އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޢުލާން - އައްޑޫސިޓީ، ހިތަދޫ އަވަށުގެ "އޮޕަރޭޝަން ކުރަނގި" މުއްދަތު އިތުރުކުރުމާއި ގުޅޭ

އިޢުލާން

އައްޑޫސިޓީ، ހިތަދޫ އަވަށުގެ "އޮޕަރޭޝަން ކުރަނގި" މުއްދަތު އިތުރުކުރުމާއި ގުޅޭ.

        ދިވެހިރާއްޖޭގައި ދިމާވެފައިވާ ބިދޭސީ މަސައްކަތްތެރިންގެ މައްސަލަތައް ޙައްލުކުރުމުގެ މަސައްކަތުގެ ތެރެއިން، ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަންގެ ނާރެސް ޕޯޓަލް މެދުވެރިކޮށް، ސަރުކާރުން ބިދޭސީ މަސައްކަތްތެރިންގެ މަޢުލޫމާތު އަދާހަމަކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ. މި މަސައްކަތުގެ ދަށުން، އައްޑޫ ސިޓީ ހިތަދޫ އަވަށުގައި ދިރިއުޅޭ ބިދޭސީންގެ ބަޔޯމެޓްރިކް ޑޭޓާ ނެގުމުގެ މަސައްކަތުގެ މުއްދަތު އިތުރު 2 ހަފްތާއަށް އިތުރުކޮށް 2025 ޖެނުވަރީ 05 އިން 16 އަށް "ބަންދުނޫން ކޮންމެދުވަހަކު" އަންނަނިވި ގަޑިތަކުގައި ކުރިއަށް ގެންދެވޭނެއެވެ.

-  ހެނދުނު 8:30 އިން 9:30 އަށް
-  މެންދުރުފަހު 13:00 އިން 14:00 އަށް

        ވީމާ، 16 ޖެނުވަރީ 2025 ގެ ފަހުން ބަޔޯމެޓްރިކްސް ނެގިފައިނުވާ ބިދޭސީ ފަރާތްތަކާމެދު، ސަރުކާރުން ނިންމަވާ ގޮތެއްގެ މަތިން ފިޔަވަޅު އެޅިގެންދާނެވާހަކަ ދަންނަވަމެވެ .އެހެންކަމުން، ހިތަދޫ އަވަށުގައި މަސައްކަތްކުރައްވާ ބިދޭސީ މުވައްޒަފުން ނާރެސް ޕޯޓަލްގައި ރަޖިސްޓަރީކުރުމަށްޓަކައި، އަންނަނިވި ލިޔެކިޔުންތަކާއިއެކު " ހިތަދޫއަވަށު އޮފީހަށް " ވަޑައިގެން ދެއްވުން އެދެމެވެ.

1.ޕާސްޕޯޓު ނުވަތަ ވޯކް ވިސާގެ ކޮޕީ.

2. ޕާސްޕޯރޓް ސައިޒުގެ ފޮޓޯ (އޮތްނަމަ)
3. ޒިންމާދާރު ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

        މި މަސައްކަތަކީ  ސަރުކާރުން  އިސްކަމެއްދީގެން ކުރިއަށްގެންދާ މުހިންމު މަސައްކަތަކަށްވާތީ، މިކަމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް ދަންނަވަމެވެ.   

30 ޖުމާދަލްއާޚިރް 1446

31 ޑިސެންބަރ 2024

31 ޑިސެންބަރު 2024
ހޯދާ