ދިވެހިރާއްޖެ
އިޢުލާން
ތިރީގައި މިވަނީ މިޔުނިވަރސިޓީގެ ފެކަލްޓީ އޮފް އާރޓްސްގައި 2025 ވަނަ އަހަރު ފެށުމަށް ހަމަޖެހިފައިވާ ޑޮކްޓަރ އޮފް ފިލޯސަފީ (ޕީ.އެޗް.ޑީ) އިން އެޕްލައިޑް ލިންގުއިސްޓިކްސްއަށް ކިޔެވުމުގެ ފުރުސަތުތަކާބެހޭ މަޢުލޫމާތެވެ. ޕީ.އެޗް.ޑީއަށް އެދި އެޕްލިކޭޝަން ފޯމާއި ސްޓޭޓްމަންޓް އޮފް އިންޓެންޓް ނުވަތަ ޕްރޮޕޯޒަލް ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ 23 ޖަނަވަރީ 2025 ވާ ބުރާސްފަތި ދުވަހުގެ 13:00 އެވެ. ކޯހަށް އެދި އެޕްލިކޭޝަން ހުށަހަޅާނީ ދަރިވަރުންގެ އިދާރީ ޚިދުމަތްތަކާއިބެހޭ ބައިގެ ރިސެޕްޝަނަށްށެވެ. އެޕްލިކޭޝަން ފޯމް މި އިޢުލާންގައިވާ ލިންކުން އަދި ޔުނިވަރސިޓީގެ ވެބްސައިޓުން https://mnu.edu.mv/students/#2 ލިބިވަޑައިގަންނަވާނެވެ. ސްޓޭޓްމަންޓް އޮފް އިންޓެންޓް ނުވަތަ ޕްރޮޕޯޒަލް ތައްޔާރުކުރުމާގުޅޭ މަޢުލޫމާތު، މި އިއުލާނުގެ 'އިތުރު މައުލޫމާތު' ގެ ބައިގައި ހިމެނިފައި ވާނެއެވެ.
ފެކަލްޓީ އޮފް އާރޓްސް
ޑޮކްޓަރ އޮފް ފިލޯސޮފީ (ޕީ.އެޗް.ޑީ) އިން އެޕްލައިޑް ލިންގުއިސްޓިކްސް (ދިވެހިބަސް)
ތަޢާރަފު
އެޕްލައިޑް ލިންގުއިސްޓިކްސް (ދިވެހިބަސް)ގެ ދާއިރާއިން ޕީ.އެޗް.ޑީ ހާސިލުކުރެއްވުމަށް ތިރީގައިވާ ދާއިރާތަކުގެ ތެރެއިން ދާއިރާއެއް، އިޚްތިޔާރު ކުރެވިދާނެއެވެ.
- މާދަރީބަސް އަށަގަތުމާއި ކުއްޖާގެ ކިބައިގައި ތަރައްޤީވާގޮތް - First language acquisition and development
- ދެވަނަބަހެއް ދަސްކުރުމާއި ތަރައްޤީވުން - Second language acquisition and learning
- ދެބަސް ނުވަތަ ގިނަ ބަސް ބޭނުންކުރާ މުޖުތަމަޢެއްގައި ބަސްބޭނުންކުރާގޮތް - Bilingualism
- ބަހުގެ ސިޔާސަތުތައް ކަނޑައަޅައި ރާވައި ހިންގުން - Language Policy and Planning
- ބަހުގެ ފެންވަރުބެލުން - Language Assessment
- ދިވެހިބަހުގެ ސްޓްރަކްޗަރ - Structure of Dhivehi Language
- ލިޔުންތެރިކަމާއި ވާހަކަދެއްކުމާއި މަލްޓިމޯޑަލް ޓެކްސްޓްސް އެނަލައިޒްކުރުން - Analysis of written, spoken and multimodal texts
ކޯހުގެ ޖާގަ: 1
ކޯހަށް ހޮވުން: ކޯހަށް ދަރިވަރުން ހޮވާނީ ކުރިމަތިލާ ކެނޑިޑޭޓުން ހުށަހަޅާ ޕްރޮޕޯޒަލްތަކަށް ބެލުމަށްފަހު، ހަޔަރ ޑިގްރީސް ކޮމެޓީއިން ނިންމާ ގޮތެއްގެ މަތީންނެވެ.
ކޯހުގެ މުއްދަތު: ފުލްޓައިމް 3-4 އަހަރު
ކޯހުގެ މުއްދަތު: ޕާރޓްޓައިމް 6-8 އަހަރު
ކޯހަށް ވަނުމުގެ ޝަރުޠު
- އެޕްލައިޑް ލިންގުއިސްޓިކްސް ނުވަތަ ގުޅުންހުރި ދާއިރާއަކުން އެމް.ކިއު.އޭ ޤަބޫލުކުރާ ލެވެލް 9 ގެ ސަނަދަކާއި ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުން. އަދި
- ޖީ.ސީ.އީ އޯލެވެލް/އައި.ޖީ.ސީ.އެސް.އީ އިމްތިހާނުން އިނގިރޭސިބަހުން ފާސްވެފައިވުން ނުވަތަ އައި.އީ.އެލް.ޓީ.އެސް އިމްތިހާނުން ދަށްވެގެން 6.5 ލިބިފައިވުން ނުވަތަ އެއާ އެއްފެންވަރުގެ އިނގިރޭސިބަހުގެ ފާހެއް އޮތުން
- ދިރާސީ މަސައްކަތްތަކެއް ކުރުމުގެ ތަޖުރިބާ ލިބިފައިވުން. އަދި
- ޕީ.އެޗް.ޑީ ހާސިލުކުރަން ބޭނުންވާ ދާއިރާގެ ޕްރޮޕޯޒަލެއް ތައްޔާރުކޮށް އެޕްލިކޭޝަން ފޯމާއެކު ހުށަހެޅުން.
- މާސްޓަރސް ޑިގްރީ ހާސިލުކުރުމުގެ ތެރޭގައި 1 އަހަރު ދުވަހުގެ (120 ކްރެޑިޓްސްގެ) ދިރާސީ މަސައްކަތެއް ފުރިހަމަކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
އިތުރު މަޢުލޫމާތު
- ކޯހަށްވަނުމަށް އެދޭ ފޯމް ތިރީގައިވާ ލިންކުން ޑައުންލޯޑް ކުރެއްވޭނެއެވެ.
- ޕްރޮޕޯޒަލް ތައްޔާރުކުރާނެ ގޮތުގެ މަޢުލޫމާތު ތިރީގައިވާ ލިންކުން ލިބިވަޑައިގަންނަވާނެއެވެ.
Statement of Intent Information of PhD_Dhivehi.pdf
ކޯހުގެ ފީއަކީ ފުލްޓައިމް ނަމަ ސިމެސްޓަރއަކަށް 10620.00 (ދިހަހާސް ހަސަތޭކަ ވިހި) ރުފިޔާ، ޕާޓްޓައިމް ނަމަ ސިމެސްޓަރއަކަށް 5310.00 (ފަސްހާސް ތިންސަތޭކަ ދިހަ) ރުފިޔާއެވެ.