ކުޅުދުއްފުށީ ޕޯޓް ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
ކުޅުދުއްފުށީ ޕޯޓުން ދޭ ރީ-ޝިޕްޓިން ޙިދުމަތަށް އަގު ނެގުމާއި ގުޅޭ.

                             ކުޅުދުއްފުށީ ޕޯޓަށް ޙިދުމަތް ހޯދުމަށް ވަންނަ އުޅަނދުފަހަރުން ބާލާ ކޮންޓެއިނަރތަކަށް ދެވޭ ރީ-ޝިފްޓިން ޙިދުމަތަށް 22 ޖެނުވަރީ 2025 ވަނަ ދުވަހުން ފެށިގެން ކުޅުދުއްފުށީ ޕޯޓުން އަމަލުކުރަމުން ގެންދާ ޓެރިފްގައި ބަޔާންކުރާ ޗާޖް ނެގުމަށްވަނީ ނިންމާފައެވެ. ރީ-ޝިފްޓިން ޗާޖް ދައްކަން ނުޖެހޭ ހާލަތްތަކާއި ދައްކަން ޖެހޭ ހާލަތްތަށް ތިރީގައި ބަޔާން ކޮށްފައި އެވަނީ އެވެ.

ރީ-ޝިފްޓިން ޗާޖް ދައްކަން ނުޖެހޭ ހާލަތްތައް

  • ދޯނިން ކޮންޓެއިނަރ ބާލާ ސަރަޙައްދުގައި ޖައްސާ ދުވަހު ކުލިއަރ ކުރުމަށް ރިކުއެސްޓްކޮށް އެދުވަހު ކުލިއަރ ކުރާނަމަ، ނުވަތަ ސަރަޙައްދަށް / ގުދަނަށް މުދާ ވައްދާ ކޮންޓެއިނަރ ހުސްކުރާނަމަ ރީ-ޝިފްޓިން ޗާޖް ދައްކާކަށް ނުޖެހޭނެއެވެ.
  • ދޯނިން ކޮންޓެއިނަރ ބާލާ ސަރަޙައްދުގައި ޖައްސާދުވަހު ކުލިއަރ ކުރުމަށް ރިކުއެސްޓް ނުފޮނުވާ ޖެހިގެން އަންނަދުވަހު ކުލިއަރ ކުރުމަށް ރިކުއެސްޓްކޮށް އެދުވަހު މުދާ ކުލިއަރ ކުރާނަމަ، ނުވަތަ ސަރަޙައްދަށް / ގުދަނަށް މުދާ ވައްދާ ކޮންޓެއިނަރ ހުސްކުރާނަމަ ރީ-ޝިފްޓިން ޗާޖް ދައްކާކަށް ނުޖެހޭނެއެވެ.

ރީ-ޝިފްޓިން ޗާޖް ދައްކަން ޖެހޭ ހާލަތްތައް

  • ދޯނިން ކޮންޓެއިނަރ ބާލާ ސަރަޙައްދުގައި ޖައްސާ ދުވަހު ރިކުއެސްޓް ފޮނުވާ އެދުވަހު ކޮންޓެއިނަރ ނުކެނޑި ނުވަތަ ކޮންޓެއިނަރ ކަނޑާ  އޭގައި ހުރި މުދާ ކުލިއަރ ނުކުރެވި / ކޮންޓެއިނަރ ހުސްނުވެ ޖެހިގެން އަންނަ ދުވަހު ކުލިއަރ ކުރުމަށް ކުލިއަރިން ރިކުއެސްޓް ބަދަލުކުރާނަމަ ކުލިއަރ ކުރެވޭނީ ރީ-ޝިފްޓިން ޗާޖް ދެއްކުމަށް ފަހުގައިއެވެ.
  • ދޯނިން ކޮންޓެއިނަރ ބާލާ ސަރަޙައްދުގައި ޖައްސާ ދުވަހު ކުލިއަރ ކުރުމަށް ރިކުއެސްޓް ފޮނުވާ އެދުވަހު ކޮންޓެއިނަރ ކަނޑާ، ކަސްޓަމްސް ޗެކިން ނިންމާ އެދުވަހު ކޮންޓެއިނަރ ކުލިއަރ ނުކޮށް، ޖެހިގެން އަންނަ ދުވަހު ކުލިއަރ ކުރުމަށް ކުލިއަރިން ރިކުއެސްޓް ބަދަލުކުރާނަމަ ކުލިއަރ ކުރެވޭނީ ރީ-ޝިފްޓިން ޗާޖް ދެއްކުމަށް ފަހުގައިއެވެ.
  • ދޯނިން ކޮންޓެއިނަރ ބާލާ ސަރަޙައްދުގައި ޖައްސާދުވަހު ކުލިއަރ ކުރުމަށް ރެކުއެސްޓް ފޮނުވާ އެދުވަހު ކުލިއަރިން ރިކުއެސްޓް ފޮނުވުމަށް ކަނޑައަޅާފައިވާ ގަޑި(13:30)އަށް ޑީއޯ ހުށަހަޅާ ފައިސާގެ މުޢާމަލާތް ހަމަނުޖެހި، ޖެހިގެން އަންނަދުވަހަށް ރިކުއެސްޓް ބަދަލު ކުރަން ޖެހިއްޖެނަމަ، ޖެހިގެން އަންނަދުވަހު ކުލިއަރ ކުރެވޭނީ ރީ-ޝިފްޓިން ޗާޖް ދެއްކުމަށް ފަހުގައިއެވެ.

ވީމާ، މިކަން އާންމުކޮށް އަންގާ ޢިއުލާން ކުރަމެވެ.

07 ޖަނަވަރީ 2025
ހޯދާ