ   މައިގަނޑު މަސައްކަތްތައް:

 -   ސައިޓުގައި މަސައްކަތްކުރާ އެންމެހާ މުވައްޒަފުންގެ ހާޒިރީގެ ކަންތައްތައް ބެލެހެއްޓުން.

 -   މަސައްކަތާއި ގުޅިގެން ރަށުގެ އެކިއެކި އިދާރާތަކުން ހޯދަންޖެހޭ ހުއްދަތައް ހޯދުން.

 -   ސައިޓުގެ މަސައްކަތް ކުރިއަށްދާގޮތުގެ މަޢުލޫމާތު ދުވަހުން ދުވަހަށް އަންގަންޖެހޭ   ފަރާތްތަކަށް އެންގުން.

 -   ޕްރޮޖެކްޓާއި ބެހޭ ގޮތުން ސައިޓުން ތައްޔާރު ކުރަންޖެހޭ ހުރިހާ ލިޔެކިޔުންތައް   ތައްޔާރުކޮށް ބެލެހެއްޓުން.

 -   މިނޫންވެސް މަޤާމާ ގުޅޭގޮތުން ޑިޕާޓްމަންޓުގެ އިސް ވެރިޔާ / ސުޕަވައިޒަރ ޙަވާލުކުރާ   އޮފީހުގެ މަސައްކަތް ކުރުން.

 ސުންގަޑި:

 -   މިވަޒީފާއަށް އެދޭ ފަރާތްތަކުން، އެޕްލިކޭޝަން ފޯމް ފުރިހަމަކުރުމަށްފަހު، 14 ޖަނަވަރީ   2025 ވާ އަންގާރަ ދުވަހުގެ 16:00 ގެ ކުރިން، މިކޯޕަރޭޝަންގެ ހެޑް އޮފީހަށް ނުވަތަ   މިކޯޕަރޭޝަންގެ ހިއުމަން ރިސޯސް ޑިޕާޓްމަންޓުގެ އީ މެއިލް [email protected] އަށް   ފޮނުއްވުން އެދެމެވެ.

 -   ވަޒީފާއަށް އެދޭ ފޯމު މިކޯޕަރޭޝަނުގެ ވެބްސައިޓް  www.rdc.com.mv  އިން   ޑައުންލޯޑް ކުރެވޭނެއެވެ. އަދި މިކޯޕަރޭޝަންގެ ހެޑް އޮފީހުގެ (އޯކިޑް މަގު، އެމްއެސްއެލް   ބިލްޑިންގ ގެ ފުރަތަމަ ފަންގިފިލާ / މާލެ) ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި   އިޢުލާނާއެކު ވަޒީފާއަށް އެދޭ ފޯމް އެޓޭޗް ކުރެވިފައިވާނެއެވެ. އިޢުލާނުގެ ސުންގަޑި ހަމަވުމުގެ   ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ އެކަނޑައަޅާ ދުވަހުގެ ޢަދަދަށް   ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 ހުށަހަޅަންޖެހޭ ލިޔުންތައް: 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު.
  2. ތަޢުލީމީ ނުވަތަ އެ މަޤާމަކާއި ގުޅޭ ލިޔުން ހުށަހަޅަން ޖެހޭ މަޤާމުތަކުގެ ލިޔުންތައް.
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ  (މުއްދަތު ހަމަނުވާ).
  4. ވަޒީފާއެއް އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، ވަޒީފާގެ މުއްދަތު އަދި ވަޒީފާގެ މަސްޢޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ލިޔުމެއް.
  5. ޕޮލިސް ރިޕޯޓް (މުއްދަތުހަމަނުވާ)

 އިންޓަވިއު:

 މި މަޤާމަށް މީހަކު ހޮވުމަށް ކުރެވޭ އިންޓަވިއު އޮންނާނީ ޖަނަވަރީ މަހުގެ ތާރީޚެއްގައެވެ.

 އިތުރު މަޢުލޫމާތު: 

 އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންވާނަމަ މިކުންފުނީގެ 3339060 ނަންބަރު ފޯނަށް ގުޅުން   އެދެމެވެ.

07 ރަޖަބު 1446

07 ޖަނަވަރީ 2025
ހޯދާ