ދިވެހިރާއްޖެ
ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަމު ކައުންސިލް އިދާރާއަށް 2025 ޑިސެމްބަރ 31 ގެ ނިޔަލަށް 35000ރ އިން ދަށުގެ ޚިދުމަތާއި ކައުންސިލަށް ބޭނުންވާ ތަކެތި ފޯރުކޮށްދިނުމަށް ޝައުގުވެރިވެލައްވާ ވިޔަފާރިތަކަށް ރަޖިސްޓްރީވުމުގެ ފުރުޞަތު ހުޅުވާލެވިފައިވާ ވާހަކަ ދަންނަވަމެވެ.
ވީމާ، މިކަމަށް ޝަޢުގުވެރިވެލައްވާ ފަރާތްތަކުން 9 ޖަނަވަރީ 2025 ވާ (ބުރާސްފަތި) ދުވަހުގެ 13:00 ގެ ކުރިން ރަޖިސްޓްރީކުރެއްވުން އެދެމެވެ.
ނަންނޯޓް ކުރުމުގެ ލިންކް: https://forms.gle/poyR7sNXCbT7j77N7
ރަޖިސްޓަރވާން ހުށަހަޅާ ފަރާތަކީ، ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަމު ކައުންސިލް އިދާރާގެ މުވައްޒަފަކާ ގުޅުމެއް (ދަޢުލަތުގެ މާލިއްޔަތުގެ ގަވާއިދު 10.71 ގެ ( (ހ) އަދި (ށ) ގައި ބަޔާންކުރާ "ކްލޯޒް ރިލޭޓިވް" ނުވަތަ "ކްލޯޒް އެސޯސިއޭޓިވް" ކަމުގައި ބަޔާންކޮށްފައިވާ ފަދަ ގުޅުމެއް) އޮތްކަމުގައި ވާނަމަ، އެފަރާތަކުން މި ރަޖިސްޓުރީގައި ބައިވެރި ނުކުރެވޭނެއެވެ.
އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަމު ކައުންސިލްގެ އިދާރާ
އަމީނީމަގު، ހދ. ނޮޅިވަރަން، ދިވެހިރާއްޖެ
ފޯން: 6520043
އީ-މެއިލް: [email protected]