ދިވެހިރާއްޖެ
ގއ. ކޮލަމާފުށީ ކައުންސިލްގެ އިޚްތިސާސް ތެރޭގައިވާ ފަޅާ، ފަރާއި، ގިރިއާއި،ކުޅި ފަދަ ތަންތަނުގައި މަސްވެރިކަމާއި ފަޅުގޮވާންކުރުމުގެ މަޝްރޫޢުތައް ހިންގުމަށް ކުއްޔަށް ދިނުމާއި ގުޅޭ އުޞޫލު
ތަޢާރުފާއި ނަން |
(ހ) |
މިއީ ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 151 ވަނަ މާއްދާގެ (އ) އަދި (ޅ) އިން ލިބިދޭ ބާރުގެ ދަށުން، ގަވާއިދު ނަންބަރު R-75/2020 (ދިވެހިރާއްޖޭގެ މަސްވެރިކަމުގެ އާންމު ގަވާއިދު) އާއި މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރގެ ގަވާއިދު ނަންބަރު 2020/R-91 (މަސްވެރިކަމުގެ މަޝްރޫޢުތައް ހިންގުމުގެ ހުއްދަ ދޫކުރުމާބެހޭ ގަވާއިދު) އަދި ކައުންސިލްގެ ފަޅުތައް ކުއްޔަށް ދިނުމަށް ހަދާފައިވާ އުޞޫލުގެ މައްޗަށް ބިނާކޮށް އެކުލަވާލެވިފައިވާ އުޞޫލެކެވެ.
|
|
|
|
(ށ) |
މި އުޞޫލަށް ކިޔާނީ "ގއ. ކޮލަމާފުށީ ކައުންސިލްގެ އިޚްތިޞާޞްގެ ތެރޭގައިވާ ފަޅު، ފަރު، ގިރި، އަދި ކުޅި ފަދަ ތަންތަނުގައި މަސްވެރިކަމާއި ފަޅުގޮވާންކުރުމުގެ މަޝްރޫޢުތައް ހިންގުމަށް ކުއްޔަށްދިނުމާ ގުޅޭ އުޞޫލު" އެވެ.
|
މަޤްސަދު |
2 |
)ހ) |
މި އުޞޫލުގެ މަޤްޞަދަކީ އަންނަނިވި ކަންކަން ޙާޞިލުކުރުމެވެ.
|
|
|
(ށ) |
ކައުންސިލްގެ އިޚްތިޞާޞްގެ ތެރޭގައިވާ ފަޅު، ކަނޑު، ގިރި، ހާ، ކުޅި އަދި އެފަދަ ތަންތަން ކުއްޔަށް ދިނުމުގައި ވީހާވެސް ހާމަކަން ބޮޑު، ދެފުށް ފެންނަ ގޮތަކަށް، ރައްޔިތުންނަށް ނަފާ ލިބޭގޮތަށް، ދެމެހެއްޓެނިވި ގޮތެއްގައި އެ ސަރަޙައްދުގެ ޤުދުރަތީ ވެށި ރައްކާތެރިކުރުމާއެކު މަޝްރޫޢުތައް ކުރިއަށް ގެންދިއުން.
|
|
|
(ނ) |
މަޝްރޫޢުތައް ހިންގާ ފަރާތްތަކުގެ މަޞްލަޙަތު ޙިމާޔަތްކުރުމާއި ރައްކާތެރިކަން ކަށަވަރުކުރުން.
|
ޢަމަލުކުރަން ފަށާ ތާރީޚު |
3 |
(ހ) |
މި އުޞޫލަށް ޢަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި އުޞޫލު ޝާއިޢުކުރާ ދުވަހުން ފެށިގެންނެވެ.
|
|
|
(ށ) |
މި އުޞޫލު ފާސްވުމަށްފަހު، ގއ. ކޮލަމާފުށީ ކައުންސިލްގެ އިޚްތިޞާޞްގެ ތެރޭގައިވާ ފަޅު، ފަރު، ގިރި، އަދި ކުޅި ފަދަ ތަންތަނުގައި މަސްވެރިކަމާއި ފަޅުގޮވާންކުރުމުގެ މަޝްރޫޢުތައް ހިންގުމަށް ކުއްޔަށްދިނުމުގައި ޢަމަލުކުރާނީ މި އުޞޫލާ އެއްގޮތަށެވެ.
