މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން
ދިވެހިރާއްޖެ
އޮފިސަރ

މަޤާމުގެ ނަން: އޮފިސަރ

މުސާރަ: -/6،600 ރުފިޔާ

ޑެއިލީ އެލަވަންސް: -/ 4،400 ރުފިޔާ

(އިތުރުގަޑީގައި ކުރާ މަސައްކަތްތަކަށް ހަމަޖެހިފައިވާ އުސޫލުން ފައިސާ ދެވޭނެ)

ބޭނުންވާ އަދަދު: 1

ޝަރުޠު:

މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު:

  • ތިމާވެއްޓާ ގުޅުންހުރި ދާއިރާއަކުން (ސައިންސް) ޑިޕްލޮމާ ހާސިލުކޮށްފައިވުން، ނުވަތަ،
  • ތިމާވެއްޓާ ގުޅުންހުރި ދާއިރާއަކުން (ސައިންސް) އެޑްވާންސް ޑިޕްލޮމާ ހާސިލުކޮށްފައިވުން، ނުވަތަ،
  • ތިމާވެއްޓާ ގުޅުންހުރި ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ސިޓީ ފޮނުވަންވީ ތާރީޚާއި ތަން: 2015 ޖުލައި 29 ވާ ބުދަ ދުވަހުގެ 13:30 ގެ ކުރިން ވެލާނާގޭ 4 ވަނަ ފަންގިފިލާގައި ހުންނަ މޯލްޑިވްސް މާރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަނަށް.

ހުށަހަޅާންޖެހޭ ލިޔުންތައް

  • ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ
  • ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު
  • ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ 
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކުރެވިފައިވާ) ފޮޓޯކޮޕީ.
  • ކުރިން ވަޒީފާ އަދާކޮށްފައިވާ ނަމަ، ވަޒީފާ އަދާކުރި އޮފީހުގެ ލިޔުން.

އިތުރު މަޢުލޫމާތު

  • އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3323228 ނަންބަރު ފޯނާއެވެ.
  • މި މަޤާމަށް އިންޓަރވިއު ކުރެވޭނީ ޝަރުޠު ހަމަވާ، ތަޢުލީމާއި ތަޖުރިބާ އެންމެ މަތީ 3 ފަރާތަކާއެވެ. އަދި ޝޯޓް ލިސްޓް ކުރެވޭ ފަރާތްތައް ފިޔަވައި އެހެން ފަރާތްތަކަށް، ނުހޮވުނުކަމުގެ ސިޓީ ނުފޮނުވޭނެ ކަމުގައި ވެސް ދެންނެވީމެވެ.
  • މި މަޤާމަށް މީހުން ހޮވުމުގައި އެންވަޔަރަމަންޓް އަދި ސައިންސާ ގުޅުންހުރި ދާއިރާގައި މަސައްކަތުގެ ތަޖުރިބާ ހުރި ފަރާތްތަކަށް އިސްކަންދެވޭނެވެ.

ސިޓީ އެޑްރެސް ކުރައްވާނީ:

އަބްދުﷲ ޒިޔާތު، މެނޭޖިންގ ޑިރެކްޓަރ

މޯލްޑިވްސް މާރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން

26 ރަމަޟާން 1436 ހ.

13 ޖުލައި 2015
ހޯދާ