ދިވެހިރާއްޖެ
އިޢުލާން ނަންބަރ |
(IUL) PSM-FP/ PSM/2025/1 |
ޕްރޮކިއުމަންޓް ރިފަރެންސް ނަންބަރ |
(PROC-01-25) GA/2024/22 |
އިޢުލާން
- ޕްރޮޕޯސަލް ހުށަހެޅުމުގެ ދަޢުވަތު
މިކުންފުންޏަށް ބޭނުންވާ 1ޕިކަޕް (ޕަވަރގޭޓް) ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެގެން ކުރެވުނު ނަންބަރު (IUL)PSM-FP/PSM/2024/338 އިޢުލާނާ ގުޅިގެން ހުށަހެޅި ޕްރޮޕޯސަލްގައިވާ އަގު އެކަށީގެންވާ ވަރަށްވުރެ ބޮޑުވުމުގެ ސަބަބުން އެއިޢުލާނާ ގުޅިގެން ހުށަހެޅުނު ޕްރޮޕޯސަލްތައް ބާޠިލްކޮށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ.
ވީމާ، މި އިޢުލާނާއެކު ޢާއްމުކޮށްފައިވާ މަޢުލޫމާތާއި އެއްގޮތަށް މި ޕިކަޕް ސަޕްލައިކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 14 ޖަނަވަރީ 2025 ވާ އަންގާރަ ދުވަހުގެ 10:00 އަށް ޓީވީއެމް ބިލްޑިންގ (ބުރުޒު މަގު) އަށް ހާޒިރުވެ ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ.
ޕްރޮޕޯސަލް ހުށަހެޅުމަށް ބޭނުންވާ މަޢުލޫމާތު ޝީޓް މިއިޢުލާނާއެކު ގެޒެޓްކުރެވިފައިވާ ވާހަކަ ދެންނެވީމެވެ.
01 ރަޖަބު 1446
05 ޖަނަވަރީ 2025