ދިވެހިރާއްޖެ
އިޢުލާން
WAMCO-BDM/IUL/2024/090
ސަރަހައްދީ ސިޓީތަކާއި ރަށްރަށުން ނެގޭ ގޭޓުފީއަށް ގެނެވުނު ޚާއްސަ ބަދަލު
ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) އިން ދިވެހިރާއްޖޭގެ ސަރަޙައްދީ ސިޓީތަކާއި ރަށްރަށުގައި ފޯރުކޮށްދޭ ޚިދުމަތްތަކުގެ ތެރެއިން، ކުނި މެނޭޖްކުރާ މަރުކަޒުތަކަށް ކުނި އުކާލާ ފަރާތްތަކުން ނަގާ ގޭޓުފީއަށް 2025 ޖަނަވަރީ 1 ވަނަ ދުވަހުން ފެށިގެން ވަނީ މުހިންމު ބަދަލެއް ގެނެވިފައެވެ.
މިގޮތުން، އަމިއްލަ ފަރާތްތަކުން ގޭޓުފީގެ ގޮތުގައި ނެގުމަށް ހަމަޖެހިފައިވާ އަގު ވަނީ ކުނި އުފުލާ އުޅަނދުގެ ރަޖިސްޓަރީކުރެވިފައިވާ ބަރުދަނަށް ބަލައި، ޓަނަކަށް 212 ރުފިޔާއިން ޓަނަކަށް 106 ރުފިޔާއަށް ކުޑަކުރެވިފައެވެ.
ވީމާ މިކަން އާންމުކޮށް އަންގައި އިޢުލާނުކުރަމެވެ.
31 ޑިސެމްބަރު 2024މ.