ދިވެހިރާއްޖެ
"މަތީ ތަޢުލީމާއި ތަމްރީނުގެ ޤާނޫނު" ގެ ދަށުން ދިވެހިރާއްޖޭގައި މަތީ ތަޢުލީމާއި ތަމްރީނުދޭ މަރުކަޒުތައް ހިންގޭނީ މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާގައި ރަޖިސްޓަރ ކުރުމަށް ފަހުގައެވެ. މިއަދާ ހަމައަށް ރީ-ރަޖިސްޓަރ ކޮށްފައިނުވާ 101 (ސަތޭކަ އެކެއް) މަރުކަޒެއްގެ ނަން ހިމެނޭ ލިސްޓެއް އެ ވުޒާރާއިން ވަނީ މި އޮތޯރިޓީއާ ޙިއްސާ ކުރައްވާފައެވެ.
ވުމާއެކު، މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާގައިގެ ދަފްތަރު (ކޮލެޖްތަކާއި އިންސްޓިޓިއުޓްތަކުގެ ދަފްތަރު) ގައި ރަޖިސްޓަރ ކޮށްފައިނުވާ މަރުކަޒުތަކުގެ ލިސްޓްގައި ހިމެނޭ 101 (ސަތޭކަ އެކެއް) މަރުކަޒަކުން ކުރިން ހުއްދަދީގެން ހިންގަމުން އައި ޕްރޮގްރާމްތައް ހިންގާ ޕްރޮގްރާމްތައް މިއަދުން ފެށިގެން "މަތީ ތަޢުލީމާއި ތަމްރީނުގެ ޤާނޫނު" ގެ 21 ވަނަ މާއްދާގެ (ބ) ގެ ދަށުން މި އޮތޯރިޓީން ޤަބޫލުނުކުރާނެ ވާހަކަ ދެންނެވީމެވެ. އަދި މި އޮތޯރިޓީގެ ވެބްސައިޓްގައި ހިމެނޭ "ޕްރޮގްރާމް އެކްރެޑިޓޭޝަން" ބައި ގައިވާ “Previously Approved Programs” ލިސްޓްގައި ވާ މަރުކަޒުތަކާއި ދިމާލުގައި މިކަން ފާހަގަކޮށް ވެބްސައިޓްގައި ޝާއިއު ކުރެވޭނެ ވާހަކަދެންނެވީމެވެ. އެގޮތުން “Previously Approved Programs” ލިސްޓް ޝާއިޢުކޮށްފައިވާ މި އޮތޯރިޓީގެ ވެބްސައިޓްގެ ލިންކް ތިރީގައިއެވަނީއެވެ.
https://old.mqa.gov.mv/institutes/local
އަދި ކުރިން އެޕްރޫވަލް ދީފައިވާ ޕްރޮގްރާމްތަކުން ކިޔަވާފައިވާ އަދި އެމް.ކިއު.އޭ އަށް ބެޗް އޮޑިޓަށް ފޮނުވާފައިވާ ދަރިވަރުންގެ ސަނަދު މި އޮތޯރިޓީން ޤަބޫލުކުރާނެ ވާހަކަ މާއުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި މި ދެންނެވި 101 މަރުކަޒުގެ ނަން ހިމެނޭ ލިސްޓް މި ޢާންމު އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ. ވުމާއެކު، މިކަމަކީ ޢާންމުންނަށް މުހިއްމު މަޢުލޫމާތަކަށް ވާތީ މިކަން ޢާންމުކޮށް އިޢުލާންކުރީމެވެ.