ދިވެހިރާއްޖެ
މިކުންފުނިންދޭ މަޢުލޫމާތާއި އެއްގޮތްވާ ގޮތުގެ މަތިން އެމް.ޑަބްލިޔު.އެސް.ސީގެ ބޭނުމަށް އދ. ފެންފުށީގައި ފެނުގެ ނިޒާމްގެ ޕްރޮޖެކްޓް ހިންގުމަށް އދ. ފެންފުށިން ބޭނުންވާ ސައިޓް އޮފީސްއާއި އެކޮމޮޑޭޝަން ގާއިމުކުރުމަށް ގޯއްޗާއިއެކު އިމާރާތެއް ކުއްޔަށް ދޫކުރާނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ތާވާލާއި އެއްގޮތަށް މައުލޫމާތު ސާފުކުރެއްވުމަށްފަހު އަގު ހުށައެޅުއްވުން އެދެމެވެ.
- ކުއްޔަށް ހިފާ ތަނުގައި ހުންނަން ޖެހޭ މުހިންމު ޝަރުތުތައް
1.1 އިމާރާތުގައި މަދުވެގެން 2 ކޮޓަރިއާއި ސިޓިންގްރޫމަކާއިއެކު ކައްކާކެވޭގޮތައް ބަދިގެޔެއް ހުންނަންވާނެއެވެ.
1.2 އިމާރާތުގައި އެޕްލަޔަންސާއިއެކު 2 ފާހާނާ ފެންވަރާ ހެދޭގޮތަށް ހުންނަންވާނެއެވެ.
1.3 އިމާރާތުގެ 2 ކޮޓަރި ހުންނަންވާނީ ފުލީ ފާނިޝްކުރެވިފައެވެ.
1.4 އިމާރާތުގައި އިމާރާތާއި އެކަށީގެންވާވަރުގެ ސެކިއުރިޓީ ސިސްޓަމްއެއް ހުންނަންވާނެއެވެ.
1.5 އިމާރާތުގައި ކައްކައި ކެވޭނެ އެންމެހައި ސާމާނާއި (އުދުނާއި، ތެއްޔާއި، ތަށްޓާއި، އޫލާއި، ސަމުސާ، ހޫނުފެންކުރާ، އަދި ހުސްގޭސްފުޅި ހިމެނޭހެން)، ފްރިޖަކާއި، ދޮންނަމެޝިނަކާއިއެކު އެހެނިހެން މުހިންމު ބޭނުންހިފޭތަކެތި ހުންނަންވާނެއެވެ.
1.6 އިމާރާތުގައި ހުންނަންވާނީ ކުއްޔަށްހިފާފަރާތުން ބަލައިގަނެވޭނެ ހާލަތުގައިވާ ރަނގަޅު ފެންވަރުގެ ފަރުނީޗަރާއި، ގޮަދަނޑި، ބާލީސް، ބެޑްޝީޓް އަދި ބާލީސްއުރަ ފަދަ ތަކެއްޗެވެ. އަދި މިތަކެތީގައި މައްސަލައެއް ނުވަތަ ގެއްލުމެއް ހުރެގެން ނުވާނެއެވެ.
1.7 އިމާރާތުގައި ހުންނަންވާނީ ކުއްޔަށްހިފާފަރާތުން ބަލައިގަނެވޭނެ ހާލަތުގައިވާ ރަނގަޅު ފެންވަރުގެ ކައްކައި ކެވޭނެ ސާމާނާއި، ފްރިޖާއި، ދޮންނަމެޝިން ފަދަ ތަކެއްޗެވެ. އަދި މިތަކެތީގައި މައްސަލައެއް ނުވަތަ ގެއްލުމެއް ހުރެގެން ނުވާނެއެވެ.
1.8 އިމާރާތުގައި ހުންނަންވާނީ ކުއްޔަށްހިފާފަރާތުން ބަލައިގަނެވޭނެ ހާލަތުގައިވާ ރަނގަޅު ފެންވަރުގެ ކަރަންޓާއި ފާހާނާ ނިޒާމާއިގުޅޭ އެކިކަހަލަ އެޕްލަޔަންސްެ ފަދަ ތަކެއްޗެވެ. އަދި މިތަކެތީގައި މައްސަލައެއް ނުވަތަ ގެއްލުމެއް ހުރެގެން ނުވާނެއެވެ.
