ބ.އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
ބ.ދަރަވަންދޫ ޞިއްޙީމަރުކަޒުގެ އިމަޖެންސީ ރޫމް އިމާރާތާއި މިހާރު މަރުކަޒުގެ އިމާރާތާއިދެމެދު ކޮރިޑޯއަކުން ގުޅާލުމުގެ މަސައްކަތްކޮށްދޭނެ ބަޔަކު ހޯދުން

ބ.ދަރަވަންދޫ ޞިއްޙީމަރުކަޒުގެ އިމަޖެންސީ ރޫމް އިމާރާތާއި މިހާރު މަރުކަޒުގެ އިމާރާތާއިދެމެދު ކޮރިޑޯއަކުން ގުޅާލުމުގެ މަސައްކަތްކޮށްދޭނެ ބަޔަކު ހޯދުން

ބ.ދަރަވަންދޫ ޞިއްޙީމަރުކަޒުގެ އިމަޖެންސީ ރޫމް އިމާރާތާއި މިހާރު މަރުކަޒުގެ އިމާރާތާއިދެމެދު ކޮރިޑޯއަކުން ގުޅާލުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން މިދަންނަވާ ތާރީޚަށް ބ. އަތޮޅު ހޮސްޕިޓަލް ނުވަތަ ބ.ދަރަވަންދޫ ޞިއްޙީމަރުކަޒަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބ. އަތޮޅު ހޮސްޕިޓަލް ނުވަތަ ބ.ދަރަވަންދޫ ޞިއްޙީމަރުކަޒަށް ވަޑައިގެންދެއްވުން އެދެމެވެ.

މަޢުލޫމާތު ދިނުން

އަންދާސީ ހިސާބު ހުށަހެޅުން

8 ޖަނަވަރީ 2025 ވާ ބުދަ ދުވަހުގެ 11:00 އަށް

15 ޖަނަވަރީ 2025 ވާ ބުދަ ދުވަހުގެ 11:00 އަށް

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާއިރު، ހާޒިރުވާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު އަދި ކުންފުނި/ވިޔަފާރި/އިންވެސްޓްމަންޓުގެ ރަޖިސްޓްރޭޝަނުގެ ސެޓްފިކެޓުގެ ކޮޕީއެއް ގެންނަންވާނެއެވެ. ބަދަލުގައި އެހެން ފަރާތަކުން ވަޑައިގަންނަވާނަމަ، އެކަން ބަޔާންކޮށް ސިޓީއެއް ހުށަހަޅުއްވަންވާނެއެވެ. މީގެ އިތުރުން، ކުންފުނި/ވިޔަފާރި/އިންވެސްޓްމަންޓުގެ ރަޖިސްޓްރޭޝަނުގެ ސެޓިފިކެޓާއި، ބަދަލުގައި ވަޑައިގަންނަވާ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނަވަންވާނެއެވެ. އަދި ފޯނުން މަޢުލޫމާތު ދިނުމަށް ހަމަޖެހިފައި ނުވާ ވާހަކަ ދަންނަވަމެވެ. މިފަދަ ލިޔުމެއްނެތި މަޢުލޫމާތު ސާފުކުރައްވަން ދުރުވާ ފަރާތްތަކަށް މަޢުލޫމާތު ނުދެވޭނެ ކަމުގައި ދެންނެވީމެވެ.

އަންދާސީ ހިސާބު ހުށަހަޅުއްވާއިރު ބަދަލުގައި އެހެން ފަރާތަކުން ވަޑައިގަންނަވާނަމަ، އެކަން ބަޔާންކޮށް ސިޓީއެއް ހުށަހަޅުއްވަންވާނެއެވެ. މިފަދަ ލިޔުމެއްނެތި ހުށަހަޅުއްވާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. ގަޑިޖެހުމަށްފަހު ހުށަހަޅުއްވާ އަންދާސީ ހިސާބުތަކާއި، އީމެއިލާއި ފެކްސްގެ ޒަރީއްޔާއިން ފޮނުއްވާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެކަމާއި، އަދި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތައް ބާޠިލުވާނެ ކަމުގައިވެސް މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ހާޒިރުނުވާ ފަރާތްތަކަށް ބިޑު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ކަމުގައި ދަންނަވަމެވެ.

މިބީލަމުގައި ބައިވެރިވެވަޑައިގެންނެވޭނީ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި ޤާނޫނު ނަންބަރު 18/2014 (ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު) ގެ ދަށުން ރަޖިސްޓްރީ ވެފައިވާ ކުންފުނިތަކަށާއި، ޤާނޫނު ނަންބަރު 19/2014 (އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު) ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

31 ޑިސެންބަރު 2024
ހޯދާ