ދިވެހިރާއްޖެ
އިޢުލާން |
ނަންބަރ: |
(IUL)421/ESMSED/421/2024/61 |
ތާރީޚް |
28 ޖުމާދިލްއާޚިރާ 1446 |
|
29 ޑިސެމްބަރ 2024 |
އިޖުތިމާޢީ ބިންތަކުގެ ގޮތުގައި ބަލަހައްޓަމުންގެންދާ ބިންތަށް ސާފުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން.
ރަށުގެ އިޖުތިމާޢީ ބިންތަކުގެ ގޮތުގައި މިހާރުވެސް ބަލަހައްޓަމުންގެންދާ ބިންތަކުގެ މުއްދަތު 31 ޑިސެމްބަރ 2024 ގެ ނިޔަލަށް ހަމަވާތީ އެބިންތަށް 01 އަހަރު ދުވަހުގެ މުއްދަތަށް ސާފުކޮށް ބަލަހައްޓާދޭނެ ފަރާތްތަކެއް ބޭނުންވެއްޖެއެވެ.
ވީމާ، މިދެންނެވި ބިންތައް ސާފުކޮށް ބެލެހެއްޓުމަށް ޝައުގުވެރިވާ ފަރާތްތަކުން 08 ޖަނަވަރީ 2025 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން އައިޑީކާޑުގެ މުއްދަތު ހަމަނުވާ ސާފު ކޮޕީއަކާއެކު މިއިދާރާއަށް ސިޓީ ފޮނުވުން އެދެމެވެ.
މަގުތައް ސާފުކޮށް ބެލެހެއްޓުން ހަވާލުކުރުމުގައި ތިރީގައިމިދަންނަވާ ކަންކަމަށް ބެލިގެންދާނެ ކަމުގައި ދަންނަވަމެވެ.
- ހުސްވާ ބިން ތަކާއި އަލަށް އިތުރުކުރާ ބިންތައް ހަވާލުކުރުމުގައި އަލަށް ކުރިމަތިލާ ފަރާތްތަކަށް އިސްކަން ދިނުން.
- މިހާރު ބިންތައް ބަލަހައްޓާ ފަރާތެއް ކުރިމަތި ލައިފިނަމަ އެމީހާ ބަލަހައްޓަމުންގެންދާ ބިން/ބިންތައް ސާފުކޮށް ބެލެހެއްޓުމުގައި ފާއިތުވި ތަނުގައި ކަންހިގާފައިވާގޮތަށް ބެލުމަށްފަހު އެފަރާތްތަކަށް އެބިންތައް ހަވާލުކުރުން
ވީމާ،މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
ޙަސަން ޢަބްދުﷲ
ކައުންސިލްގެ ރައީސް