ފެނަކަ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
05 އަހަރު ދުވަހަށް މިކުންފުނީގެ ހެޑް އޮފީސް ހިންގުމަށް އިމާރާތެއް ކުއްޔަށް ހިފުމާއި ގުޅޭ:

އިއުލާން ނަންބަރު: FNK-I/IUL/2024/398  

އިޢުލާން

05 އަހަރު ދުވަހަށް މިކުންފުނީގެ ހެޑް އޮފީސް ހިންގުމަށް އިމާރާތެއް ކުއްޔަށް ހިފުމާއި ގުޅޭ:

މިކުންފުނިން ދޭ  މަޢުލޫމާތު ކަރުދާހުގައިވާ މަޢުލޫމާތާއި އެއްގޮތަށް މިކުންފުނީގެ ހެޑްއޮފީހުގެ ގޮތުގައި ބޭނުންކުރާނެ އިމާރާތެއް 05 އަހަރު ދުވަހުގެ މުއްދަތަށް އިމާރާތެއް ކުއްޔަށް ހިފުމަށް ކުރެވުނު ނަންބަރ: FNK-I/IUL/2024/385 އިޢުލާނަށް ފުރިހަމަ ތަރުހީބު ލިބިފައިނުވާތީ، އެ ފުރުސަތު އަލުން ހުޅުވާލަމެވެ.

މި މަސައްކަތުގެ ބިޑް ސެކިއުރިޓީގެ ގޮތުގައި އެއްލައްކަ ދިވެހި ރުފިޔާ (MVR 100,000.00) މަޢުލޫމާތު ކަރުދާހުގެ 8 ވަނަ މާއްދާގައިވާ ޝަރުތުތައް ފުރިހަމަވާގޮތަށް ހުށަހަޅުއްވަންވާނެއެވެ.

 

 

ތާރީޚް

ވަގުތު

ބިޑްގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުން

 30 ޑިސެމްބަރު  2024 އިން 09 ޖަނަވަރީ 2025

08:00 އިން 15:00

މަޢުލޫމާތު ސާފުކުރެވޭ އެންމެފަހު ތާރީޚް (އީމެއިލްގެ ޒަރިއްޔާއިން)

08 ޖަނަވަރީ 2025

15:00 މެންދުރު

އަންދާސީ ހިސާބު ހުށަހެޅުން

12 ޖަނަވަރީ 2025

11:00 ހެނދުނު

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މަތީގައި ބަޔާންކުރެވިފައިވާ ތާވަލާއިއެއްގޮތަށް ރަޖިސްޓްރީ ކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

ބިޑްގައި ރަޖިސްޓްރީ ކުރުން

ބިޑްގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރެއްވުމަށް ތިރީގައިވާ ހުރިހާ މައުލޫމާތެއް ފުރިހަމަ ކުރެއްވުމަށްފަހުއީ-މެއިލް ކުރައްވާނީ [email protected] އަށެވެ.

-އިޢުލާން ނަންބަރ (އީ-މެއިލްގެ ސަބްޖެކްޓު ގޮތުގައި އިޢުލާން ނަމްބަރު ބަޔާންކުރެވިފައިވާންވާނެއެވެ.)

-ކުންފުނީގެ ނަން

-ނަމާއި ފޯނު ނަންބަރ

މަތީގައިވާ މައުލޫމާތު ފުރިހަމަކުރެއްވުމަށްފަހު ފޮނުވާ އީމެއިލް ތަކަށް "ރެޖިސްޓްރޭޝަން ކޮންފޮމޭޝަން" އެއްގެ ގޮތުން މި ކުންފުނިން އީމެއިލް ކުރާނެ ވާހަކަދެއްނެވީމެވެ. އަދި ބިޑްގައި ރަޖިސްޓްރީ ވާ ފަރާތަށް މައުލޫމާތު ކަރުދާސް އީމެއިލް ކުރެވޭނެއެވެ.

ނޯޓް: ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކުގެ އަންދާސީ ހިސާބާއި ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީ ހިސާބުތައް އަދި މި އިޢުލާނާ ގުޅިގެން ދޫކުރެވޭ މަޢުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާ ލިޔުންތައް ހުށަނާޅާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި ކޮންމެ ވަގުތެއްގައި ވެސް އަންދާސީ ހިސާބުތައް ބާޠިލް ކުރުމުގެ ފުރިހަމަ އިޚްތިޔާރު މި ކުންފުންޏަށް ލިބިގެންވެއެވެ. މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް އީމެއިލް ކުރައްވާނީ [email protected] އަށެވެ.

29 ޑިސެންބަރު 2024
ހޯދާ