ހއ. އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
މި ހޮސްޕިޓަލްގައި ހުރި ގިނަ ދުވަސްވެ ބައުވެފައިވާ ބައެއް ހަރުމުދާ ނީލަން ކިޔުމާގުޅޭ

މިހޮސްޕިޓަލްގައި ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައި ހުރި ބައެއް ހަރުމުދާ  ނީލަން ކިޔުމަށް  ކުރެވުނު ނަންބަރު HAAH/HAAH/2024/56 އިއުލާނަން އެއްވެސްފަރާތަކުން ހާޒިރުވެފައި ނުވާތީ އެއިއުލާން ބާތިލްކޮށް އަލުން ތަކެތި ނީލަން ކިޔުމަށް އިއުލާންކުރަމެވެ. ނީލަން ކިޔުމަށް ހަމަޖެހިފައިވަނީ ދުވަހު ނީލަމު އުޞޫލުންނެވެ. ނީލަމުގައި ހިމެނޭތަކެތީގެ މައުލޫމާތާއި އިތުރު ތަފްސީލް މި އިއުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ. މިނީލަމުގައި ބައިވެރިވެލެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް ގެންނަވަން ވާނެއެވެ.

ވީމާ، ނީލަމުގައި ބައިވެރިވުމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން 16 ޖެނުއަރީ 2025 ބުރާސްފަތި ދުވަހުގެ 16:00 އަށް ހޮސްޕިޓަލްގެ (ގަރާޖް ) ކައިރިޔަށް ވަޑައިގެންދެއްވުން އެދެމެވެ. ނީލަމުގައި ބައިވެރިވެ ނީލަން ކާމިޔާބުކުރައްވާ ފަރާތުން ވަގުތުން ހޮސްޕިޓަލްގެ ކައުންޓަރއަށް ފައިސާ ދެއްކެވުމަށް ފަހު ސަރުކާރު ބަންދު ނޫން 3 ދުވަސް ތެރޭގައި ނީލަން ކިޔުނު ތަކެތި ގެންދަވަން ވާނެއެވެ. މި މުއްދަތުގައި ތަކެތި ނުގެންދަވައިފިނަމަ  ތަކެތި ނައްތާލެވޭނެ ކަމުގައި ދެންނެވީމެވެ. މިއިޢުލާނާއި އެކު ނީލަން ލިސްޓާއި ނީލަން ފެށޭ އަގު ހިމެނޭ ޝީޓް ހިމަނާފައިވާނެވެ.

07 ޖަނަވަރީ 2025
ހޯދާ