ދިވެހިރާއްޖެ
ކޮންޓްރެކްޓް އުސޫލުން މަސައްކަތްކުރާނެ މުވައްޒަފެއް ބޭނުންވެއްޖެ
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:
1- ޤައުމީ މަންހަޖުގެ ކިޔަވައިދިނުމަށް ބޭނުންވާ ފޮތްތައް ލިޔެ، ލޭއައުޓް ހެދުމުގެ މަސައްކަތްތަކުގައި މި އިންސްޓިޓިއުޓްގެ ފަރާތުން ޤުރުއާން މާއްދަގެ އެންމެހައި ކަންތައްތައް ބެލެހެއްޓުން.
2- ސްކޫލްތަކަށް ގޮސް ޤުރުއާން މާއްދާގެ މަންހަޖު ތަންފީޛު ކުރާ ގޮތް ބެލުން:
(ހ) ޓީޗަރުން ބޭނުންވާ ކަންކަން ފާހަގަކޮށް އެކަންކަމުގައި އެހީތެރިވުމުގެ ގޮތުން އުފައްދަން ޖެހޭ ތަކެތި އުފެއްދުމާއި، އުފައްދައިފައިވާ ތަކެއްޗަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް ހުށަހެޅުން.
(ށ) ޤުރުއާން މާއްދާގެ މަންހަޖު ތަންފީޛު ކުރުމަށްޓަކައި ޓީޗަރުންނަށް ބޭނުންވާ އިތުރު ތަމްރީނުތައް ރާވައި ހިންގުމުގައި ކަމާބެހޭ ފަރާތްތަކަށް އެހީތެރިވުން.
3- ޤުރުއާން މާއްދާ ކިޔެވުމާއި ކިޔަވައިދިނުމުގައި ދަރިވަރުންނާއި މުދައްރިސުން ބޭނުންކުރާނެ ތަކެތި އުފެއްދުމުގެ މަސައްކަތް ކުރުން.
4- ސްކޫލްތަކާއި ޢަރަބި މާއްދާގެ ފަންނީ މާހިރުންގެ މަޝްވަރާއާ އެކު މާއްދާގެ ފޮތްތަކާއި ކިޔެވުމާއި ކިޔަވައިދިނުމުގެ އެހީތައް އިތުރަށް ތަރައްޤީ ކުރުމުގެ މަސައްކަތް ކުރުން.
5- ޚިދުމަތުގައި ތިއްބަވާ ޓީޗަރުންނާއި އަލަށް ޚިދުމަތަށް ނުކުންނަވާ ޓީޗަރުން ޤުރުއާން މާއްދާގެ މަންހަޖަށާއި، މަންހަޖު ތަންފީޛުކުރުމަށް ބޭނުންކުރާ ވަސީލަތަކަށް އަހުލުވެރި ކުރުވުމުގެ ގޮތުން ހިންގަންޖެހޭ ތަމްރީނު ޕްރޮގްރާމްތައް ހިންގުން.
6- ޤުރުއާން މާއްދާގެ ޕެނަލް ބައްދަލުވުންތައް ބޭއްވުން.
މަސައްކަތް ކުރަންޖެހޭ ތަން:
ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން
މަސައްކަތް ކުރަންޖެހޭ ވަގުތު:
ހެނދުނު 8:00 ން މެންދުރުފަހު 15:00 އަށް
(އިތުރުގަޑީގައި މަސައްކަތްކުރައްވަން ޖެހިއްޖެނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ މަސައްކަތަށް ފައިސާ ލިބޭނެއެވެ.)