|
ޢުސޫލު ހިންގުން |
4.
|
)ހ) |
މި އުޞޫލު ހިންގާނީ ގއ. ކޮލަމާފުށީ ކައުންސިލްގެ އިޚްތިޞާޞްގެ ތެރޭގައިވާ ތަންތަނުގައެވެ. މި އުޞޫލުގައި ބަޔާންކޮށްފައިވާ ފަޅު، ކަނޑު، ގިރި، އަދި ހާ ފަދަ ތަންތަން ބީލަމުގެ އުޞޫލުން އާންމުކޮށް އިޢުލާންކުރުމުގެ ތެރެއިން، އެ ތަންތަނުގެ ބައެއް ނުވަތަ މުޅި ތަން އެކުގައި ކުއްޔަށް ދިނުމުގެ އިޚްތިޔާރު ކައުންސިލަށް ލިބިގެންވެއެވެ.
|
|
|
(ށ) |
މި އުޞޫލުގެ ދަށުން ދިވެހިން ނުވަތަ ބޭރުގެ ފަރާތްތަކުން ވެސް ޕްރޮޖެކްޓް ހުށަހެޅިދާނެއެވެ. މި އުޞޫލުގެ ދަށުން މި އުޞޫލުގައި ބަޔާންކޮށްފައިވާ ތަންތަން ކުއްޔަށް ދެވޭނީ ގިނަވެގެން 35 (ތިރީސް ފަހެއް) އަހަރު ދުވަހަށް، އަދި ކޮންމެ މަހަކު އަކަފޫޓަކަށް -/0.05 (ފަހެއް ލާރި) އަށެވެ.
|
|
|
(ނ) |
މި އުޞޫލުގެ 4 ވަނަ ނަންބަރުގެ (ށ) ގައި އެހެން ބުނެފައި ވީނަމަވެސް، އިންވެސްޓްކުރާ މަޝްރޫޢުގެ އަގު އެއް މިލިއަން ރުފިޔާއަށްވުރެ މަތިވާނަމަ، ދެފަރާތުގެ ދެމެދުގައި މަޝްވަރާކޮށް، އިތުރު 20 (ވިހި) އަހަރުދުވަހުގެ މުއްދަތަށް އިތުރުކުރެވިދާނެއެވެ.
|
ހުއްދައަށް އެދުމާއި ހުއްދަ ދިނުން |
5. |
|
މި އުޞޫލުގައި ބަޔާންކޮށްފައިވާ ތަންތަނުގައި ކުރަން ބޭނުންވާ މަސައްކަތެއް ކުރުމުގެ ހުއްދަ ކައުންސިލުން ހޯދަންވާނެއެވެ. އަދި ދައުލަތުގެ އެހެން އިދާރާތަކުން ހޯދަންޖެހޭ ހުއްދަ ހޯދުމަކީ އެ ފަރާތެއްގެ ޒިންމާއެކެވެ.
|
|
|
(ހ) |
މި އުޞޫލުގެ 5 ވަނަ މާއްދާގައިވާ ހުއްދަ ހޯދުމަށް ކައުންސިލަށް ހުށަހެޅުމުން، ގިނަވެގެން 25 (ފަންސަވީސް) ދުވަހުގެ ތެރޭގައި ހުށަހަޅާ ފަރާތަށް ޖަވާބު ފޯރުކޮށްދޭންވާނެއެވެ.
|
|
|
(ށ) |
ކައުންސިލުން ފަޅުތެރޭގައި މަސްވެރިކަން ކުރުމަށް ހަދާފައިވާ އުސޫލުގެ ދަށުން ކައުންސިލުން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު، ހުއްދަ ދިނުމުގައި އަންނަނިވި ކަންކަމަށް ރިޢާޔަތްކުރެވޭނެއެވެ:
|
|
|
(ނ) |
މި އުޞޫލުގެ 5 (ހ) ގައި ބުނާ ހުއްދަ ހޯދުމަށް ހުށަހަޅާ މަޝްރޫޢަކީ ރާއްޖޭގައި މުޅިން އަލަށް ފަށާ މަޝްރޫޢެއްނަމަ، ހޯދަންޖެހޭ މަޢުލޫމާތުތަކާއި، ދިރާސާތަކާއި، ބަލަންޖެހޭ ކަންކަން ބެލުމަށް ގިނަވެގެން 30 (ތިރީސް) ދުވަހުގެ އިތުރު މުއްދަތު ތެރޭގައި ހުއްދަ ދިނުމަށް ލަސްކުރުމުގެ އިޚްތިޔާރު ކައުންސިލަށް ލިބިގެންވެއެވެ.
