ދިވެހިރާއްޖެ
ގއ. ވިލިނގިލީ ކައުންސިލްގެ 4 ވަނަ ދައުރުގެ 2024 ވަނަ އަހަރުގެ 34 ވަނަ ބައްދަލުވުމުން ފާސްކުރެވިފައިވާ ގއ. ވިލިނގިލީގައި ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމާއި ބެހޭ އުޞޫލާ އެއްގޮތްވާ ގޮތުގެމަތިން، ގއ. ވިލިނގިލީގައި ދިރިއުޅުމަށްޓަކައި ވިލނގިލީގެ ރައްޔިތުންނަށް 115 ގޯތި އަދި ގއ. ވިލިނގިލީ ފިޔަވައި ރާއްޖޭގެ އެހެން ރަށެއްގައި ރަށްވެހިވެފައިވާ، ގއ. ވިލިނގިއްޔަށް ރަށްވެހިކަން ބަދަލުވުމަށް އެދޭ ފަރާތްތަކަށް 25 ގޯތި ދޫކުރުމަށް ހަމަޖެހިފައިވެއެވެ. ދޫކުރުމަށް ހަމަޖެހިފައިވާ ގޯއްޗެއްގެ ބޮޑުމިނަކީ 2000 އަކަފޫޓާއި 3000 އަކަފޫޓާއި ދެމެދެވެ.
ގއ. ވިލިނގިލީން ބަންޑާރަ ގޯއްޗަށް ޝަރުޠު ފުރިހަމަވާ ފަރާތްތަކުން މިއަދު (31 ޑިސެމްބަރ 2024) ވާ އަންގާރަ ދުވަހުން ފެށިގެން 30 ޖަނަވަރީ 2025 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 13:00 އާއި ހަމައަށް ގޯއްޗަށް އެދި ފޯމް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. ގޯއްޗަށް އެދޭ ފޯމް ދޫކުރުމާއި ބަލައިގަތުން ކުރިޔަށް ދާނީ މިއަދުން ފެށިގެން ރަސްމީ ދުވަސްތަކުގެ ހެނދުނު 09:00 އިން މެންދުރު 13:00 އަށް މިއިދާރާގެ ކައުންޓަރުންނެވެ. އަދި އީމެއިލް ޒަރީއްޔާއިން ފޯމް ހުށަހެޅުއްވަން ބޭނުންވެލައްވާ ފަރާތްތަކުން ބަޔާންކުރެވުނު މުއްދަތުގައި މިއިދާރާގެ އީމެއިލް [email protected] އަށް މެއިލްކުރައްވާ ރަސްމީގަޑީގައި އިދާރާގެ ނަންބަރ 6820027 އަށް ގުޅުއްވާ ހުށަހެޅުއްވި ފޯމް ކައުންސިލަށް ލިބުނުކަން ކަށަވަރު ކުރެއްވުމަށް ދަންނަވަމެވެ. އަދި މިއިއުލާނާއެކު ތިރީގައި މިދަންނަވާ ލިޔުންތައް އާންމުކުރެވިފައި ހުންނާނެއެވެ.
1- ގއ. ވިލިނގިލީން ބަންޑާރަ ގޯއްޗަށް އެދޭ ފޯމް (ކެޓަގަރީ A)
2- ގއ. ވިލިނގިލީން ބަންޑާރަ ގޯއްޗަށް އެދޭ ފޯމް (ކެޓަގަރީ B)
3- ގއ. ވިލިނގިލީން ބަންޑާރަ ގޯތި ދޫކުރުމުގެ އުޞޫލު
4- ގއ. ވިލިނގިލީ ގޯތިދޫކުރުމަށް ހަމަޖެހިފައިވާ ސަރަޙައްދުގެޗާޓް