ލޭބަރ ރިލޭޝަންސް އޮތޯރިޓީ
ދިވެހިރާއްޖެ
ނީލަން ކިޔުން

އިޢުލާން

 ދައުލަތުގެ މުދާ އެއް އޮފީހުން އަނެއްއޮފީހަށް ބަދަލުކުރުމާއި، ބައުވެ ހަލާކުވެގެން ނުވަތަ ބޭނުން ކުރެވެން ނެތިގެން ދައުލަތުގެ މުދާ ނީލަން ކިޔުމާއި ނައްތާލުމުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލުގެ ދަށުން މިއޮތޯރިޓީގައި ހުރި ބައުވެ ހަލާކުވެފައިވާ ތަކެތި، ދައުލަތުގެ އެހެން އޮފީހަކަށް ބޭނުންވޭތޯ ބެލުމުން، އެއްވެސް އޮފީހަކުން އިޖާބަދެއްވާފައި ނުވާތީ، އެތަކެތި ދުވަހުގެ ނީލަމުގައި ވިއްކާލުމަށް އިޢުލާން ކުރަމެވެ.

ނީލަން ކިޔުމަށް ކަނޑައެޅިފައިވަނީ، ލޮޓްތަކަކަށް ބަހާލައިގެންނެވެ. އެގޮތުން މިތަކެތި 02 ލޮޓަކަށް ބަހާލެވިފައިވާނެއެވެ. ލޮޓުތަކަށް ދެވިފައިވާ އަގުތަކާއި، ލޮޓުތައް ބަހާލެވިފައިވާ ގޮތާއި، ލޮޓުތަކުގެ ނީލަން ފެށޭއަގު އަދި އަގަށް އިތުރުކުރެވޭނެ އެންމެ ކުޑަ އަގު މި އިޢުލާނާއެކު ހިމެނިފައި ވާނެއެވެ.

ވީމާ، މި ނީލަމުގައި ބައިވެރިވާން ޝައުގުވެރިވާ ފަރާތްތަކުން 2025 ޖަނަވަރީ 14 ވަނަ ދުވަހު ހެދުނު 10:00 އަށް މިއޮތޯރިޓީއަށް ހާޟިރުވެ ނީލަމުގައި ބައިވެރިވެ ދެއްވުން އެދެމެވެ.

 ނީލަމުގައި ބައިވެރިވެ ނީލަން ކާމިޔާބުކުރާ ފަރާތް ތަކުން 24 ގަޑިއިރު ތެރޭގައި މި އޮތޯރިޓީއަށް ފައިސާ ދެއްކުމަށްފަހު އެތަކެތި ގެންދަންވާނެއެވެ.

މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3328282 އަދި 3324545 އަށެވެ.

                            

05 ޖަނަވަރީ 2025
ހޯދާ