މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
'އެޑްވާންސިންގް ދަ ނޭޝަނަލް އެޑެޕްޓޭޝަން ޕްލޭން (ނެޕް)' މަޝްރޫޢުގެ ދަށުން ތައްޔާރުކުރެވޭ ސިއްޙީ ދާއިރާގެ ކޮންސެޕްޓް ނޯޓް ތައްޔާރުކުރުމުގެ މަސައްކަތްތައް ކުރުމަށްޓަކައި ނޭޝަނަލް އެކްސްޕާޓެއް ހޯދުމަށް

ކޯޓޭޝަން ހުށަހެޅުމުގެ ދައުވަތު

އިންޑިވިޖުއަލް ކޮންސަލްޓަންޓް (ނެޝަނަލް) 

މި މިނިސްޓްރީ އާއި ޔުނައިޓެޑް ނޭޝަންސް އެންވަޔަރަންމަންޓް ޕްރޮގްރާމް (ޔުނެޕް) އާއި ގުޅިގެން 'އެޑްވާންސިންގ ދަ ނޭޝަނަލް އެޑެޕްޓޭޝަން ޕްލޭން' (ނެޕް) ނަމުގައި މަޝްރޫޢުއެއް ދަނީ ކުރިޔަށް ގެންދަމުންނެވެ. މި މަޝްރޫޢުގެ މަސައްކަތްތަކުގެ ތެރެއިން ސިއްހީ ދާއިރާއަށް ކޮންސެޕްޓް ނޯޓް ހެދުމުގައި އިންޓަރނޭޝަނަލް ކޮންސަލްޓަންޓުންގެ ޓީމާއެކު މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަންބޭނުންވެއެވެ.  ވީމާ، މިމަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ކޯޓޭޝަން ހުށަހެޅުމުގެ ދަޢުވަތު އަރުވަމެވެ. 

މި މިސައްކަތާއި ގުޅޭ "ޓާރމްސް އޮފް ރިފަރެންސް" މި އިޢުލާނާއެކު ޑައުންލޯޑް ކުރެވޭގޮތަށް ހުންނާނެއެވެ. އަދި މި މިނިސްޓްރީގެ ވެބްސައިޓް (www.environment.gov.mv) އިން ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ. 

މި ކޮންސަލްޓެންސީ ހިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޮވާނީ "ޔުނައިޓެޑް ނޭޝަންސް ޕްރޮކިއުމަންޓް މެނުއަލް" (DOS/20220.9) (30 ޖޫން 2020) ގެ އުޞޫލުތަކާއި އެއްގޮތްވާގޮތުގެ މަތިންނެވެ. 

 

ކޯޓޭޝަން ވެލިޑިޓީ އަދި ހުޅުވުން 

ކޯޓޭޝަން ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ކޮންސަލްޓަންސީ އަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ހުށަހަޅާ ފަރާތުގެ ނަން، އީ-މެއިލް އެޑްރެސް އަދި ގުޅޭނެ ފޯނު ނަންބަރު ލިޔެވިފައި އޮންނަންވާނެއެވެ. 

ކޯޓޭޝަން ހުށަހަޅާނީ 05 ޖަނަވަރީ 2025 ވަނަ ދުވަހު 10:00 ގެ ކުރިން މިނިސްޓްރީގެ ރިސެޕްޝަނަށެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ކޯޓޭޝަން އަނބުރާ ރައްދު ކުރެވޭނެއެވެ. ކޯޓޭޝަން ހުޅުވުމަށް ހަމަޖެހިފައި ވަނީ 05 ޖަނަވަރީ 2025 ވަނަ ދުވަހު 10:05 ގައި، މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން އެވަގުތުގައި ހާޒިރުވެ ތިބި އެޕްލިކެންޓުންގެ ނުވަތަ އެޕްލިކެންޓުންގެ ބަދަލުގައި އެ ފަރާތަކުން ކަނޑައަޅާ ފަރާތްތަކުގެ ހާޒިރުގައެވެ.

  

އަންދާސީ ހިސާބު ހުށަހަޅުއްވަން ވާނީ ބަންދުކޮށްފައިވާ ސިޓީ އުރައެއްގައި ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސް ކޮށްފައެވެ. 

“Do not Open Before 5th January 2025 at 1005hrs – Consultancy services for a national expert to support the development of a project concept note (Health Sector) under NAP Process (IUL)438-CCD/438/2024/560”

  

ޕްރޮކިއުމަންޓް ސެކްޝަން، 

މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާރޖީ 

ދަރުބާރުގެ، މާލެ، 20344، ދިވެހިރާއްޖެ. 

އީމެއިލް: [email protected] 

އީމެއިލް ކޮޕީ: [email protected] 

ވެބްސައިޓް: www.environment.gov.mv 

އިޢުލާނު ނަންބަރު: (IUL)438-CCD/438/2024/560 

ހުށަހެޅީ؛ 

(ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް) 

(ހުށަހަޅާ ފަރާތައް ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް)
   

ނޯޓް: 

މި މަސައްކަތް ކޮންމެ ވަގުތެއްގައިވެސް ބާތިލުކުރުމުގެ އިޚްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.

29 ޑިސެންބަރު 2024
ހޯދާ