ވަޒީފާގެ ފުރުޞަތު
|
މަޤާމު:
|
ލީގަލް ކައުންސެލް (އީ.އެކްސް 1)
|
ބޭނުންވާ އަދަދު:
|
01 (އެކެއް)
|
ސެކްޝަން / ޔުނިޓް:
|
ލީގަލް ސަރވިސް ޔުނިޓް
|
ބޭސިކް މުސާރަ:
|
މަހަކު 8835.00 (އަށްހާސް އަށްސަތޭކަ ތިރީސް ފަސް ރުފިޔާ)
|
ސާރވިސް އެލަވަންސް:
|
މަހަކު 2500.00 (ދެހާސް ފަސްސަތޭކަ ރުފިޔާ)(މި އެލަވަންސް ދެވޭނީ އޮފީހުގެ މަސައްކަތަށް ހާޒިރުވާ ދުވަސްތަކަށެވެ.)
|
ލިވިންގ އެލަވަންސް:
|
މަހަކު 4000.00 (ހަތަރުހާސް ރުފިޔާ)
|
ޚާއްޞަ އެލަވަންސް:
|
މުސާރައިގެ %45
|
ވަޒީފާގެ ބާވަތް:
|
ދާއިމީ
|
މަސައްކަތުގެ ވަގުތު:
|
ކޮމިޝަނުގެ އިދާރާގެ ރަސްމީގަޑި އާއި ނުރަސްމީ ގަޑީގައިވެސް މަސައްކަތް ކުރަންޖެހިއްޖެ ނަމަ ނުރަސްމީ ގަޑީގައިވެސް މަސައްކަތް ކުރާގޮތަށް
|
ފެންވަރު ނުވަތަ ޝަރުޠު:
|
- ޤާނޫނީ ދާއިރާއިން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލުކޮށްފައިވުވާއެކު، ދަޢުލަތުގެ ނުވަތަ ބައިނަލްއަޤުވާމީ ޖަމާޢަތެއްގެ ނުވަތަ ލޯފާރމެއްގެ ވަޒީފާއެއްގައި މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި މަދުވެގެން 1 (އެކެއް) އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
- ޤާނޫނީ ދާއިރާއިން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 8 ނުވަތަ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ދަޢުލަތުގެ ނުވަތަ ބައިނަލްއަޤުވާމީ ޖަމާޢަތެއްގެ ނުވަތަ ލޯފާރމެއްގެ ވަޒީފާއެއްގައި މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި މަދުވެގެން 2 (ދޭއް) އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.
- ޢުމުރުން 50 އަހަރު ނުފުރޭ މީހަކު ކަމުގައިވުން.
- ސިޔާސީ ޕާޓީއެއްގެ ރަޖިސްޓަރީގައި އެމީހެއްގެ ނަން ހިމެނިފައިވާނަމަ، ވަޒީފާއަށް ހޮވުމުން ޕާޓީން ވަކިވުން.
|
މަސްއޫލިއްޔަތު:
|
- ކޮމިޝަނަށް ހުށަހަޅާ ކަންކަމުގައި ޤާނޫނީ ގޮތުން ބަލަންޖެހޭ ކަމެއް އޮތްނަމަ އެކަމެއް ބަލާ ޖަވާބުދާރީވުން.
- އިންތިޚާބުތަކާ ގުޅޭގޮތުން ހުށަހެޅޭ ޝަކުވާތައް ބަލާ ޖަވާބުދާރީވުން.
- ޤާނޫނީ ކަންކަމުގައި ކޮމިޝަނަށް ލަފާދިނުން.
- ޤާނޫނީ ކަންކަމުގައި ޝަރުއީ ކޯޓުތަކުގައި ކޮމިޝަނުގެ ފަރާތުން ވަކާލާތުކުރުން.
|
ނޯޓު:
|
މަތީގައި ދެންނެވިފައިވާ ޝަރުޠުތަކުގައި ބަޔާންކުރެވިފައިވާ ސެޓްފިކެޓްތަކަށްވުރެ މަތީ ސެޓްފިކެޓެއް ހުށަހަޅާފައިވީ ނަމަވެސް، ޝަރުޠުތަކުގައި ބަޔާންކޮށްފައިވާ ސެޓްފިކެޓް ހުށަނާޅާނަމަ، ޝަރުޠު ފުރިހަމަވާ ކަމަކަށް ނުބެލެވޭނެއެވެ.
|
ސުންގަޑި:
|
މި މަސައްކަތްތަކަށް ޝައުޤުވެރިވާ ފަރާތްތަކުން 30 ޖުލައި 2015 ވާ ބުރާސްފަތި ދުވަހުގެ 15:00 ކުރިން އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔުންތައް، އިލެކްޝަންސް ކޮމިޝަންގެ އިދާރާއަށް ހުށަހަޅަންވާނެއެވެ.
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ވަޒީފާއަށް އެދި ހުށަހަޅާ މަޢުލޫމާތު ފޯމު
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ މުއްދަތު ހަމަނުވާ ކޮޕީ
- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްތަކުގެ ކޮޕީ.
- ދާއިރާގެ މަސައްކަތާގުޅޭ ގޮތުން ހަދާފައިވާ ތަމްރީނުތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.
- އެއްވެސް ތަނެއްގައި މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވާނަމަ ތަޖުރިބާގެ މުއްދަތު އެނގޭގޮތަށް އެތަނަކުން ދޫކޮށްފައިވާ ލިޔުން. (މަސައްކަތު ތަޖުރިބާކަމުގައި ބަލާނީ، ހުށަހަޅާފައިވާ ތަޢުލީމީ ސެޓްފިކެޓް ހާސިލުކުރުމަށްފަހު ލިބޭ ތަޖުރިބާއަށެވެ. މަސައްކަތާ ނުގުޅޭ ދާއިރާތަކުން ލިބިފައިވާ ތަޖުރިބާތައް ނުގުނޭނެއެވެ.)
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)
|
އިތުރު މަޢުލޫމާތު
|
- މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓުވާ ފަރާތްތަކާ އިންޓަރވިޔު ކުރެވޭނެއެވެ. އަދި ޝޯޓްލިސްޓުވާ ފަރާތްތަކުން، އިންޓަރވިޔުއަށް ވަޑައިގަންނަވާއިރު ހުށަހަޅުއްވާފައިވާ ސެޓްފިކެޓްތަކުގެ އަސްލު ގެންނަވަން ވާނެއެވެ.
- މި މަޤާމަށް ހަމަޖެހޭ ފަރާތް، ވަޒީފާއަށް ނިކުތުމަށް އުޒުރުވެރިވާނަމަ، އިންޓަރވިޔުކޮށްފައިވާ ފަރާތްތަކުގެ ތެރެއިން މާކްސް ތަރުތީބުން އެންމެ އެކަށީގެންވާ ފަރާތަށް ފުރުޞަތު ދެވޭނެއެވެ.
- ވަޒީފާއަށް އެދި ހުށަހަޅާ ފޯމު މި ކޮމިޝަނުގެ ރިސެޕްޝަނުން (ޕޯޓް ކޮމްޕްލެކްސް އިމާރާތުގެ 5 ވަނަ ފަންގިފިލާ އިން) ލިބެން ހުންނާނެއެވެ. އަދި މިކޮމިޝަނުގެ ވެބްސައިޓް www.elections.gov.mv އިންވެސް ޑައުންލޯޑް ކުރެވޭނެއެވެ.
|