ހައްދުންމަތީ ކަލައިދޫ ކައުންސިލުގެ އިދާރާ
ދިވެހިރާއްޖެ
އިންޑަސްޓްރިއަލް މަސައްކަތް ކުރުމަށް ބިމެއް ކުއްޔަށް ދޫކުރުމާއި ގުޅޭ

             ހައްދުންމަތީ ކަލައިދޫ ލޭންޑް ޔޫސް ޕްލޭންގައި ކަނޑައަޅާފައިވާ ބިން ތަކުގެ ތެރެއިން، ނާބަން ސަރަހައްދުގައި ހިމެނޭ އިންޑަސްޓްރިއަލް ބިން، އިންޑަސްޓްރިއަލް ބޭނުންތަކަށް 35 (ތިރީސް ފަހެއް) އަހަރުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް އިޢުލާނު ކުރަމެވެ. މިދެންނެވި ސަރަޙައްދުގައި އިންޑަސްޓްރިއަލް މަސައްކަތްތައް ކުރުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މިއިދާރާއަށް ވަޑައިގެން ޕްރޮޕޯސަލް ހުށަހެޅުއްވުމަށް ފުރުޞަތު ހުޅުވާލަމެވެ.

             މި އިޢުލާނަށް ބީލަން ހުށަހެޅުއްވޭނީ، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަމްބަރު 19/2014) ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށާއި ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރު 18/2014) ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ.

ބިމުގެ ތަފްޞީލް:

ނަންބަރު: 31.1

ބިން ދޫކުރެވޭ ބޭނުން:

އިންޑަސްޓްރިއަލް (ސިނާއީ މަސައްކަތް)

 

ބިމުގެބޮޑުމިން:

(އަކަ ފޫޓު) 65000

ބިމު ކުލީގެ ގޮތުގައި ހުށަހެޅޭނެ އެންމެ ދަށް އަދަދު މަހަކަށް (ދިވެހި ރުފިޔާ): ބިމުގެ އަކަފޫޓަކަށް 20/-ލ ރޭޓުން: -/13000ރ އެވެ.

 

ބިމުގެ ސަރަހައްދު އަނގައިދޭ ޗާޓު މި އިޢުލާނާއެކު ގެޒެޓުކޮށްފައިވާނެއެވެ.

ނަން ނޯޓް ކުރުން/ ރަޖިސްޓްރޭޝަން

  • މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 06 ޖަނަވަރީ 2025 ވާ ހޯމަ ދުވަހުން ފެށިގެން 12 ޖަނަވަރީ 2025 ވާ އާދީއްތަ ދުވަހުގެ 13:00 ދެމެދުގައި ބީލަމުގައި ރަޖިސްޓަރީ ވުމަށްއެދޭ ފޯމް ފުރުއްވައި، ބީލަމުގައި ބައިވެރިވުމުގެ ފީ ދެއްކި ސްލިޕާއެކު، މި އިދާރާގެ ކައުންޓަރަށް ނުވަތަ ކައުންސިލްގެ މެއިލް އެޑްރެސް: [email protected] އަށް މެއިލް ކޮށްދެއްވުން އެދެމެވެ. އަދި ބީލަމުގައި ރަޖިސްޓަރީ ވުމަށްއެދޭ ފޯމް މި އިދާރާގެ ކައުންޓަރުންނާއި މި އިޢުލާން ލިންކުން ލިބިވަޑައިގަންނާވާނެއެވެ. މި ބީލަމުގައި ބައިވެރިވުމަށް  -/500 ރުފިޔާ (ފަސްސަތޭކަ ރުފިޔާ) ގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަވަންޖެހޭނެއެވެ.

 ޕުރީބިޑު މީޓިންގ / މަޢުލޫމާތު ސާފުކުރުން

  • މަޢުލޫމާތު ސާފުކުރައްވަން ބޭނުންވާ ފަރާތްތަކަށް ބާއްވާ ބައްދަލުވުމެއް 13 ޖަނަވަރީ 2025 ވާ ހޯމަ  ދުވަހުގެ 13:00 ގައި،  ހައްދުންމަތީ ކަލައިދޫ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައި އޮންނާނެއެވެ.
  • ބިޑް / ޕްރޮޕޯސަލް ހުށަހަޅާ ފަރާތްތަކުން، މި ބައްދަލުވުމުގައި ބައިވެރިވުން ލާޒިމެއް ނުވާނެއެވެ.
  • މަޢުލޫމާތު ސާފުކުރަން ޙާޟިރު ނުވެވޭ ފަރާތްތަކަށް، ބަދަލުގައި މީހަކު ފޮނުވިދާނެއެވެ. ބަދަލުގައި ފޮނުވާ ފަރާތުގެ މަޢުލޫމާތު (ފުރިހަމަ ނަމާއި، އައިޑީ ކާޑު ނަންބަރާއި، ގުޅޭނެ ނަންބަރު)  އިނގޭނެ ގޮތަށް ސިޓީއެއް ގެންނަވާނެއެވެ.

ބިޑު (އަންދާސީ ހިސާބު) ހުށަހެޅުން

  • ބިޑް / ޕްރޮޕޯސަލް ހުޅުވުން އޮންނާނީ  20 ޖަނަވަރީ 2025 ވާ ހޯމަ ދުވަހުގެ 13:00 ގައި ހައްދުންމަތީ ކަލައިދޫ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ.
  • ބިޑް / ޕްރޮޕޯސަލް ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ.
  • ބިޑުގައި ރަޖިސްޓްރީ ނުވާ ފަރާތްތަކާއި، ގަޑިޖެހިގެން ބިޑުހުށައަޅަން ވަޑައިގަންނަވާ ފަރާތްތަކަށް ބިޑު ހުށައެޅުމުގެ ފުރުޞަތެއް ނުދެވޭނެއެވެ.

އިތުރު މަޢުލޫމާތު:

  • މި އިޢުލާނާއި ގުޅިގެން އެއްވެސް މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެލައްވާނަމަ 16 ޖަނަވަރީ 2025 ވާ ބްރާސްފަތި ދުވަހުގެ 13:00 ގެ ކުރިން [email protected]  އަށް މެއިލް ކޮށްދެއްވުން އެދެމެވެ. 

ހައްދުންމަތީ ކަލައިދޫ ކައުންސިލްގެ އިދާރާ

 ކަލައިދޫ، ދިވެހިރާއްޖެ،

ފޯން: 6800730 (ރަސްމީ ގަޑީގައި)

                           ވީމާ، މިކަން  އާއްމުކޮށް އެންގުމަށްޓަކައި  އިޢުލާން ކުރީމެވެ.         

06 ޖަނަވަރީ 2025
ހޯދާ