ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
މުވައްޒަފުން ބޭނުންވެއްޖެ

FSM-ADV/2024/117

މުވައްޒަފުންބޭނުންވެއްޖެ

 

ތިރީގައި މިދަންނަވާ މަޤާމުތަކަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.    

 

 

 

މަޤާމް:

އޮފިސަރ، ރިސްކް

ޑިޕާޓްމަންޓް/ސެކްސަން:

ފައިނޭންސް

ބޭނުންވާ ޢަދަދު:

01

މަސައްކަތުގެ ބާވަތް:

-        ރިސްކްއެސެސްމަންޓް ހެދުމަށް ބޭނުންވާ މައުލޫމާތު އެއްކުރުމާއި ރިޕޯޓް ތައްޔާރުކުރުން.

-        ކުންފުނީގެ އޮޕަރޭޝަން އަދި ޕްރޮޖެކްޓްތަކާއި ގުޅިގެން ކުރިމަތިވެދާނެ ރިސްކްތަށް ވަޒަންކޮށް ދެނެގަތުން.

-        ރިސްކްތަށް ކުޑަކުރުމަށް ނުވަތަ ނައްތާލުމަށް ކުރެވިދާނެ ކަންކަން ޑިވެލޮޕް ކުރުން.

-        ފައިނޭންސް ޑިޕާޓްމަންޓް ދުވަހުން ދުވަހަށް ނިންމަންޖެހޭ ކަންކަންކުރުން.

ޝަރުތުތައް:

-        ފައިނޭންސް އަދި އެކައުންޓިން ދާއިރާއިން ޑިގްރީ ޙާސިލްކޮށްފައިވުން ނުވަތަ އޭ.ސީ.ސީ.އޭ، ސީ.އައި.އެމް.އޭ.   ނުވަތަ ސީ.އައި.އޭ. ޙާސިލްކޮށްފައިވުން

-        މަސައްކަތާއި ގުޅުންހުރި ދާއިރާއިން 3 އަހަރުގެ  ތަޖުރިބާ ހުރި ފަރާތްތަކަށް އިސްކަން ދެވޭނެވެ.

ވަޒީފާގެ ބާވަތް:

ދާއިމީ

މަސައްކަތަށް ނިކުންނަން ޖެހޭ ތަން:

ހެޑް އޮފީސް - ފައިނޭންސް ޑިޕާޓްމަންޓް

 

 

މަޤާމް:

އެކައުންޓަންޓް

ޑިޕާޓްމަންޓް/ސެކްސަން:

ފައިނޭންސް

ބޭނުންވާ ޢަދަދު:

01

މަސައްކަތުގެ ބާވަތް:

-        ބަޖެޓް ރިޕޯޓް އަދި މެނޭޖްމަންޓް އެކައުންޓް ރިޕޯޓުތައް ތައްޔާރުކުރުން.

-        ފައިނޭންޝިއަލް ޑޮކިއުމެންޓުތަކާއި އެކައުންޓުތަކުގެ ރެކޮންސިލިއޭޝަން ހެދުން.

-        ރެކޯޑްތަކުގެ ސައްހަކަން ޑިޕާޓްމަންޓުތަކާއި ގުޅިގެން ފުރިހަމަކޮށް އެކައުންޓިންގެ ސަޕޯޓް ފޯރުކޮށްދިނުން.

-        ފައިނޭންޝިއަލް ފީސިބިލިޓީ އަދި ރިސްކް އެސެސްމެންޓުތައް ތައްޔާރުކުރުން.

-        ފައިނޭންސް ޑިޕާޓްމަންޓުގައި ދުވަހުން ދުވަހަށް ނިންމަންޖެހޭ މަސައްކަތްތައް ކުރުން.

ޝަރުތުތައް:

-        ފައިނޭންސް އަދި އެކައުންޓިން ދާއިރާއިން ޑިގްރީ ޙާސިލްކޮށްފައިވުން ނުވަތަ އޭ.ސީ.ސީ.އޭ، ސީ.އައި.އެމް .އޭ ޙާސިލްކޮށްފައިވުން

-        މަސައްކަތާއި ގުޅުންހުރި ދާއިރާއިން 3 އަހަރު ދުވަހުގެ ތަޖުރިބާ ހުރި ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

ވަޒީފާގެ ބާވަތް:

ދާއިމީ

މަސައްކަތަށް ނިކުންނަން ޖެހޭ ތަން:

ހެޑް އޮފީސް - ފައިނޭންސް ޑިޕާޓްމަންޓް

 

 

 

ވީމާ، މިވަޒީފާއަށް އެދިލައްވާ ފަރާތްތަކުން 2024 ޑިސެމްބަރު 29 ވާ އާދީއްތަ ދުވަހުގެ މެންދުރު 14:00 ގެ ކުރިން ވަޒީފާއަށް އެދޭފޯމު ފުރިހަމަކުރުމަށްފަހު،ތަޢުލީމީ ސެޓިފިކެޓް ތަކުގެ ކޮޕީ، ސީވީ، އައި.ޑީ.ކާޑު އަދި ޕޮލިސް ރިޕޯޓް އާއި އެކު މި ކުންފުނީގެ އީމެއިލް، [email protected] އަށް ފޮނުވުން އެދެމެވެ. (އެޕްލިކޭޝަން ފޯމުލިބިލައްވާނީ ކުންފުނީގެ ވެބްސައިޓުންކަން ދަންނަވަމެވެ.)

 

އެޕްލިކޭޝަން މެއިލް ކުރައްވާއިރު، މެއިލް ސަބްޖެކްޓުގައި އިއުލާން ނަންބަރު ޖެއްސެވުން އެދެމެވެ.

 

އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް 3032536 ނަންބަރަށް ގުޅުއްވުން އެދެމެވެ.

 

25 ޑިސެމްބަރު 2024

 

 

25 ޑިސެންބަރު 2024
ހޯދާ