ދިވެހިރާއްޖެ
(IUL)258/258/2025/1 ނަންބަރު
އިޢުލާން
1446 ވަނަ އަހަރު ރަމަޟާންމަހު ޙިފުޡުކޮށް ތަރާވީޙް ނަމާދު ކުރާނެ ޙާފިޡުން ހޯދުން.
1446 ވަނަ އަހަރު ރަމަޟާންމަހު ހދ. ހަނިމާދޫ "މަސްޖިދު މޫސާ އަލީ" އާއި، "މަސްޖިދުއް ތައުބާ" ގައި އިމާމުވެ ޙިފްޡުކޮށް ތަރާވީޙް ނަމާދު ކުރާނެ 2 ޙާފިޡުން މިކައުންސިލަށް ގެނެސްދޭނެ ފަރާތެއް ހޯދުމަށް ހުޅުވާލަމެވެ.
ވީމާ، މިކަމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން، 13 ޖަނަވަރީ 2025 ވާ (ހޯމަ) ދުވަހުގެ 13:00 އަށް މިކައުންސިލްގެ އިދާރާއަށް ދުރުވެ ކޯޓޭޝަން (ހުށަހަޅާ ފަރާތެއްގެ ލެޓަރ ހެޑުގައި ސިޓީއަކާއިއެކު މި މަސައްކަތް ކޮށްދެވިދާނެ އަގު ބަޔާންކޮށް) ހުށަހެޅުއްވުން އެދެމެވެ. އަދި ދަންނަވަމެވެ. ދެންނެވިފައިވާ ގަޑީގެ ފަހުން ހުށަހަޅުއްވާ ހުށަހެޅުންތައް ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. އަދި އިތުރު މަޢުލޫމާތު ހޯދެއްވުމަށް ބޭނުން ފުޅުވާނަމަ މި އިދާރާގެ ނަންބަރ 4002064 އާށް ގުޅުއްވުމަށް ދަންނަވަމެވެ.
ކޯޓޭޝަންގައި މިދަންނަވާ މައުލޫމާތު ހިމަނަންވާނެއެވެ.
- ފުލައިޓުގެ ދެކޮޅު ޓިކެޓް ޚަރަދު (ރާއްޖެގެނައުމާއި، އެނބުރި ޤައުމަށް ދިއުމަށް ފުލައިޓުން ޚަރަދު ވާނެވަރު)
- ޙާފިޡް ރަށާއި ހަމައަށް ގެނެސްދީ ގެންގޮސްދިނުމުގެ ޚަރަދު (ރަށަށް ގެނައުމާއި އެނބުރި މާލެދިއުމުގެ ދަތުރު ޚަރަދު)
- މާލޭގައި ހުރުމާއި ކެއުމުގެ ޚަރަދު، (މާލޭގައި މަޑުކުރަންޖެހިއްޖެނަމަ)
- ޙާފިޡަށްދޭ އެލަވަންސް
- ވިސާ ދެއްކުމާއި އިންޝުއަރރެންސް ދެއްކުމުގެ ޚަރަދު އަދި ދައުލަތުގެ އެހެނިހެން އިދާރާތަކުން ފުރިހަމަކުރަންޖެހޭ އެންމެހާ ލިޔުންތައް ފުރިހަމަކުރި ކަމުގެ ލިޔުން.
- ރަށުގައި ތިއްބަވާ ދުވަސް ވަރުގެ ކެއުމާއި އެކޮމަޑޭޝަން ޚަރަދު.
- ހުށަހަޅާ ފަރާތުގެ ނަން، ގުޅޭނެ ނަންބަރު، އައިޑީކާޑު ކޮޕީ (ކުންފުންޏެއްނަމަ ކުންފުނީގެ ރަޖިސްޓްރީ ކޮޕީ)
- ތަޖުރިބާގެ ލިޔުމުގެ ކޮޕީ
- އެހެނިހެން: (ޙާފިޡަށް ކޮށްދިނުމަށް ބޭނުންވާ އެހެނިހެން ކަންކަން ކޯޓޭޝަންގައި ހިމެނުއްވުން އެދެން).
ނޯޓް:· ޙާފިޡުން ގެނައުމުގައި ދިވެހި ޙާފިޡުން ހުށަހަޅާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.
· މި މަސައްކަތަށް ޕޮއިންޓް ދެވޭނީ ހުށައަޅާ އެންމެ ކުޑައަގަށް %95 އަދި ތަޖުރިބާއަށް %5 އެވެ. ތަޖުރިބާގެ ގޮތުގައި ބަލާނީ، ސަރުކާރުގެ އޮފީހަކުން ނުވަތަ ސަރުކާރުގެ ކުންފުންޏަކުން ދޫކޮށްފައިވާ މިފަދަ މަސައްކަތްތަކާއި ގުޅޭ ލިޔުންތަކަށެވެ.
ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
05 ރަޖަބް 1446
05 ޖަނަވަރީ 2025