ދިވެހިރާއްޖެ
އިޢުލާން
|
ނޯޓިސްބޯޑަކާއި އަދި ނަންބޯޑެއް ބެހެއްޓުމުގެ މަސައްކަތް ކޮއްދޭނެފަރާތެއް ހޯދުމަށް ކޮށްފައިވާ GS–167/IUL/2024/10 ނަންބަރ އިއުލާނަށް އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ އެ އިޢުލާނު ބާތިލްކޮށް ، މި މަސައްކަތް ކުރުމަށް އަލުން ޢިޢުލާނު ކުރީމެވެ.
މިސްކޫލުންދޭ މަޢުލޫމާތާ އެއްގޮތަށް ނޯޓިސްބޯޑަކާއި އަދި ނަންބޯޑެއް ބެހެއްޓުމުގެ މަސައްކަތް ކޮއްދޭނެފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝަޢުގުވެރިވާ ފަރާތްތަކުން ބީލަމުގައި ބައިވެރިވުމަށް ތިރީގައިވާ ލިންކު މެދުވެރިކޮށް ރަޖިސްޓްރީ ކުރުމަށް ފުރުޞަތު ހުޅުވާލަމެވެ.
ބީލަން ހުށަހެޅޭނީ ހަމައެކަނި ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ކުރި ފަރާތް ތަކަށެވެ.
ރެޖިސްޓްރޭޝަން ފޯމުގެ ލިންކް: https://forms.gle/uB3W4EaHRaCM4G8D6
އިއުލާނާއި ގުޅޭ އެކި މަރުހަލާތައް ދާނެގޮތުގެ ތާވަލު:
ބީލަން ހުށަހެޅުމަށް ރަޖިސްޓްރީކުރުން. 12 ޖެނުއަރީ 2025 ވަނަ ދުވަހުގެ 10:00 ގެ ނިޔަލަށް.
މަސައްކަތާއި ބެހޭ މަޢުލޫމާތު ދިނުން . 12 ޖެނުއަރީ 2025 ވަނަ ދުވަހު 11:00 ގައި މަޑުއްވަރީ ސްކޫލް ގައި.
ބީލަން ބަލައިގަތުމާއި ބީލަން ހުޅުވުން. 21 ޖެނުއަރީ 2025 ދުވަހުގެ 11.00 ގައި މަޑުއްވަރީ ސްކޫލް ގައި.
ބީލަން ހުޅުވުން އޮންނާނީ ބީލަން ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައެވެ. މަސައްކަތާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން މިއިދާރާގެ ނަމްބަރު 7952908 އާއި ގުޅުއްވާ މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.