ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސްމާޓް ހޯނޑެއްދޫ - ވާރުގެ ޕޯޓަލް އާއި އިންޓްރާނެޓް ޑިވޮލަޕް ކޮށްދޭނޭ ފަރާތެއް ހޯދުން.

މިކައުންސިލްގެ ސްމާޓް ހޯނޑެއްދޫ މަޝްރޫޢުގެ ދަށުން ކައުންސިލުންދޭ ޚިދުމަތްތައް އޮންލައިންކޮށް ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ ގޮތުން، މިކައުންސިލުން ދޭ މަޢުލޫމާތާއި އެއްގޮތަށް މިކައުންސިލްގައި ބޭނުންކުރުމަށް ޕޯޓަލް އަކާއި ކައުންސިލްގެ އިންޓްރާނެޓް ހަދައިދޭނޭ ފަރާތެއް ބޭނުންވެއްޖެއެވެ. ޕޯޓަލް އަދި އިންޓްރާނެޓް ހެދުމަށް ޝަޢުގުވެރިވާ ފަރާތްތަކުން މިކައުންސިލްގެ [email protected] އިމެއިލް މެދުވެރިކޮށް 31 ޑިސެމްބަރ 2024 ގެ ކުރިން މިކައުންސިލްގައި ބިޑަށް ރަޖިސްޓްރީ ކުރައްވައި 06 ޖަނަވަރީ 2025 ވަނަ ދުވަހުގެ 13:30 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. ބިޑަށް ރަޖިސްޓްރީ ކުރެއްވޭނީ އީމެއިލް މެދުވެރިކޮށް އެކަނިކަމުގައި ދަންނަވަމެވެ. ބިޑަށް ރަޖިސްޓްރީ ކުރައްވާ ފަރާތްތަކަށް ޕޯޓަލް ހެދުމާއި ގުޅޭ މަޢުލޫމާތު ކަރުދާސް އީމެއިލްގެ ޒަރިއްޔާ އިން ފޯރުކޮށްދެވޭނެއެވެ.

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

22 ޑިސެންބަރު 2024
ހޯދާ