ދިވެހިރާއްޖެ
އިޢްލާން
ކ.ހުރާ ރައްޔިތުންގެ އިންޖީނުގޭގައި މިހާރު ބޭނުންކުރަމުންދާ 550.5 ކިލޯވޯޓްގެ ޖަނަރޭޓަރ މޭޖަރ އޯވަހޯލް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
މި ރަށު ރައްޔިތުންގެ އިންޖީނުގޭގައި މިހާރު ބޭނުން ކުރަމުންދާ 550.5 ކިލޯވޯޓްގެ ޖަނަރޭޓަރ މޭޖަރ އޯވަހޯލް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ، މި މަސައްކަތާ ބެހޭގޮތުން މަޢުލުމާތު ސާފުކުރެއްވުމަށްޓަކައި 19 ޖުލައި 2015 ވަނަ ދުވަހުގެ މެންދުރު 13.45އަށް މި ކައުންސިލަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ. އެދުވަހުގެ އެގަޑީގައި މި އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުނުކުރައްވަވާ އެއްވެސް ފަރާތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަވެސް ދަންނަވަމެވެ.
އަންދާސީހިސާބު ފުރިހަމަކުރައްވަވާ 23 ޖުލައި 2015 ދުވަހުގެ 13:45ގައި އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ކަނޑާނީ އަންދާސީހިސާބު ހުށަހަޅުއްވާތާ 30 މިނިޓުއިރުގެ ތެރޭގައި އަންދާސީހިސާބު ހުށަހެޅި ފަރާތްތަކުގެ ހާޒިރުގައި މި އިދާރާގައެވެ.
އަންދާސީހިސާބު ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި 550.5ކިލޯވޯޓްގެ ޖަނަރޭޓަރ އޯވަރހޯލް ކުރުމުގެ މަސައްކަތުގެ އަންދާސީހިސާބު މިގޮތަށް ލިޔުއްވާފައި އޮންނަންވާނެއެވެ.
އަންދާސީހިސާބުއެކު ހުށަހަޅުއްވަންޖެހޭ ތަކެތި:
* ކޮންޓްރެކްޓަރގެ އައިޑީކާޑު ނުވަތަ ކާޑުގެ އެޓެސްޓްކޮށްފައިވާ ކޮޕީއެއް، ކުންފުންޏެއްނަމަ ކުންފުނީގެ ރަޖިސްޓަރީގެ އެޓެސްޓް ކޮށްފައިވާ ކޮޕީއެއް.
* މަސައްކަތް ކުރުމުގައި ބޭނުންކުރާނެ ކަމަށް ހުށަހަޅާ ޓޫލްސްގެ ތަފުސީލު ލިޔުން.
* މަސައްކަތުގައި އުޅޭނެ ޓެކްނީޝަނުންގެ ޢަދަދާއި ފެންވަރު ބަޔާންކޮށްދޭ ލިޔުންތައް.
* މީގެ ކުރިން މަސައްކަތްކޮށްފައިވާ ތަންތަނުގެ އަދަދާއި ނަންތައް އަދި އެތަންތަނުން ދީފައިވާ ކޮމެންޓްތައް.
* ޕެންޝަން ސްކީމްގައި ބައިވެރިވެފައިވާ ފަރާތެއްކަން އަންގައިދޭ ލިޔުމުގެ އެޓެސްޓްކޮށްފައިވާ ކޮޕީ
* ޖީ.އެސްޓީ. ރަޖިސްޓަރީގެ އެޓެސްޓްކޮށްފައިވާ ކޮޕީ
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
27 ރަމަޟާން 1436