ދިވެހިރާއްޖެ
މި ކައުންސިލުގެ ފަރާތުން ފާލަމެއް އެޅުމަށްޓަކައި ބޭނުންވާ ކޮންކްރިޓް ތަނބުތައް އެޅުމުގެ މަސައްކަތް ކޮށްދެނެ ފަރާތެއް ހޯދުމަށް ކުރެވުނު މި އިދާރާގެ ނަންބަރު (IUL)316/316/2024/113 އިޢުލާނާގުޅިގެން އެކަށީގެންވާ އަދަދަކަށް ކޮޓޭޝަން ލިބިފައިނުވާތީ އެއިއުލާން ބާތިލުކޮށް، މިމަސައްކަތް ކޮށްދޭނެފަރާތެއް ހޯދުމަށް އިޢުލާން ކުރަމެވެ. މި ތަނބުތަށް އަޅާނެ ގޮތުގެ ތަފްސީލް ކަރުދާސް މި އިޢުލާނާއެކު ބެހެއްޓިފައިވާނެއެވެ. އަދި ތަބުތަށް އެޅުމަށް ކައުންސިލުން ފޯރުކޮށްދޭނެތަކެތި މަސައްކަތުގެ ތަފްސީލް ކަރުދާހުގައި ހިމަނާފައިވާނެއެވެ. މި މަސައްކަތާގުޅޭގޮތުން އިތުރު މައުލޫމާތު ސާފުކުރެއްވުމަށް މި އިދާރާގެ ނަންބަރު 6600053 އާ ގުޅުއްވައި މައުލޫމާތު ސާފުކުރެއްވުން އެދެމެވެ.
ވީމާ މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާފަރާތްތަކުން، މަތީގައި ދެންނެވިފައިވާ މަސައްކަތް ކޮށްދެވޭނެ އަގު (ކޮޓޭޝަން) 2025 ޖަނަވަރީ 08 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. އީމެއިލް މެދުވެރިކޮށް ކޮޓޭޝަން ފޮނުވާނަމަ، މިއިދާރާގެ އީމެއިލް [email protected] އަށް ފޮނުވުން އެދެމެވެ. ކޮޓޭޝަންގައި މަސައްކަތް ކޮށް ނިންމާލެވޭނެ މުއްދަތު ހިމަނަންވާނެއެވެ. އަދި ކޮޓޭޝަން އާއެކު ވިޔަފާރި ރަޖިސްޓްރޭޝަން ނުވަތަ ޕްރޮފައިލްގެ ކޮޕީއެއް، އަދި އަމިއްލަ ފަރާތަކުންނަމަ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް ހުށަހެޅުން އެދެމެވެ.
މިހެންވެމިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.