ދިވެހިރާއްޖެ
މި ރަށު ފެރީޓަރމިނަލްގައި ހަދާފައިވާ ޓަކްޝޮޕް ކުއްޔަށްހިފަން އެދޭ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލަމެވެ. ޓަކްޝޮޕް ކުއްޔަށް ހިފާފަރާތާއި ކުއްޔަށް ދޭފަރާތުން ޢަމަލުކުރަންޖެހޭނީ "ފެރީ ޓާމިނަލުގައި ހުރި ޓަކްޝޮޕް ކުއްޔަށް ދޫކުރުމާއި ބެހޭ އުޞޫލް" (އުޞޫލް ނަންބަރު: USL/340/2022/02) އާއި އެއްގޮތަށެވެ. މި އުޞޫލް މި އިޢުލާނާއެކު އެއްކަރުދާސްކުރެވިފައި ވާނެއެވެ.
ވީމާ، މި ރަށު ފެރީޓަރމިނަލްގައި ހުރި ޓަކްޝޮޕް ކުއްޔަށް ހިފަން އެދޭ ފަރާތްތަކުން މި ކަމާއި ގުޅޭ އިތުރު މަޢުލޫމާތެއް ހޯދުމަށް އެއްވެސް ސުވާލެއްކުރައްވަން އެދިލައްވާނަމަ 2025 ޖަނަވަރީ 12 ވަނަ ދުވަހުގެ 14:00 ގެ ކުރިން މި ކައުންސިލްގެ އީމެއިލް [email protected] އަށް މަޢުލޫމާތު ބޭނުންވާ ކަންކަމުގެ ސުވާލުތައް ފޮނުއްވުމުން 2025 ޖަނަވަރީ 13 ވަނަ ދުވަހު ޖަވާބުތައް ފޮނުވޭނެއެވެ.
ކުއްޔަށް ހިފުމަށް އެދި ހުށަހަޅާނީ އިސްވެދެންނެވިފައިވާ އުޞޫލްގެ 7 ވަނަ ނަންބަރުގައި ބަޔާންކުރާ ފޯމް ފުރިހަމަކޮށް 2025 ޖަނަވަރީ 19 ވަނަ ދުވަހުގެ 10:00 އަށް މި އިދާރާއަށެވެ.