ދިވެހިރާއްޖެ
(IUL)337/337/2024/116 ނަންބަރު
އިޢުލާން
"ރަށުގެ އަތިރިމައްޗާއި، ހުސްބިންތައް ވިޔަފާރި އުސޫލުން ކުއްޔަށް ދިނުމާއިގުޅޭ އުސޫލު" އަދި "ރަށުގައި "ވޯޓާރ ސްޕޯރޓްސް" ވިޔަފާރި ކުރުމާއި އެފަދަ ޚިދުމަތްތަކުން ފީ ނެގުމާއިގުޅޭ އުޞޫލު" އަށް 03 ވަނަ އިޞްލާޙު ގެނައުން
މާލެއަތޮޅު މާފުށީ ކައުންސިލުގެ 3 ވަނަ ދައުރުގެ 2019 ވަނަ އަހަރުގެ 23 ވަނަ ޢާއްމު ޖަލްސާއިން ފާސްކޮށްފައިވާ "ރަށުގެ އަތިރިމައްޗާއި، ހުސްބިންތަކުގައި "ގާޑިޔާ ނުވަތަ ގޮނޑި އާއި މޭޒް" ބަހައްޓައިގެން ވިޔަފާރި ކުރުމާއި އެފަދަ ޚިދުމަތްތަކުން ފީ ނެގުމާއިގުޅޭ އުޞޫލު" އަދި "ރަށުގައި "ވޯޓާރ ސްޕޯރޓްސް" ވިޔަފާރި ކުރުމާއި އެފަދަ ޚިދުމަތްތަކުން ފީ ނެގުމާއިގުޅޭ އުޞޫލު" އަށް 10 އޮކްޓޯބަރު 2024 ވަނަ ދުވަހު ބޭއްވުނު މި ކައުންސިލްގެ 04 ވަނަ ދައުރުގެ 2024 ވަނަ އަހަރުގެ 37 ވަނަ އާއްމު ޖަލްސާއިން 03 ވަނަ އިޞްލާޙު ވަނީ ގެނެވިފައެވެ.
މިގެނެވުނު އިސްލާޙްތަކުގެ ތެރޭގައި "ރަށުގެ އަތިރިމައްޗާއި، ހުސްބިންތަކުގައި "ގާޑިޔާ ނުވަތަ ގޮނޑި އާއި މޭޒް" ބަހައްޓައިގެން ވިޔަފާރި ކުރުމާއި އެފަދަ ޚިދުމަތްތަކުން ފީ ނެގުމާއިގުޅޭ އުޞޫލު"ގެ ނަމަށާއި، މި އުސޫލުގެ 1، 3، 7، 8، 10 އަދި 14 ވަނަ މާއްދާ އަދި ޖަދުވަލުތަކަށް ވަނީ އިސްލާޙް ގެނެވިފައެވެ. މީގެ އިތުރުން، ރަށުގައި "ވޯޓާރ ސްޕޯރޓްސް" ވިޔަފާރި ކުރުމާއި އެފަދަ ޚިދުމަތްތަކުން ފީ ނެގުމާއިގުޅޭ އުޞޫލު"ގެ 1، 3، 7 ވަނަ މާއްދާ އަދި ޖަދުވަލުތަކަށް ވެސް ވަނީ އިސްލާޙް ގެނެވިފައެވެ.
ވީމާ، "ރަށުގެ އަތިރިމައްޗާއި، ހުސްބިންތައް ވިޔަފާރި އުސޫލުން ކުއްޔަށް ދިނުމާއިގުޅޭ އުސޫލު" އަދި "ރަށުގެ "ވޯޓާރ ސްޕޯރޓްސް" ވިޔަފާރި ކުރުމާއި އެފަދަ ޚިދުމަތްތަކުން ފީ ނެގުމާއިގުޅޭ އުޞޫލު" އަށް 03 ވަނަ އިޞްލާޙުން ގެނެވުނު އިޞްލާޙުތަކާއެކު އާއްމުކޮށް އިޢުލާންކުރީމެވެ.
25 ޖުމާދަލް އާޚިރު 1446
26 ޑިސެމްބަރު 2024