އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޢުލާން - 1446 ވަނަ އަހަރު ރަމަޟާން މަހަށް ތައްޔާރު ވުމަށް މިއަވަށުގެ މިސްކިތްތަކުގެ އާބާތުރަ ފިލުވުމުގެ މަސައްކަތާއި ގުޅޭ

އިޢުލާން

1446 ވަނަ އަހަރު ރަމަޟާން މަހަށް ތައްޔާރު ވުމަށް މިއަވަށުގެ މިސްކިތްތަކުގެ އާބާތުރަ ފިލުވުމުގެ މަސައްކަތާއި ގުޅޭ

               1446 ވަނަ އަހަރު ރަމަޟާން މަހަށް ތައްޔާރު ވުމުގެ ގޮތުން މިއަވަށުގެ މިސްކިތްތަކުގެ އާބާތުރަ ފިލުވުމުގެ މަސައްކަތް ކުރުމަށް ދަނީ ތައްޔާރުވަމުންނެވެ. މިގޮތުން މިމަސައްކަތް ކުރިއަށް ދާއިރު މިސްކިތްތަކަށް ހިލޭސާބަހަށް މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލާފައިވާ ކަމުގައި ދެންނެވީމެވެ.  

               ވީމާ، ދަރުމައަށް މިސްކިތްތައް މަރާމާތު ކުރުމާއި މިސްކިތްތަކަށް ތަކެތި ހަދިޔާ ކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން 30 ޖަނަވަރީ 2025 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މި އޮފީހަށް އަންގަވައި ދެއްވުން އެދެމެވެ.

 

28 ޖުމާދަލްއާޚިރާ 1446

29 ޑިސެމްބަރ 2024

29 ޑިސެންބަރު 2024
ހޯދާ