މަޤާމު
|
އެސިސްޓެންޓް އެންވަޔަރަންމަންޓް އޮފިސަރ
|
މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން
|
ޖީ.އެސް 4، އޮފިސަރ ގްރޭޑް 2
|
މުސާރައާއި އިނާޔަތްތައް
|
މުސާރަ: -/5020ރ، ސަރވިސް އެލަވަންސް: -/1500ރ
އެހެން ވަޒީފާއެއް އަދާކުރުން މަނާކުރުމުގެ ގޮތުން މުސާރައިގެ %35
(އިތުރު ގަޑީގައި ކުރާ މަސައްކަތްތަކަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.)
|
ވަޒިފާ އަދާކުރަންޖެހޭ ރަށް، އޮފީސް، ސެކްޝަން
|
މާލެ/ އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ/ އީ.އައި.އޭ
|
ބޭނުންވާ އަދަދު
|
01
|
ޝަރުޠު
|
- ތިމާވެއްޓާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން، ނުވަތަ
- މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "އީ" ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ހަޔަރ ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން، ނުވަތަ
- ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައި، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުމާއެކު، ތިމާވެއްޓާ ގުޅޭ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
|
މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް
|
- އެންވަޔަރަމަންޓަލް އިމްޕެކްޓް އެސެސްމަންޓް (އީ.އައި.އޭ) މޮނިޓަރިންގ ރިޕޯޓުތައް، އީ.އައި.އޭ ރިޕޯޓުގައި ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި ހޯދުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން
- އީ.އައި.އޭ މޮނިޓަރިންގ ރިޕޯޓު، އީ.އައި.އޭ ރިޕޯޓުގައި ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި ހުށަނާޅާ ފަރާތްތަކަށް ވެރިންގެ ލަފާގެ މަތިން ގަވާއިދުގެ ދަށުން އަޅަން ޖެހޭ ފިޔަވަޅު އެޅުމުގެ މަސައްކަތްކުރުން
- ހުށަހެޅޭ އީ.އައި.އޭ މޮނިޓަރިންގ ރިޕޯޓުތަކުގައި ހިމެނޭ ޑޭޓަރ އެންޓަރކޮށް ބެލެހެއްޓުން
- އެޕްރޫވް ކުރެވިފައިވާ އީ.އައި.އޭ މަޝްރޫޢުތައް ކުރިއަށް ދަނީ ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތަށްތޯ ބެލުމުގެ ގޮތުން ކުރަންޖެހޭ އިންސްޕެކްޝަން ދަތުރުތައް އިންތިޒާމްކޮށް، ދަތުރުތަކުގައި ބައިވެރިވުން
- އިންސްޕެކްޝަން ދަތުރުގެ ކުރިން ޕްރޮޖެކްޓް ސްޕެސިފިކް އިންސްޕެކްޝަން ޗެކްލިސްޓް ތައްޔާރުކުރުން
- އިންސްޕެކްޝަން ދަތުރުގެ މައްޗަށް ބިނާކޮށް ދަތުރު ރިޕޯޓު ތައްޔާރުކުރުން
- އިންސްޕެކްޝަން ދަތުރުގައި ގަވާއިދާ ޚިލާފަށް މަސައްކަތެއް ހިނގާކަން ފާހަގަކުރެވިފައިވާނަމަ އެފަރާތަކާ މެދު ވެރިންގެ ލަފާގެ މަތިން ފިޔަވަޅު އެޅުމުގެ މަސައްކަތްކުރުން
- އީ.އައި.އޭ ގަވާއިދާ ޚިލާފުވެގެން ހުށަހެޅޭ ޝަކުވާތައް ބަލައިގަނެ އެކަންކަން ބެލެހެއްޓުމަށްޓަކައި އެހީތެރިވުން.
- އީ.އައި.އޭ އާ ގުޅުން ހުރި ޝަކުވާތަކާ ގުޅިގެން އެތަންތަން ބެލުމަށް ކުރަންޖެހޭ އިންސްޕެކްޝަން ކުރުމުގައި ބައިވެރިވުން.
- އީ.އައި.އޭގެ ލިޔުންތައް ތަރުތީބުކުރުމާއި ބެލެހެއްޓުން
|
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި އޭޖެންސީގެ ނަންބަރު 3335949 އަށް ގުޅުއްވުން އެދެމެވެ.
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:
- ތިމާވެއްޓާގުޅޭ ދާއިރާއެއްގައި މަސައްކަތް ކޮށްފައިވާ ފަރާތެއްކަމުގައިވުން.
- މައިކްރޯ ސޮފްޓް އޮފީސް ޕެކެޖަށް އަހުލުވެރި ވެފައިވާ ފަރާތެއްކަމުގައިވުން.
- ދިވެހި ބަހާއި، އިނގިރޭސި ބަހުން ފަރިތަކޮށް ވާހަކަ ދެއްކުމާއި ޓައިޕްކުރަން އެނގޭ ފަރާތަކަށްވުން.
|
ހުށަހަޅަންޖެހޭ ތަކެތި:
- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު މި އެޖެންސީގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. އަދި މި އޭޖެންސީގެ ވެބްސައިޓް www.epa.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.)
- ސިވިލް ސަރވިސް އަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، މި މަޤާމަށް ކުރިމަތިލާއިރު، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
- ލިބިފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ (އެކްރެޑިޓް ކުރެވިފައިވާ) ކޮޕީ.
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
- ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު ކޮޕީއެއް.
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.
- ސިވިލް ސަރވިސްގެ މުވައްޒަފުންގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓް އިން ހިންގާ އެންވަޔަރަމަންޓަލް އިމްޕެކްޓް އެސެސްމަންޓްއާގުޅޭ ކޯސްތައް ފުރިހަމަކޮށް ހުށަހަޅާ ސެޓްފިކެޓްތައްވެސް (އެކްރެޑިޓް ކޮށްފައި ނުވި ނަމަވެސް) ސިވިލް ސަރވިސްގެ މަޤާމުތަކުގެ އަސާސީ ޝަރުޠު ފުރިހަމަ ކުރުމުގައި ބެލެވޭނެއެވެ.
- މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށް ވުރެ ގިނަނަމަ ތަޢުލީމާއި ތަމްރީނަށް ބަލައި 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.
|
- ސުންގަޑި: 29 ޖުލައި 2015 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީއަށް.
- މި މަޤާމަށް މީހަކުހޮވުމަށް ބާއްވާ އިންޓަރވިއު އޮންނާނެ ތާރީޚާއި ގަޑި، އިޢުލާންގެ މުއްދަތު ހަމަވާތާ 01 މަސްދުވަހުގެ (ބަންދު ދުވަސްތައް ނުހިމަނައި) ތެރޭގައި އެންގޭނެއެވެ.
|
27 ރަމަޟާން 1436
|