ދިވެހިރާއްޖެ
(IUL)438-WMPC/438/2024/555:އިޢުލާން ނަންބަރު
ބީލަން ހުށަހެޅުމުގެ ދަޢުވަތު
ޕްރޮޖެކްޓް ނަންބަރު: MV-MEE-468160-GO-RFB
ވަންދޫ ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ފެސިލިޓީގައި ގާއިމުކުރެވިފައިވާ ފިޔުލް ފާރމް އަށް ބޭނުންވާ ފަޔަރ ޑިޓެކްޝަން އެންޑް ޕްރޮޓެކްޝަން ސިސްޓަމެއް ގާއިމުކުރުމަށް ބޭނުންވާ އިކްއިޕްމެންޓް ސަޕްލައި، ޑެލިވަރ އަދި އިންސްޓޯލް ކޮށްދޭނެ ފަރާތެއް ހޯދުމަށް
ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ އިން އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް އޮސޯސިއޭޝަން - ވާރލްޑް ބޭންކުގެ ހިލޭ އެހީގައި ހިންގަމުންދާ މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓް ޕްރޮޖެކްޓް (އެމް.އީ. ސީ. ޕީ) ދަށުން ވަންދޫ ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ފެސިލިޓީގައި ގާއިމުކުރެވިފައިވާ ފިޔުލް ފާރމް އަށް ބޭނުންވާ ފަޔަރ ޑިޓެކްޝަން އެންޑް ޕްރޮޓެކްޝަން ސިސްޓަމެއް ގާއިމުކުރުމަށް ބޭނުންވާ އިކްއިޕްމެންޓް ސަޕްލައި، ޑެލިވަރ އަދި އިންސްޓޯލް ކޮށްދޭނެ ފަރާތެއް ހޯދުމުގެ މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.
މިމަސައްކަތައް ޝައުގުވެރިވާ ފަރާތްތައް މަސައްކަތް ކުރުމުގެ ޤާބިލްކަން ސާބިތުކޮށް ދިނުމުގެ ގޮތުން އެޓޭޗްކޮށްފައިވާ ބީލަން ފޮތުގައި ބަޔާންކޮށްފައިވާ މައުލޫމާތު ހުށަހަޅަންވާނެއެވެ.
މި މަސައްކަތާއި ބެހޭ އެންމެހައި ލިޔެކިޔުންތައް (ޓެކްނިކަލް ސްޕެސިފިކޭޝަން، ޑްރޯވިންގްސް، ޓެންޑަރ ޑޮކިޔުމަންޓް) ގެޒެޓްގައި އެޓޭޗްކޮށްފައި ހުންނާނެއެވެ.
މިމަސައްކަތް ކުރާނެ ފަރާތްތައް ހޮވާނީ ނެޝަނަލް ކޮމްޕެޓިޓިވް ބިޑިންގ އުޞޫލުން، ވާރލްޑް ބޭންކް ގައިޑްލައިންސް: IDAކްރެޑިޓް އަދި ހިލޭ އެހީގެ ދަށުން ގައުމުތަކުން ތަކެތި ހޯދުމާއި މަސައްކަތް ކުރާނެ ފަރާތްތައް ހޯދުން - 1 ޖުލައި 2016 ގައި އިސްލާޙުކޮށްފައިވާ އުޞޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތިން، ޝަރުތު ހަމަވާ ހުރިހާ ފަރާތްތަކަށް ޢާއްމުކޮށް ހުޅުވާލެވިގެންނެވެ.
ބިޑް ރަޖިސްޓްރީ ކުރުން
ބީލަން ހުށަހެޅުމަށް ޝައުގުވެރިވާ ފަރާތްތަކުން މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީގައި ރެޖިސްޓަރ ކުރަންވާނެއެވެ. ރެޖިސްޓްރޭޝަން ކުރިއަށް ދާނީ ގެޒެޓް ކުރެވޭ ދުވަހުން ފެށިގެން 19 ޖަނަވަރީ 2025 ވާ އާދީއްތަ ދުވަހުގެ 14:00ގެ ނިޔަލަށެވެ. މި ބީލަމުގައި ރެޖިސްޓްރީވެވޭނީ އިޢުލާނު ނަންބަރާއި، ޕްރޮޖެކްޓް ނަން، ރެޖިސްޓަރ ވާން އެދިލައްވާ ފަރާތުގެ ނަން އަދި ގުޅޭނެ ނަންބަރު އިނގޭނެހެން މި އިޢުލާނުގައި ބަޔާންކޮށްފައިވާ އީ-މެއިލް އެޑްރޭހަށް އީމެއިލް ކުރައްވައިގެންނެވެ. ބީލަން ހުށަހެޅުމަށް ރެޖިސްޓަރ ނުކުރާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ.