ކޮންޓްރެކްޓްކުރެވޭ މުއްދަތު:
1 އަހަރު
މުސާރަ އަދި ޝަރުޠު:
މަޤާމް |
|
ކްލެސިފިކޭޝަން |
ޝަރުޠު |
މަޤާމުގެ އަސާސީ މުސާރަ |
ސަރވިސް އެލަވަންސް |
އެޑިޔުކޭޝަން ޑިވެލޮޕްމަންޓް އޮފިސަރ |
MS3 |
އެޑިޔުކޭޝަން ޑިވެލޮޕްމަންޓް އޮފިސަރ 4 |
ޓީޗިންގ ސަރވިސް އޮފިސަރ 4 ގެ ޝަރުޠު ހަމަވުމާއެކު ޓީޗަރެއްގެ މަޤާމުގައި މަދުވެގެން 2 އަހަރު އުޅެ ތަޖުރިބާ ލިބިފައިވުން. |
7035 |
3500 |
MS4 |
އެޑިޔުކޭޝަން ޑިވެލޮޕްމަންޓް އޮފިސަރ 5 |
ޓީޗިންގ ސަރވިސް އޮފިސަރ 5 ގެ ޝަރުޠު ހަމަވުމާއެކު ޓީޗަރެއްގެ މަޤާމުގައި މަދުވެގެން 2 އަހަރު އުޅެ ތަޖުރިބާ ލިބިފައިވުން. |
7875 |
||
EX1 |
އެޑިޔުކޭޝަން ޑިވެލޮޕްމަންޓް އޮފިސަރ 6 |
ޓީޗިންގ ސަރވިސް އޮފިސަރ 6 ގެ ޝަރުޠު ހަމަވުމާއެކު ޓީޗަރެއްގެ މަޤާމުގައި މަދުވެގެން 2 އަހަރު އުޅެ ތަޖުރިބާ ލިބިފައިވުން. |
8835 |
||
EX2 |
އެޑިޔުކޭޝަން ޑިވެލޮޕްމަންޓް އޮފިސަރ 7 |
ޓީޗިންގ ސަރވިސް އޮފިސަރ 7 ގެ ޝަރުޠު ހަމަވުމާއެކު ޓީޗަރެއްގެ މަޤާމުގައި މަދުވެގެން 2 އަހަރު އުޅެ ތަޖުރިބާ ލިބިފައިވުން. |
9890 |
||
EX3 |
އެޑިޔުކޭޝަން ޑިވެލޮޕްމަންޓް އޮފިސަރ 8 |
ޓީޗިންގ ސަރވިސް އޮފިސަރ 8 ގެ ޝަރުޠު ހަމަވުމާއެކު ޓީޗަރެއްގެ މަޤާމުގައި މަދުވެގެން 2 އަހަރު އުޅެ ތަޖުރިބާ ލިބިފައިވުން. |
11065 |
||
EX4 |
އެޑިޔުކޭޝަން ޑިވެލޮޕްމަންޓް އޮފިސަރ 9 |
ޓީޗިންގ ސަރވިސް އޮފިސަރ 9 ގެ ޝަރުޠު ހަމަވުމާއެކު ޓީޗަރެއްގެ މަޤާމުގައި މަދުވެގެން 2 އަހަރު އުޅެ ތަޖުރިބާ ލިބިފައިވުން. |
12400 |
||
EX5 |
އެޑިޔުކޭޝަން ޑިވެލޮޕްމަންޓް އޮފިސަރ 10 |
ޓީޗިންގ ސަރވިސް އޮފިސަރ 10 ގެ ޝަރުޠު ހަމަވުމާއެކު ޓީޗަރެއްގެ މަޤާމުގައި މަދުވެގެން 2 އަހަރު އުޅެ ތަޖުރިބާ ލިބިފައިވުން. |
13890 |
||
EX6 |
އެޑިޔުކޭޝަން ޑިވެލޮޕްމަންޓް އޮފިސަރ 11 |
ޓީޗިންގ ސަރވިސް އޮފިސަރ 11 ގެ ޝަރުޠު ހަމަވުމާއެކު ޓީޗަރެއްގެ މަޤާމުގައި މަދުވެގެން 2 އަހަރު އުޅެ ތަޖުރިބާ ލިބިފައިވުން. |
15560 |
އިންޓަރވިއު ކުރުން.
ހ. މި މަގާމަށް މީހަކު ހޮވުމަށް އިންޓަރވިއު އޮންނާނީ 2 އޮގަސްޓު 2015 އިން 13 އޮގަސްޓު 2015 އާ ދެމެދުގައެވެ.
ށ. އިންޓަރވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 30 ޖުލައި 2015 ވަނަ ދުވަހުގެ 14:00 ގެ ކުރިން ލިޔުމަކުން އެކްރެޑިޓްކުރައްވާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއެކު ހުށަހެޅުއްވުން އެދެމެވެ.
ނޯޓް:
މި ޢިއުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތައް އިންޓަރވިއު ކުރުމަށްފަހު އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައިދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން މި އިންސްޓިޓިއުޓްގެ ނަންބަރު 3323242 ފޯނަށް ގުޅުއްވުން އެދެމެވެ.