މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން
ދިވެހިރާއްޖެ
To hire a party to print Maldives Destination Guide 2025

 

ނަންބަރު : (IUL)MMPRC-PROC/1/2024/66

 

އިޢުލާން

މި ކޯޕަރޭޝަންގެ ފަރާތުން ރާއްޖެއާއި ރާއްޖެއިން ބޭރުގައި ބައިވެރިވާ ފެއަރ އަދި ފަތުރުވެރިކަން އިޝްތިހާރުކުރުމަށް ބައިވެރިވާ އެހެނިހެން ހަރަކާތްތަކުގައި ބޭނުންކުރާނެ ޑެސްޓިނޭޝަން ގައިޑް  2025 ޕްރިންޓް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރެވުނު އިއުލާން ނަންބަރު (IUL)MMPRC-PROC/1/2024/64 ބާތިލްކޮށް އަލުން އެފުރުސަތު ހުޅުވާލަމެވެ.

މި މަސައްކަތް ކޮށްދެއްވުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން 2024 ޑިސެމްބަރ 31 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 15:00 ގެ ކުރިން މި ކޯޕަރޭޝަންގެ އީމެއިލް [email protected] މެދުވެރި ކޮށް އެޓޭޗް ކުރެވިފައިވާ އާރްއެފްޕީގައި ވާ ގޮތުގެމަތީން ރަޖިސްޓްރީ ކޮށް، 2025 ޖަނަވަރީ 06 ވާ  ހޯމަ ދުވަހުގެ ހެނދުނު  11:00  އަށް ވަޑައިގެން އަންދާސީ ހިސާބް ހުށައެޅުއްވުން އެދެމެވެ. 

ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ އެންމެހާ ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

 

                      30 ޖުމާދަލް އާހިރާ 1446

                      29 ޑިސެމްބަރ 2024

 

29 ޑިސެންބަރު 2024
ހޯދާ