ޕްރީބިޑް ބައްދަލުވުން
ޕްރޮޖެކްޓްގެ ޕްރީބިޑް ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ 12 ޖަނަވަރީ 2025 ދުވަހުގެ 11:00 ގައި ސާފުރާއްޖެ ބިލްޑިންގައެވެ. އަދި ޕްރީބިޑް ބައްދަލުވުމަށް އޮންލައިންކޮށް ބައިވެރިވެލައްވާ ފަރާތްތަކުން ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކޮށްފައިނުވާ ފަރާތަކުން ބައްދަލުވުމުގައި ބައިވެރިވުމަށް ޝައުގުވެރިވާނަމަ، އެފަރާތްތަކުން 9 ޖަނަވަރީ 2025 ދުވަހުގެ 11:00 ގެ ކުރިން މިކަމަށްއެދި އީ-މެއިލް ކުރަންވާނެއެވެ.
ބިޑު ސެކިއުރިޓީ
ބިޑް ސެކިއުރިޓީ ހުށަހަޅާނަމަ މަޝްރޫޢުގެ ބިޑް ސެކިއުރިޓީގެ ގޮތުގައި(20,000) (ވިހި ހާސް) ދިވެހި ރުފިޔާގެ ބިޑް ސެކިއުރިޓީއެއް ހުށަހަޅަން ޖެހޭނެއެވެ. ބިޑު ސެކިއުރިޓީގެ މުއްދަތަކީ ބިޑު ހުޅުވާ ތާރީހުން ފެށިގެން (118) ދުވަހެވެ.
އަދި ބިޑް ސެކއުރިޓީގެ ބަދަލުގައި ބިޑް ސެކިއޯރިންގް ޑިކްލަރޭޝަން ހުށަހަޅާނަމަ، ޓެންޑަރ ޑޮކިއުމަންޓްގެ 61 ވަނަ ޕޭޖުގައި ވާ "Form of Bid-Securing Declaration" ފޯރމް ފުރިހަމަކުރުމަށްފަހު ހުށަހަޅަންވާނެއެވެ.
ބީލަން ވެލިޑިޓީ އަދި ބީލަން ހުޅުވުން
ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީހާއި ވަގުތު،ބީލަން ހުށަހަޅާ ފަރާތުގެ ނަން، އީމެއިލް-އެޑްރެސް އަދި ގުޅޭނެ ފޯނު ނަންބަރު ލިޔެވިފައި އޮންނަންވާނެއެވެ. ބީލަމުގެ މުއްދަތުގެ ގޮތުގައި ބިޑް ހުށަހަޅާ ތާރީހުން ފެށިގެން 120 ދުވަސް އޮންނަންވާނެއެވެ.
ބީލަން ހުށަހަޅާނީ 23 ޖެނުއަރީ 2025 ވާ ބުރާސްފަތި ދުވަހުގެ 11:00ގެ ކުރިން މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ތިރީގައި ދަންނަވާފައިވާ އެޑްރޭހަށެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް އަނބުރާ ރައްދު ކުރެވޭނެއެވެ. ބީލަން ހުޅުވުމަށް ހަމަޖެހިފައި ވަނީ 23 ޖެނުއަރީ 2025 ވާ ބުރާސްފަތި ދުވަހުގެ 11:00ގައި، މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން އެވަގުތުގައި ހާޒިރުވެ ތިބި ބީލަންވެރިން ނުވަތަ ބީލަންވެރިންގެ ބަދަލުގައި އެ ފަރާތަކުން ކަނޑައަޅާ ފަރާތްތަކުގެ ހާޒިރުގައެވެ.
އިތުރު މަޢުލޫމާތު ސާފުކުރުން
މި ޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ، އީ-މެއިލް ކުރާނީ 16 ޖަނަވަރީ 2025 14:00ގެ ކުރިން، ތިރީގައިވާ އީ-މެއިލް އެޑްރެހަށެވެ. އީމެއިލް ކުރާއިރު ސަބްޖެކްޓްގައި އިއުލާނު ނަންބަރާއި ބީލަމުގެ ނަން ލިޔަންވާނެއެވެ.
އީމެއިލް އެޑްރެސް[email protected]
އަންދާސީ ހިސާބު ހުށަހަޅަންވާނީ ބަންދުކޮށްފައިވާ ސިޓީ އުރައެއްގައި ތިރީގައި ވާ ގޮތަށް އެޑްރެސް ކޮށްފައެވެ.
“Do not Open Before 23rd January 2025 at 1100hrs – Supply, Delivery and Installation of Fire Detection and Protection System for Fuel Farm for Regional Waste Management Center-R.Vandhoo” – (IUL)438-WMPC/438/2024/555
މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓް ޕްރޮޖެކްޓް
މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ސާފުރާއްޖެ ބިލްޑިނގް
މާލެ، ދިވެހިރާއްޖެ.
އީމެއިލް: [email protected]
ނަންބަރު: +960 3018451
ވެބްސައިޓް: www.environment.gov.mv
ނޯޓް:
މަޢުލޫމާތު ފުރިހަމަނޫން ބިޑުތައް ބާތިލުކުރުމުގެ ފުރިހަމަ އިޚްތިޔާރު މ މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީއަށް ލިބިގެންވެއެވެ. އަދި ބިޑު ކޮންމެ ވަގުތެއްގައި ވެސް ބާތިލުކުރުމުގެ އިޚްތިޔާރު މި މިނިސްޓްރީއަށް ލިބިގެންވެއެވެ.
25 ޑިސެމްބަރ 2024