މާޅޮސްމަޑުލު އުތުރުބުރީ ހުޅުދުއްފާރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
1446 ވަނަ އަހަރު ރަމަޟާންމަހު ޙިފްޘުކޮށް ތަރާވީޙް ނަމާދު ކޮށްދޭނެ ފަރާތެއް ހޯދުން.
1446 ވަނަ އަހަރު ރަމަޟާންމަހު ހުޅުދުއްފާރު ނޫރު މިސްކިތުގައި އިމާމުވެ ޙިފްޘުކޮށް ތަރާވީޙް ނަމާދު ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 16 ޖެނުއަރީ 2025 ވާ ބުރާސްފަތި ދުވަހުގެ ރަސްމީގަޑި ނިމުމުގެ ކުރިން ސިޓީއަކާއިއެކު ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އަދި ވަނަވަރު މިއިދާރާގެ މެއިލް [email protected] އަށް ފޮނުއްވައިދެއްވުން އެދެމެވެ.
އެލަވަންސް ފައިސާ ދެވޭނީ އިމާމުވެ ތަރާވީޙް ނަމާދުކުރައްވާ ކޮންމެ ރެޔަކަށް -/500 (ފައްސަތޭކަ) ރުފިޔާގެ މަގުންނެވެ.
އަދި ދަންނަވަމެވެ. 1446 ވަނަ އަހަރު މިރަށުގައި ތަރާވީޙު ނަމާދު ކުރުމުގެ ހުއްދަ ދޭނީ މިކައުންސިލް އިދާރާ މެދުވެރިކޮށް، އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިންނެވެ.
29 ޑިސެންބަރު 2024
ހޯދާ