ހުވަދުއަތޮޅު ދެކުނުބުރީ ވާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިސްކިތު މުވައްޒަފުން ޗުއްޓީ ނެގުމުންނާއި،ސަލާމްބުނުމުން ބަދަލުގައި މީހުން ހޯދުމާބެހޭ:

 

 

އިޢުލާން

ނަންބަރ:

(IUL)421/ESMSED/421/2024/62

ތާރީޚް

‏ 28 ޖުމާދިލްއާޚިރާ 1446

 29 ޑިސެމްބަރ 2024

 

މިސްކިތު މުވައްޒަފުން ޗުއްޓީ ނެގުމުންނާއި،ސަލާމްބުނުމުން ބަދަލުގައި މީހުން ހޯދުމާބެހޭ:

 

   2025 ޖެނުއަރީ މަހުން ފެށިގެން ޑިސެމްބަރ މަހުގެ ނިޔަލަށް މިރަށު މިސްކިތްތަކަށް ވޭޖް އުސޫލުން  ތިރީގައި މިދަންނަވާ މަޤާމަށް މީހުން ބޭނުންވެއްޖެއެވެ.

މަޤާމް:

މަސައްކަތު ( މިސްކިތްތަކަށް )

ބޭނުންވާ ޢަދަދު

05

މަޤާމުގެ ރޭންކް:

އެސްއެސް 01

މަޤާމުގެ ގިންތި:

ވަގުތީ

މަޤާމުގެ މުއްދަތު:

12 މަސް ދުވަސް

މަޤާމުގެ ކްލެސިފިކޭޝަން:

ވޭޖް އުސޫލުން ގެންގުޅޭ މަސައްކަތު މީހުން

މުސާރަ:

މިސްކިތަށް ހާޟިރުވާ ކޮންމެ ނަމާދު ވަގުތަކަށް -/45 ( ސާޅީސް ފަސް ރުފިޔާ )

ފެންވަރު ނުވަތަ ޝަރުޠު:

އަސާސީ ފެންވަރަށް ތަކެތި ދަތުމާއެކު މިސްކިތު މަސައްކަތްކުރެވޭނެ ޖިސްމާނީ ގާބިލްކަން ހުރުމާއެކު ކޮންމެ ވަގުތަކުވެސް މިސްކިތަށް މިސްކިތަށް ދެވޭނެ މީހަކު ކަމުގައިވުން އަދި އުމުރުން 18 އަހަރާއި 55 އަހަރާއި ދެމެދުގެ މީހެއްކަމުގައިވުން.

   

 

 

މަޤާމް:

އިމާމް / މުދިމް ( ވޭޖް )

ބޭނުންވާ ޢަދަދު:

07

މަޤާމުގެ ރޭންކް:

ޖީއެސް 01

މަޤާމުގެ ގިންތި:

ވަގުތީ

މަޤާމުގެ މުއްދަތު:

12 މަސް ދުވަސް

މަޤާމުގެ ކްލެސިފިކޭޝަން:

ވޭޖްއުސޫލުން ގެންގުޅޭ އިމާމް / މުދިމް

މުސާރަ

އިމާމް ( ސަނަދު އޮތް ) މިސްކިތަށް ހާޒިރުވާ ކޮންމެ ނަމާދު ވަގުތަކަށް -/61 ( އެކާހައްޓި ރުފިޔާ)

މުދިމް ( ސަނަދު ނެތް ) -/53 ( ފަންސާސް ތިން ރުފިޔާ )

ފެންވަރު ނުވަތަ ޝަރުޠު:

އިމާމް ކަމުގެ ސަނަދު ލިބިފައިވުން ނުވަތަ ޤާރީސެޓްފިކެޓް ލިބިފައިވުން ނުވަތަ ނަމާދުކުރެވޭވަރަށް ޤުރުއާން ތަޖުވީދުމަގުން ކިޔަވަން ދަންނަ މީހަކު ކަމުގައިވުން.

 

       ވީމާ،މިވަޒީފާތަކަށް އެދިލައްވާފަރާތްތަކުން  08 ޖެނުއަރީ 2025 ވާ ބުދަ  ދުވަހުގެ 13:00 ގެކުރިން އައިޑީކާޑުގެ ފޮޓޯ ކޮޕީ އަކާއި ލިބިފައިވާ ސެޓްފިކެޓްތަކާއެކު މިއިދާރާއަށް ސިޓީ ފޮނުއްވުންއެދެމެވެ. މަޤާމްތަކަށް މީހުން ހޮވާނީ މަޤާމްތަކަށް ކުރިމަތިލާ ފަރާތްތަކުގެ މެދުގައި އިންޓަވިއުކޮށް %50 އަށްވުރެ މަތިން އެންމެގިނަ މާކްސް ލިބޭ ފަރާތްތައް ހޮވާ ގޮތަށެވެ. މިމުއްދަތުގެތެރޭގައި ސަރުކާރު ބަންދު ދުވަހެއް އަތުވެއްޖެނަމަ ބަންދުވާ ކޮންމެ ދުވަހަކަށް ދުވަހެއް އިތުރު ކުރެވޭނެއެވެ.

 އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ސަރުކާރު ބަންދުނޫން ދުވަސްތަކުގެ ރަސްމީ ގަޑީގައި މި އިދާރާގެ ފޯން ނަންބަރ 6840005 އާއި ގުޅުއްވުމުން މަޢުލޫމާތު ލިބިވަޑައިގަންނަވާނެއެވެ.                                                                                                                                                                  

 

 

 

 

 

 

                                                        ޙަސަން ޢަބްދުﷲ

                                                       ކައުންސިލްގެ ރައީސް

 

 

29 ޑިސެންބަރު 2024
ހޯދާ