|
|
|
(ރ) |
މި އުޞޫލުގެ 5 ވަނަ މާއްދާގައި ބުނާ ޙާލަތުގައި ކައުންސިލުން ގޮތެއް ނިންމާނެ މުއްދަތެއް ލިޔުމުން މަޝްރޫޢު ހިންގާ ފަރާތަށް ގިނަވެގެން 5 (ފަހެއް) ދުވަހުގެ ތެރޭގައި ދޭންވާނެއެވެ.
|
ކުލި ކަނޑައެޅުން |
6. |
|
މި އުޞޫލުގައި ބުނާ ތަންތަން ކުއްޔަށް ދެވޭނީ ތިރީގައި ބަޔާންކުރާ ކަންކަމަށް ބަލައިގެންނެވެ.
|
|
|
(ހ) |
މި އުސޫލުގައި ބުނާ ތަންތާގައި ކުރާ މަސައްކަތް ވާންވާނީ ދިވެހި ސަރުކާރަށާއި، ރަށުގެ ރައްޔިތުންނަށް ފައިދާ ކުރާ ކަމަކަށެވެ.
|
|
|
(ށ) |
ފަޅު ނުވަތަ ފަރު ހޯދުމަށް އެދޭ ފަރާތަކީ މާލީގޮތުން އެކަމެއް ކުރެވިދާނެ ފަދަ ޤާބިލު ފަރާތެއްތޯ ބެލެވޭނެއެވެ.
|
|
|
(ނ) |
ކުއްޔަށް ހިފަން ހުށަހަޅާ ސަރަޙައްދަކީ އެކަމެއް ކުރެވިދާނެ ސަރަޙައްދަކަށް ވުން.
|
|
|
(ރ) |
ހުށަހަޅާ ފަރާތުން ޕްރޮޖެކްޓްގެ ތަފްޞީލުގައި އަންނަނިވި މައުލޫމާތުތައް ހިމަނަންވާނެއެވެ.
މި އުޞޫލުގެ މި މާއްދާގައި ބުނާ ޝަރުޠުތަކުގެ އިތުރުން، ޤުދުރަތީގޮތުން ދިމާވާ ކާރިސާތަކާއި، ދިވެހިރާއްޖޭގައި މުޅިން އަލަށް ފަށާ މަޝްރޫޢެއްނަމަ އެކަމަކާ ގުޅިގެން އިދާރާތަކުން ހޯދަންޖެހޭ މަޢުލޫމާތު ހޯދުމުން އިތުރު ޝަރުޠު ކަނޑައެޅުމުގެ އިޚްތިޔާރު ކައުންސިލަށް ލިބިގެންވެއެވެ.
|
މަޝްރޫޢު އަށް ބަދަލުގެނައުން |
7. |
|
ތިރީގައިވާ ބަދަލުތަކުގެ ތެރެއިން ބަދަލެއް ގެންނަން ޖެހިއްޖެނަމަ ނުވަތަ އެފަދަ އެހެން ބަދަލެއް ގެންނަން ޖެހިއްޖެ ޙާލަތެއްގައި އެ ބަދަލެއް ގެނައުމުގެ ކުރިން އެކަމެއް ބަޔާންކޮށް ކައުންސިލަށް ހުށަހަޅަންވާނެއެވެ:
|
ހުއްދަ ދިނުމުގައި އިތުރު ޝަރުޠުތައް |
8. |
|
މި އުޞޫލުގައި ބަޔާންކޮށްފައިވާ ކަންކަމަށް ރިޢާޔަތްކޮށް، ކައުންސިލުން ހުއްދަ ދިނުމުގައި އިތުރު ޝަރުޠުތަކެއް ކަނޑައެޅުމުގެ އިޚްތިޔާރު ލިބިގެންވެއެވެ. މީގެ ތެރޭގައި:
|
މަޝްރޫޢުތައް ހިންގުމުގައި ޢަމަލުކުރަންޖެހޭ އުޞޫލުތައް |
9. |
|
މި އުޞޫލުގެ ދަށުން ހުއްދަ ދެވޭ މަޝްރޫޢުތައް ހިންގުމުގައި އަންނަނިވި ކަންކަން ކަށަވަރުކުރަންވާނެއެވެ:
|
ހުއްދަތައް ބާޠިލުކުރެވިދާނެ ޙާލަތްތައް |
9. |
|
މި އުޞޫލުގެ ދަށުން ދޫކުރެވޭ ހުއްދަތައް ބާޠިލުކުރެވިދާނެ ޙާލަތްތައް:
މި އުޞޫލަށް ޢަމަލުކުރަން ފަށާނީ، މި އުޞޫލު ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ދުވަހުން ފެށިގެންނެވެ.
