ދިވެހިރާއްޖެ
މިއިޢުލާނާއިއެކު ހުށަހަޅާފައިވާ ލިސްޓްގައިވާތަކެތި މިއިދާރާއަށް ފޯރުކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އަންދާސީ ހިސާބް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.
މިކަމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓަރ ކުރެއްވުމަށް ފަހު މިއިދާރާއަށް ދުރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން
އެދެމެވެ.
- · މަސައްކަތަށް ކަނޑައަޅާ އަގު އެނގޭނެގޮތަށް ތަފްސީލާއިއެކު ހުށަހެޅުން.
- · އަގު ހުށަހަޅަންވާނީ 30 ދުވަހުގެ ކުރެޑިޓަށް ކޮށްދެވޭ އަގެކެވެ.
- · މަސައްކަތަށް ހޭދަވާނޭ މުއްދަތު ( ބަންދު ދުވަސްތައް ހިމަނައިގެން) ބަޔާންކުރަން ވާނެއެވެ.
- · ކައުންސިލުން އަންގާތަނަކަށް ތަކެތި ގެނެސްދިނުން.
- · އަންދާސީ ހިސާބް ހުށަހެޅުން (އައިޓަމްސް ތަކުގެ އަގު އެގޭ ގޮތަށް ތައްޔާރުކޮށްފައި).
- · ކުންފުނި/ޕާޓްނާޝިޕް/ކޯޕަރޭޓިވް ސޮސައިޓީ/ އަމިއްލަފަރުދުންގެ ވިޔަފާރީގެ ރަޖިސްޓްރީ ކޮޕީ ހުށަހެޅުން.
- · ޖީއެސްޓީ ރެޖިސްޓްރޭޝަން ސެޓްފިކެޓްގެ ކޮޕީ ( ޖީއެސްޓީ ރެޖިސްޓްރީ ކޮށްފައިވާނަމަ) ހުށަހެޅުން.
- · ޕޮއިންޓް ދެވޭނީ ހުށަހަޅާ އެންމެ ކުޑަ އަގަކަށް 90 ޕޮއިންޓް އަދި މުއްދަތަށް 10 ޕޮއިންޓެވެ.
މި މަސައްކަތަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2024 ) އަދި (ޤާނޫނު ނަންބަރ: 19/2014 ) ގެ ދަށުން
ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިތަކަށެވެ.
ތަފްޞީލް |
ތާރީޚް |
ދުވަސް |
ވަގުތު |
އަންދާސީ ހިސާބު ހުށަހެޅުން |
15 ޖަނަވަރީ 2025 |
ބުދަ |
13:30 |
ބީލަމުގައި ބައިވެރިވެލައްވަން އެދޭ ފަރާތްތަކުން 13 ޖަނަވަރީ 2025ވަނަ ދުވަހުގެ 13:00ގެ ކުރިން މިއިދާރާއަށް ވަޑައިގެން، ނުވަތަ އީމެއިލް މެދުވެރިކޮށް
ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. މެއިލް މެދުވެރިކޮށް ފޮނުވާނީ procurement@kurendhoo.gov.mv އަށެވެ.
ރަޖިސްޓްރީ ކުރަން ފޮނުވާ މެއިލްގައި ހިމަނަން ޖެހޭ މަޢުލޫމާތު:
1- އިޢުލާން ނަންބަރު (މެއިލްގެ ސަބްޖެކްޓްގައި ލިޔުމަށް)
2- ކުންފުނި ނުވަތަ އިންވެސްޓްމެންޓްގެ ނަން
3- ގުޅޭނެ ފޯނު ނަންބަރު
4- އީމެއިލް އެޑްރެސް
5- މެއިލް ފޮނުވާފަރާތުގެ ނަމާއި ޙައިސިއްޔަތު
ކުންފުނި ނުވަތަ އިންވެސްޓްމެންޓްގެ ރަޖިސްޓްރީގެ ސާފު ފޮޓޯކޮޕީއަކާއި ޕްރީބިޑް މީޓިންގގައި ބައިވެރިވެލައްވާ ފަރާތުގެ އައިޑެންޓިޓީ ކާޑްގެ ސާފް ފޮޓޯކޮޕީއެއް
މެއިލްއާއިއެކު އެޓޭޗް ކުރަންވާނެއެވެ.
އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން މިއިދާރާއަށް އީމެއިލް ކުރެއްވުން އެދެމެވެ. ނުވަތަ ސަރުކާރު ބަންދު ނޫން ދަވަސްތަކުގެ ރަސްމީގަޑީގައި 6620001
ނަމްބަރު ފޯނާއި ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.