މާލެއަތޮޅު ގާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޯޓޭޝަން ހުށަހެޅުމުގެ ދަޢުވަތު

މި ކައުންސިލުންދޭ މަޢުލޫމާތާއި އެއްގޮތަށް، "މަސްޖިދުލް މުއްތަޤީން" ގެ މިހުރާބު ގޭގެ ސްޓޭޖް ތަޅާލުމަށްފަހު ނެގުމާއި "މަސްޖިދުލް ޙަޟާރަތު" ގެ ބައެއް ފަންކާތަށް ބަދަލު ކުރުމާއި އަދި މީގެ އިތުރުން 2 މިސްކިތުގައި ކުރަންހުރި ބައެއް މަސައްކަތްތަށް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.  

މި މަސައްކަތަށް ކޯޓޭޝާން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

މި މަސައްކަތާއި ގުޅޭ ގޮތުން ތައްޔާރު ކުރެވިފައިވާ މަޢުލޫމާތު ކަރުދާސް މިއިޢުލާނާއިއެކު އެޓޭޗް ކުރެވިފައިވާނެއެވެ. އަދި ރަސްމީ ގަޑީގައި މިއިދާރާގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ.  ކޯޓޭޝަން ބަލައިގަތުމަށް ހަމަޖެހިފައިވަނީ 2025 ޖެނުއަރީ 05 ވަނަ ދުވަހުގެ 11:00 ގައި މިކައުންސިލްގެ އިދާރާގައެވެ.

ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން މަތީގައި ދެންނެވިފައިވާ ގަޑިއަށް މިކައުންސިލްގެ އިދާރާއަށް ވަޑައިގެން ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ.                                                                                                                             

29 ޑިސެންބަރު 2024
ހޯދާ