- 2. ބީލަމާއެކު ހުށަހަޅަންޖެހޭ ތަކެތި:
2.1 ކުންފުންޏެއް ނުވަތަ ވިޔަފާރިއެއްނަމަ، ރަޖިސްޓްރީގެ ކޮޕީ
2.2 އަމިއްލަ ފަރުދެއްނަމަ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ އަދި އަމިއްލަ ފަރުދެއްގެ ވިޔަފާރިއެއް ނަމަ މީގެ އިތުރުން ވިޔަފާރީގެ ރަޖިސްޓަރީގެ ކޮޕީ
2.3 ޖީ.އެސް.ޓީ ދައްކަން ޖެހޭ ވިޔަފާރިއެއް ނަމަ، ޖީ.އެސް.ޓީ ރަޖިސްޓްރީގެ (ސެޓްފިކެޓް އޮފް ރަޖިސްޓްރީގެ) ކޮޕީ
2.4 މި މަސައްކަތަށް ހުށަހަޅާ ތަނުގެ ފޮޓޯ އާއި އިމާރާތުގެ ކުރެހުން (މިންތައް އެނގޭ ގޮތަށް)
2.5 މި މަސައްކަތަށް ހުށަހަޅާ އިމާރާތުގެ ވެރިފަރާތުން ބީލަން ހުށަހަޅާނަމަ، އެއީ ވެރިފަރާތްކަން އަންގައިދޭ ލިޔުން
2.6 ވެރިފަރާތް ނޫން އެހެން ފަރާތަކުން ކުއްޔަށް ދޭ އިމާރާތެއްނަމަ، އެފަރާތަކީ އެއިމާރާތް ކުއްޔަށް ދޫކުރެވޭނެ ފަރާތެއްކަން އަންގައިދޭ ލިޔުމެއް.
2.7 މިމަސައްކަތަށް ހުށަހަޅާ އިމާރާތުގެ ހުއްދަ ނަގާފައިވާ ކުރެހުމުގެ ކޮޕީ
- 3. އިވެލުއޭޝަން ކްރައިޓީރިއާ
މި ކަރުދާހުގައި ބީލަންވެރިޔާގެ އަދި ހުށަހަޅާ ޖާގާގައި ހުންނަން ޖެހޭނެ ކަމަށް ބަޔާންކުރާ އެންމެހައި ކަންކަން ފުރިހަމަ ވާންވާނެއެވެ، އަދި ތަން ޙަވާލު ކުރާއިރު ފުރިހަމަވެފައި ހުންނަން ޖެހޭނެ ކަމަށް ބަޔާންކުރާ އެންމެހައި ކަންކަން ފުރިހަމަވާނެ ކަން ކަށަވަރުކޮށްދޭން ވާނެއެވެ. އަދި ތަން ޙަވާލު ކުރާނެ ތާރީޚް ބީލަމުގައި ބަޔާންކޮށްފައި އޮންނަންވާނެއެވެ.
ކްރައިޓީރިއާ |
މާކްސްދެވޭ އިންސައްތަ |
ބީލަމުގެ އަގު (މަހު ކުލި) |
40% |
ކުއްޔައްދޫކުރާ ތަނުގެ ސައިޒާއި ރައްކާތެރިކަން |
30% |
ކުއްޔައްދޫކުރާ ތަނުގައި އެކުލެވިގެންވާ ބޭނުންހިފޭ ތަކެތި |
20% |
ކުއްޔައްދޫކުރާ ތަނުގެ ލޮކޭޝަން |
10% |
- 4. ބިޑް ކުރިއަށްދާނެ ގޮތުގެ ތާވަލް:
ތަފްސީލް |
ތާރީހް |
ގަޑި |
ތަން |
މައުލޫމާތު ސާފުކުރުން |
13 ޖަނަވަރީ 2025 |
12:00 |
އދ. ފެންފުށި ކައުންސިލް އިދާރާ ނުވަތަ އެމް.ޑަބްލިޔު.އެސް.ސީ ކަސްޓަމަރ ސާރވިސް ބިލްޑިން، 6 ވަނަ ފަންގިފިލާ |
އަގު ހުށައެޅުން |
16 ޖަނަވަރީ 2025 |
12:00 |
އދ. ފެންފުށި ކައުންސިލް އިދާރާ ނުވަތަ އެމް.ޑަބްލިޔު.އެސް.ސީ ކަސްޓަމަރ ސާރވިސް ބިލްޑިން،6 ވަނަ ފަންގިފިލާ |
ކޮންޓްރެކްޓިންގ ޑިޕާޓްމަންޓް