ހުވަދުއަތޮޅު ދެކުނުބުރީ މަޑަވެލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ޙިފްޡުކޮށް އިމާމްވެ ތަރާވީޙް ނަމާދު ކޮށްދޭނެ ޙާފިޡަކު ހޯދުމާއިބެހޭ
1446 ވަނަ އަހަރު ރަމަޟާންމަހު ގދ. މަޑަވެލީ މަސްޖިދުލް ބަރަކާތު މިސްކިތުގައި ހިފްޡުކޮށް އިމާމުވެ ތަރާވީޙް ނަމާދު ކޮށްދޭނެ ޙާފިޡަކު ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ، މިކަން ކޮށްދެއްވުމަށް އެދި ހުށަހަޅާ ފަރާތްތަކުން ތިރީގައިވާ މަޢުލޫމާތު ތަކާއިއެކު 14 ޖެނުއަރީ 2025 ވަނަ ދުވަހުގެ 13:00 ގެ ކުރިން މަޑަވެލީ ކައުންސިލްގެ އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.
- ހިފްޡުކޮށް (މުސްޙަފްއެކީ ނުބަލައި) އިމާމްވެ ތަރާވީޙް ނަމާދު ކޮށްދޭނެ ބޭފުޅެއްގެ މުސާރައާއި އެކަމަޑޭޝަން އަދި ދަތުރު ޚަރަދު.
- ހިފްޡުކޮށް (މުސްޙަފްއެކީގައި ނުބަލައި) އިމާމުވެ ތަރާވީޙް ނަމާދު ކޮށްދޭނެ ބޭފުޅެއްގެ ނަމާއި އެޑްރެސް އަދި އައިޑެންޓިޓިކާޑުގެ ފޮޓޯ ކޮޕީ.
- ހިފްޡުކޮށް (މުސްޙަފްއެކީގައި ނުބަލައި) އިމާމުވެ ތަރާވީޙް ނަމާދު ކުރެވޭނެ ފަރާތެއްކަން ބަޔާންކޮށްދޭ ކިޔަވައިދޭ މަރުކަޒަކުން ދީފައިވާ ލިޔުމެއް.
- ޙާފިޡުކަމުގެ ސެޓްފިކެޓްގެ ކޮޕީއެއް.
- ރާއްޖޭގައި އުޅޭ ބިދޭސީއެއްނަމަ އެމީހެއްގެ ޕާސްޕޯރޓް ކޮޕީ، ވޯރކްވިސާގެ ކޮޕީ އަދި ޙާފިޡުކަމުގެ ސެޓްފިކެޓްގެ ކޮޕީ.
- ހިފްޡުކޮށް އިމާމުވެ ތަރާވީޙް ނަމާދު ކުރެވޭނެ ދިވެހި ޙާފިޡުންނަށް އިސްކަންދެވޭނެއެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން ރަސްމީ ގަޑީގައި ކައުންސިލް އިދާރާގެ ހޮޓްލައިން ނަމްބަރ: 9356677 އާއި ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
05 ޖަނަވަރީ 2025
ހޯދާ