މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
މެރިކަލްޗަރ ޑިވެލޮޕްމަންޓް އެންޓަރޕްރައިސަސް ޕްރޮގްރާމްގެ ދަށުން ހަދާ މެރިކަލްޗަރ ދެ ހެޗަރީއާގުޅޭ

މެރިކަލްޗަރ ޑިވެލޮޕްމަންޓް އެންޓަރޕްރައިސަސް ޕްރޮގްރާމްގެ ދަށުން ހަދާ މެރިކަލްޗަރ ދެ ހެޗަރީއާ ގުޅޭ

މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރއާއި އިންޓަރނޭޝަނަލް ފަންޑް ފޮރ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓްއާ ގުޅިގެން ކުރިއަށްގެންދާ "މެރިކަލްޗަރ ޑިވެލޮޕްމަންޓް އެންޓަރޕްރައިސަސް ޕްރޮގްރާމް"ގެ ދަށުން  ހަދާ މެރިކަލްޗަރ ދެ ހެޗަރީ، މިނިސްޓްރީން ދޭ މަޢުލޫމާތާ އެއްގޮތަށް ފަރުމާކޮށް، ކުރަހައި، ތަނުގެ ބީއޯކިޔު ހަދައިދޭނެ ފަރާތެއް ހޯދަން ކުރި އިޢުލާން ނަންބަރު:(IUL)30-G/1/2015/82 އަށް އެކަށީގެންވާ އަދަދަށް އަންދާސީހިސާބު ހުށަހަޅާފައިނުވާތީ އަލުން އިޢުލާން ކުރަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 21 ޖުލައި 2015 ދުވަހުގެ 11:00 އަށް މި މިނިސްޓްރީގެ ޕްރޮޖެކްޓް އިމްޕްލިމެންޓޭޝަން ޔުނިޓް (ހ.ވައިޓް ވޭވްސް، މޫންލައިޓް ހިނގުން، މެރިންރިސަރޗް ސެންޓަރ ހުންނަ އިމާރާތް) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް އެދެމެވެ. އަދި، އަންދާސީހިސާބު ހުށަހެޅުމަށް 28 ޖުލައި 2015 ވަނަ ދުވަހުގެ 13:00 އަށް ޕްރޮޖެކްޓް އިމްޕްލިމެންޓޭޝަން ޔުނިޓަށް ވަޑައިގެން ހުށަހެޅުއްވުން އެދެމެވެ. ޕްރޮޕޯސަލް ހުޅުވޭނީ ހާޒިރުވެވަޑައިގަންނަވާ ބޭފުޅުންގެ ހާޒިރުގައި ޕްރޮޖެކްޓް އިމްޕްލިމެންޓޭޝަން ޔުނިޓުގައެވެ.

އަދި ދަންނަވަމެވެ، މަޢުލޫމާތު ސާފުކުރުމަށް ދަންނަވާފައިވާ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައެއްނުގަނެވޭނެއެވެ.

29 ރަމަޟާން 1436

16 ޖުލައި 2015
ހޯދާ