މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
މަޖީދީމަގު ޓްރެފިކް ފްލޯއަށް ގެނެވުނު ބަދަލު.
މަޖީދީމަގު ފެންބޮޑުވާ މައްސަލަ ހައްލުކުރުމުގެ ގޮތުން ބްލޮކްތަކަށް ބަހާލައިގެން ފުރަތަމަ ބްލޮކްގެ މަސައްކަތް މިހާރު ކުރަމުންދާތީ 28 ޑިސެމްބަރު 2024 އިން ފެށިގެން 04 ޖަނަވަރީ 2025 ގެ ނިޔަލަށް މަޖީދީމަގު، ޗާންދަނީމަގާއި ރަށްދެބައިމަގާއި ހަމައަށް ޓްރެފިކް ފްލޯއަށް ވަނީ ބަދަލުގެނެވިފައެވެ. އެގޮތުން މިސަރަހައްދުގެ ޓްރެފިކް ފްލޯއަށް ގެނެވިފައިވާ ބަދަލު އެނގޭނެ ޗާޓެއް މި އިޢުލާނާއި އެކު އެއްކަރުދާސް ކުރެވިފައިވާނެ ކަމުގައި ދެންނެވީމެވެ. ވީމާ، އެއްގަމު އުޅަނދު ދުއްވާ އެންމެހާ ފަރާތްތަކުގެ ސަމާލުކަމަށްޓަކައި މިކަން އާންމުކޮށް އަންގާ އިޢުލާން ކުރީމެވެ. އަދި މިކަމުގައި އެއްގަމު އުޅަނދު ދުއްވާ އެންމެހާ ފަރާތްތަކަށް ދިމާވެދާނެ ދަތިކަމަށްޓަކައި ނިހާޔަތަށް މަޢާފަށް އެދެމެވެ.
26 ޑިސެންބަރު 2024
ހޯދާ