މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހުރަވީ ބިލްޑިންގގެ ފުރަތަމަ ފަންގިފިލާގެ ހުޅަނގު ބައި މަރާމާތުކުރުން

އިޢުލާން

ހުރަވީ ބިލްޑިންގގެ ފުރަތަމަ ފަންގިފިލާގެ ހުޅަނގު ބައި މަރާމާތުކުރުން:

މާލޭ ސިޓީ ކައުންސިލްގެ އިދާރާ ހިންގުމަށް ހަމަޖައްސަވާފައިވާ ހުރަވީ  ބިލްޑިންގގެ ފުރަތަމަ ފަންގިފިލާގެ ހުޅަނގު ބައި މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މި އިދާރާގެ ނަންބަރު: (IUL)425-A1/1/2015/76 (22 ޖޫން 2015 ) އިޢުލާނާ ގުޅިގެން ޝައުޤުވެރިކަން ފާޅުކޮށްފައިވަނީ 2 ފަރާތަކުން ކަމަށްވާތީ، އެ އިޢުލާން ބާޠިލުކޮށް އަލުން އިޢުލާން ކުރަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ގަޑީގައި މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަގު ހުށަހެޅުއްވުން އެދެމެވެ.

ތަފުސީލު

ތާރީޚު

ތަން

ގަޑި

ދުވަސް

މަޢުލޫމާތު ސާފުކުރެއްވުމަށް

23 ޖުލައި 2015

ވޭސްޓް މެނޭޖްމަންޓް ސެކްޝަން،  ކަނބާއައިސާރަނި ހިނގުން ( ކުރީގެ މާފަންނު އަވަށު އޮފީސް) 

11:30

ބުރާސްފަތި

އަގު ހުށަހެޅުއްވުމަށް

03 އޮގަސްޓް 2015

ވޭސްޓް މެނޭޖްމަންޓް ސެކްޝަން،  ކަނބާއައިސާރަނި ހިނގުން ( ކުރީގެ މާފަންނު އަވަށު އޮފީސް) 

13:00

ހޯމަ

އަގު ހުށަހަޅުއްވާނީ ބަންދުކޮށްފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި މި އިޢުލާން ނަންބަރު ލިޔެވިފައި އޮންނަންވާނެއެވެ. ކަނޑައެޅިފައިވާ ގަޑިއަށް މަޢުލޫމާތު ސާފުކުރަން ހާޒިރުނުވާ ފަރާތްތަކާއި ގަޑިޖެހިގެން ހާޒިރުވާ ފަރާތްތަކުގެ ބިޑް ބަލައެއްނުގަނެވޭނެއެވެ.

26 ރަމަޟާން 1436

13 ޖުލައި 2015
ހޯދާ