|
ފިޔަވަޅު އެޅުން |
|
|
(ހ) އެހެން ޤާނޫނަކުން ވަކި ގޮތަކަށް ޢަމަލުކުރުމަށް ކަނޑައެޅިފައި ނުވާ ކަންކަމުގައި، މި އުޞޫލުގައި ކުރުމަށް އަންގާފައިވާ ކަމެއް ނުކުރުމުން ނުވަތަ ނުކުރުމަށް މި އުޞޫލުގައި ހިމެނިފައިވާ ކަމެއް ކުރުމުން، މި އުޞޫލުގައި ކަނޑައަޅާފައިވާ ގޮތުގެ މަތިން އެ ކުށެއް ކުރި ފަރާތަކާމެދު ޢަމަލުކުރުމުގެ އިޚްތިޔާރު ހުވަދުއަތޮޅު އުތުރުބުރީ ކޮލަމާފުށީ ކައުންސިލަށް ލިބިގެންވެއެވެ.
(ށ) ފުރަތަމަ ފަހަރު އުޞޫލާ ޚިލާފުވެއްޖެނަމަ، އެ ފަރާތަކަށް ލިޔުމުން އެކަން އަންގައި، އިޞްލާޙުކުރަން އެންގުން.
(ނ) ދެވަނަ ފަހަރު އުޞޫލާ ޚިލާފުވެއްޖެނަމަ، 10,000/- (ދިހަހާސް) ރުފިޔާއިން ޖޫރިމަނާކުރުން.
(ރ) މި ގޮތުން އިޞްލާޙުނުކޮށްފިނަމަ އެއްބަސްވުން ބާޠިލުކުރުން.
(ބ) މި އުޞޫލުގެ ދަށުން ކުރެވޭ ޖޫރިމަނާތައް ދައްކަންވާނީ ކައުންސިލުން ކަނޑައަޅާ ގޮތެއްގެ މަތިންނެވެ.
(ޅ) މި އުޞޫލުގެ ދަށުން އެޅޭ ފިޔަވަޅުތަކާމެދު ހިތްހަމަނުޖެހޭ ފަރާތްތަކަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ލިބިގެންވެއެވެ. ޝަކުވާ ހުށަހަޅާނީ ކައުންސިލަށެވެ.
|
މާނަކުރުން
|
22 |
(ހ)
(ށ)
|
މި އުޞޫލުގައި ޢިބާރާތެއް ނުވަތަ ލަފުޒެއް ބޭނުންކޮށްފައިވާ ގޮތުން ކަނޑައެޅިގެން އެހެން މާނައެއް ދޭހަނުވާހާ ހިނދަކު، އަންނަނިވި ޢިބާރާތްތަކާއި ލަފުޒުތަކަށް ދީފައި އެވަނީ، އެ ޢިބާރާތްތަކާއި ލަފުޒުތަކަށް ތިރީގައި ދީފައިވާ މާނަކުރުމެވެ.
މި އުޞޫލުގައި ބޭނުންކޮށްފައިވާ މުހިންމު ބައެއް ލަފުޒުތަކާއި ޢިބާރާތްތަކުގެ މާނަ:
މި މާއްދާގައި މާނަކޮށްދީފައި ނުވާ ލަފުޒެއް ނުވަތަ ޢިބާރާތެއް މާނަކުރަންވާނީ އެ ލަފުޒެއް ނުވަތަ ޢިބާރާތެއް އާންމުކޮށް ބޭނުންކުރެވޭ މާނައިގައެވެ.
|