ނިލަންދެއަތޮޅު އުތުރުބުރީ ފީއަލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ދުއްވުމަށް އެގްޒަމިނުން ހޯދުން

ނަންބަރު : (IUL)370-CASA/370/2025/1

އިޢުލާން

 

   އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ދުއްވުމަށް އެގްޒަމިނުން ހޯދުން

 

އެގްޒަމިނަރުން ހޯދުމައިގުޅޭ

އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ފަހަރުގެ ލައިސަންސް ދޫކުރުމަށްޓަކައި ކުރަންޖެހޭ އަމަލީ އިމްތިހާނު ( ދުއްވުމުގެ ޓެސްޓް ) ކުރާނެ އެގްޒަމިނަރުން ހޯދަން ބޭނުންވެއްޖެއެވެ. އިމްތިހާނު އޮންނާނީ މިއިދާރާއިން ކަނޑައަޅާ ވަގުތުތަކުގައި މި އިދާރާއިން ކަނޑައަޅާ ތަނެއްގައެވެ. މި މަސައްކަތަކީ އެހެން ވަޒީފާއެއްގައި އުޅެމުންވެސް ޕާޓްޓައިމްކޮށް ކުރެވިދާނެ މަސައްކަތެކެވެ. މި ފުރުޞަތު ދެ ޖިންސުގެ މީހުނަށްވެސް ވަނީ ހުޅުވާލެވިފައެވެ. މިމަސައްކަތަށް އެގްޒަމިނަރުން ނެގުމުގައި މިއިދާރާއިން ކަނޑައަޅާ ވަގުތުތަކުގައި ފަސޭހައިން އާދެވޭނެ ފަރާތްތަކަށާއި، އެއްގަމު އުޅަނދު ދުއްވުމުގެ ގިނަ ކެޓަގަރީ އޮންނަ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ. އެގްޒަމިނަރުންގެ ގޮތުގައި ހަމަޖެހޭ ފަރާތްތަކުން އެ މަސައްކަތް ކުރާނީ މިކައުންސިލާ އެފަރާތްތަކާއިދެމެދު ހެދޭ އެއްބަސްވުމުގެ ދަށުންނެވެ.

ބޭނުންވާ އަދަދު :

  • 01 ( އެކެއް )

އުޖޫރަ :

  • ޓެސްޓަށް ދުއްވާ ކޮންމެ އުޅަނދަކަށް 20/- ރުފިޔާ

އެގްޒަމިނަރުންނަށް ދިނުމަށް ކަނޑައަޅާފައިވާ އަގު ފާސްކޮށްފައިވަނީ ނިލަންދެއަތޮޅު އުތުރުބުރީ ފީއަލީ ކައުންސިލްގެ 2024 ވަނަ އަހަރުގެ 40 ވަނަ ( 30 އޮކްޓޯބަރ 2024 ) އާންމު ޖަލްސާއިންނެވެ.

ޝަރުޠު :

  • ·         މަދުވެގެން A1,A0 ގިންތީގެ އުޅަނދު ދުއްވުމުގެ ލައިސަންސް އޮތުން (ދުއްވުމުގެ ޢަމަލީ ޓެސްޓް ދެވޭނީ އެ އެގްޒަމިނަރަކަށް ލިބިފައިވާ ގިންތީގެ އުޅަނދުތައް ދުއްވުމުގެ ޓެސްޓެވެ.)
  • ·         ފާއިތުވި 03 އަހަރު ދުވަހުގެ ތެރޭގައި ޓްރެފިކް ވައެލޭޝަން ކުށެއް ކޮއްފައިވާކަން ސާބިތު ނުވުން.
  • ·         ފާއިތުވީ 05 އަހަރުގެ ތެރޭގައި ޖިނާޢީ ކުށެއް ސާބިތުވެފައިވާ މީހެއްކަމުގައި ނުވުން.
  • ·         ލައިސަންސް ދޫކުރި ތާރީޙުން ފެށިގެން މަދުވެގެން 5 އަހަރު ދުވަސް ވެފައިވާ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އޮތުން.
  • ·         އުމުރުން 55 އަހަރު ނުވާ މީހެއްކަމުގައި ވުން.
  • ·         ލައިސަންސް ދޫކުރާ ސެންޓަރެއްގައި ވަޒީފާ އަދާކުރާ މީހެއްކަމުގައި ނުވުން.
  • ·         ޑްރައިވިންގ ސްކޫލެއްގައި ވޭތުވެދިޔަ 05 އަހަރު އެއްވެސް ހައިޞިއްޔަތަކުން މަސައްކަތް ކޮށްފައި ނުވުން. އަދި މަސައްކަތް ކުރަމުންދާ މީހެއްކަމުގައި ނުވުން.
  • ·         މި އިދާރާގެ މުވައްޒަފަކަށް ނުވުން

ވީމާ، މި މަސައްކަތައް ކުރިމަތިލެއްވުމަށް ޝައުގުވެރިވާ ފަރާތްތަކުން އެފަރާތްތަކަށް ލިބިފައިވާ އެއްގަމު ލައިސެންސްގެ ކެޓަގަރީތައް އެގޭނެ ލައިސެންސް ފޮތުގެ ކޮޕީއާއި، އައި.ޑީ ކާޑްގެ ކޮޕީއާއި، 1 މަސް ނުވާ ޕޮލިސް ރިޕޯޓާއި، އެފަރާތެއްގެ ވަނަވަރާއެކު ސިޓީއަކުން 2025 ޖަނަވަރީ 14 ވަނަ ދުވަހުގެ އޮފީސް ބަންދު ކުރުމުގެކުރިން މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

      ނިލަންދެއަތޮޅު އުތުރުބުރީ ފީއަލީ ކައުންސިލްގެ އިދާރާ

      އަމީނީމަގު، ފ.ފީއަލީ، ދިވެހިރާއްޖެ.

      ފޯން: 6740012،7970804

      އީމެއިލް: [email protected]

      ކޮޕީ: [email protected]

 05  G  1446 ހ.

05  ޖަނަވަރީ  2024 މ.

06 ޖަނަވަރީ 2025
ހޯދާ