ދިވެހިރާއްޖެ
މި އިޢުލާންވަނީ 25 ޑިސެންބަރު 2024 20:28 ގައި ބާތިލް ކުރެވިފައެވެ.
ބީލަން ހުށަހެޅުމުގެ ދަޢުވަތު
"ރިޓެއިނަރ ސޮފްޓްވެއަރ ޑިވޮލަޕަރުން"ގެ ގޮތުގައި މަސައްކަތް ކުރާނެ ފަރާތްތައް ހޯދުމާއި ބެހޭ
މި ކުންފުނީގެ ބޭނުމަށް، ވަގުތީ "ރިޓެއިނަރ ސޮފްޓްވެއަރ ޑިވޮލަޕަރުން"ގެ ގޮތުގައި މަސައްކަތް ކުރާނެ ފަރާތްތައް ހޯދަން ބޭނުންވެއެވެ. އެގޮތުން ކުރަންޖެހޭ މަސައްކަތްތަކުގެ ތެރޭގައި، މިކުންފުނިން އަންގާ ގޮތަކަށް ސޮފްޓްވެއަރ ޑިޒައިންކުރުމާއި، ޑިވަލޮޕްކުރުމާއި، ބެލެހެއްޓުމާއި އަދި އަޕްގްރޭޑްކުރުން ފަދަ މަސައްކަތްތައް ހިމެނެއެވެ.
މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 2025 ޖަނަވަރީ 8 ވާ ބުދަދުވަހުގެ މެންދުރު 14:00 ގެ ކުރިން މިކުންފުނީގެ "ޓެންޑަރ ޕޯޓަލް"(https://tender.macl.aero) ތެރެއިން މިބީލަމަށް ޝައުގުވެރިކަން ފާޅުކުރުން އެދެމެވެ. މިގޮތަށް ޝައުގުވެރިކަން ފާޅުކުރާ ފަރާތްތައް ރަޖިސްޓްރީވެ، ތައްޔާރު ކުރެވިފައިވާ ބީލަންފޮތް "ޓެންޑަރ ޕޯޓަލް" ތެރެއިން ރަޖިސްޓްރީގެ މުއްދަތު ހަމަވުމުން ލިބިލައްވާނެއެވެ. "ޓެންޑަރ ޕޯޓަލް" އާއި ގުޅޭ އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެލައްވާނަމަ ސައިފް 7981289 އާއި ގުޅުއްވުން އެދެމެވެ.
"ޓެންޑަރ ޕޯޓަލް" ތެރެއިން ބީލަންތައް ހުށަހެޅުމުގެ ސުންގަޑިއަކީ 2025 ޖަނަވަރީ 16 ވާ ބުރާސްފަތިދުވަހުގެ މެންދުރު 14:00 ގައެވެ. "ޓެންޑަރ ޕޯޓަލް" ތެރެއިން ހުށަހެޅި ބީލަންތައް ހުޅުވުމަށް ހަމަޖެހިފައިވަނީ 2025 ޖަނަވަރީ 16 ވާ ބުރާސްފަތިދުވަހުގެ މެންދުރު 14:00 ގައި، މިކުންފުނީގެ މައި އިދާރާގައި ބީލަން ހުށަހެޅި ފަރާތްތަކުގެ ހާޒިރުގައެވެ.
ފަންނީ އަދި މާލީ ދިރާސާއެއް ހެދުމަށްފަހު، ބީލަމުގައި ކަނޑައެޅިފައިވާ އުސޫލުތަކުގެ ތެރެއިން، މިކުންފުންޏަށް އެންމެ ފައިދާހުރި ބީލަމެއް ހުށަހަޅާފައިވާ ފަރާތެއް ބަލައި އެވޯޑްކުރެވޭނެއެވެ. އިތުރު މައުލޫމާތު ސާފުކުރުމަށް ގުޅާނީ 3026431/3337430/3337266/3037236/3337279 ، އީމެއިލް [email protected] ، ވެބްސައިޓް www.macl.aero އަށެވެ.