ދިވެހިރާއްޖެ
އިޢުލާން
އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ދޫކުރުމަށް އެގްޒަމިނަރުން ހޯދުން
އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ދޫކުރުމަށްޓަކައި ކުރަންޖެހޭ ޢަމަލީ އިމްތިޙާނު ކުރާނެ އެގްޒަމިނަރުން ބޭނުންވެއްޖެއެވެ. އިމްތިޙާނު އޮންނާނީ މިއިދާރާއިން ކަނޑައަޅާ ވަގުތުތަކުގައި ކަނޑައަޅާ ތަނެއްގައެވެ. މިމަސައްކަތަކީ އެހެން ވަޒީފާއެއްގައި އުޅެމުން ޕާޓްޓައިމްކޮށްވެސް ކުރެވިދާނެ މަސައްކަތެކެވެ.
| އެގްޒަމިނަރ (ޕްރެކްޓިކަލް) | މަޤާމް: | 
| 02 ފިރިހެން، 01 އަންހެން | ބޭނުންވާ އަދަދު: | 
| -ދެފުރޮޅުލީ އުޅަނދެއް އިމްތިހާނު ކުރާނަމަ ކޮންމެ ދުއްވުމަކަށް -/15ރ -ތިން ފުރޮޅު އަދި ހަތަރު ފުރޮޅުލީ އުޅަނދެއް އިމްތިހާނު ކުރާނަމަ ކޮންމެ ދުއްވުމަކަށް-/25ރ | އުޖޫރަ: | 
| 02 އަހަރު | މުއްދަތު: | 
| 
 | ސަރުތު: | 
| 
 | ހުށަހަޅަންޖެހޭ ލިޔުންތައް: | 
އެގްޒަމިނަރުން ހޮވުމުގައި ދާއިމީ ލައިސެންސްގައިވާ ކެޓަގަރީގެ އަދަދަށާއި، ލައިސެންސްގެ މުއްދަތަށާއި، އަދި ގިނަ ވަގުތު ރަށުގައި ހުރެވޭ މީހުންނަށް އިސްކަންދެވޭނެއެވެ. ހުށަހަޅަންޖެހޭ ލިޔުންތައް ހުށަހަޅާނީ 12 ޖަނަވަރީ 2025 ދުވަހުގެ 13:00ގެ ކުރިން މި އިދާރާއަށެވެ. [email protected] އަށް އީމްއިލް ކުރާ ފޯމްތައްވެސް ބަލައިގަނެވޭނެ ވާހަކަ ދަންނަވަމެވެ.
 
                    