ދިވެހިރާއްޖެ
އިޢުލާން
2 ޓަނުގެ ޑަންޕް ޓްރަކެއް ގަނެ ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ (ދެވަނަ އިޢުލާން)
ލ. ކުނަހަންދޫ ވޭސްޓްމެނޭޖްމެންޓް ސެންޓަރަށް 2 ޓަނުގެ ޑަންޕް ޓްރަކެއް ގަނެ ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ކުރި މިކައުންސިލްގެ ނަންބަރު: (IUL)405-A/2024/54 (19 ޑިސެމްބަރު 2024) އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން ބީލަމުގައި ރަޖިސްޓްރީވެފައި ނުވާތީ، މި މަސައްކަތަށް ބީލަށް ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ. މި ބީލަމުގައި ބައިވެރިވެ އަގު ހުށަހެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓްގައި ވިޔަފާއި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ.
ބީލަމުގައި ބައިވެރިވެލައްވަން އެދޭ ފަރާތްތަކުން، 2025 ޖަނަވަރީ 15 ވަނަ ދުވަހުގެ 14:00ގެ ކުރިން ބިޑް "ރަޖިސްޓްރޭޝަންފޯމް" ފުރިހަމަކުރައްވާ މިކައުންސިލްގެ އީމެއިލް [email protected] އަށް މެއިލްކުރެއްވުމަށް ދަންނަވަމެވެ. ނުވަތަ މިކައުންސިލަށް ވަޑައިގެން ބިޑްގައި ރަޖިސްޓްރީވުމަށް އެދޭފޯމް ހުށަހެޅުމަށް ދަންނަވަމެވެ. މިބީލަމުގައި ބައިވެރިވެވޭނީ މިމުއްދަތުގައި ރަޖިސްޓްރީވާ ފަރާތްތަކަށެވެ.
މި ބީލަމާއި ގުޅިގެން އިތުރަށް މައުލޫމާތު ސާފުކުރައްވަން ބޭނުންނަމަ، 2025 ޖަނަވަރީ 16 ވަނަ ދުވަހުގެ 13:00ގެ ކުރިން [email protected] އަށް ލިޔުމަކުން ފޮނުވުމަށް ދަންނަވަމެވެ.
ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 2025 ޖަނަވަރީ 19 ވަނަ ދުވަހުގެ 13:00ގައި މިކައުންސިލްގެ އިދާރާގައެވެ. މިބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީނުވާ ފަރާތްތަކަށް ބިޑުހުށަހެޅުމުގެ ބައްދަލުވުމުގައި ބައިވެރިއެއް ނުވެވޭނެއެވެ.
07 ރަޖަބު 1446
07 ޖަނަވަރީ 2025