ދިވެހިރާއްޖެ
އިޢުލާން ނަންބަރު:FNK-I/IUL/2024/400
އިޢުލާން
ނ. ވެލިދޫގައި 05 ޓްރާންސްފޯމަރ ހަޓު އެޅުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ:
މިކުންފުނިން ދޭ މަޢުލޫމާތު ކަރުދާހާއި، ކުރެހުމާއި، ބީ.އޯ.ކިޔު އަދި ސްޕެސިފިކޭޝަނާއި އެއްގޮތަށް ނ. ވެލިދޫގައި 05 ޓްރާންސްފޯމަރު ހަޓު އެޅުމުގެ އެންމެހާ މަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ދެވަނަ ފަހަރަށް ކުރެވުނު ނަންބަރު: FNK-I/IUL/2024/392 އިޢުލާނަށް ފުރިހަމަ ތަރުހީބު ލިބިފައިނުވާތީ، މި މަސައްކަތަށް އަގު ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ.
|
ތާރީޚް |
ވަގުތު |
ބިޑްގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުން |
31 ޑިސެމްބަރު 2024 އިން 07 ޖަނަވަރީ 2025 |
08:00 އިން 15:00 |
މަޢުލޫމާތު ސާފުކުރެވޭ އެންމެފަހު ތާރީޚް (އީމެއިލްގެ ޒަރިއްޔާއިން) |
07 ޖަނަވަރީ 2025 |
15:00 މެންދުރު |
އަންދާސީ ހިސާބު ހުށަހެޅުން |
08 ޖަނަވަރީ 2025 |
11:00 ހެނދުނު |
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މަތީގައި ބަޔާންކުރެވިފައިވާ ތާވަލާއިއެއްގޮތަށް ރަޖިސްޓްރީ ކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
ބިޑްގައި ރަޖިސްޓްރީ ކުރުން
ބިޑްގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރެއްވުމަށް ތިރީގައިވާ ހުރިހާ މައުލޫމާތެއް ފުރިހަމަ ކުރެއްވުމަށްފަހުއީ-މެއިލް ކުރައްވާނީ [email protected] އަށެވެ.
-އިޢުލާން ނަންބަރ (އީ-މެއިލްގެ ސަބްޖެކްޓު ގޮތުގައި އިޢުލާން ނަމްބަރު ބަޔާންކުރެވިފައިވާންވާނެއެވެ.)
-ކުންފުނީގެ ނަން
-ނަމާއި ފޯނު ނަންބަރ
މަތީގައިވާ މައުލޫމާތު ފުރިހަމަކުރެއްވުމަށްފަހު ފޮނުވާ އީމެއިލްއަށް، އީމެއިލް ކުރާ ދުވަހު ބީ.އޯ.ކިއު އަދި ގުޅުންހުރި ލިޔެކިޔުންތައް ފޮނުވޭނެއެވެ.
ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
ނޯޓު: ކޮންމެ ވަގުތެއްގައި ވެސް އަންދާސީ ހިސާބުތައް ބާޠިލް ކުރުމުގެ ފުރިހަމަ އިޚްތިޔާރު މި ކުންފުންޏަށް ލިބިގެންވެއެވެ. މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް އީމެއިލް ކުރައްވާނީ [email protected] އަށެވެ.