ކޮޅުމަޑުލު ކިނބިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނީލަންކިޔުމާ ގުޅޭ

އިޢްލާން

ނީލަންކިޔުމާ ގުޅޭ

           ކިނބިދޫގެ ބިންހިއްކުމުގެ މަޝްރޫއާއި ގުޅިގެން މިމަސައްކަތަށް މަގުހެދުމާއި ސައިޓް ހެދުމަށް ކިނބިދޫ  އިރުމަތީކޮޅު ހޭޅިފަށުން ކަނޑާފައި ހުރި ރުއްތަކާއި، ކުޑަދޫ ބްރިޖް ސަރަޙައްދުގައި ހުރި ވަކަރު ފުނި އަދި ކިނބިދޫ އަންހެނުންގެ މަރުކަޒުން ނެއްޓި ކުޑަދޮރުތައް ނީލަން ކިޔުމަށް ކައުންސިލުން ބޭނުންވެއެވެ.

މިތަކެތި ހުންނާނީ ހުންނާނީ:

  • ސަންޝައިންގޭ އިރުދެކުނު ކަންމަތި 1- 15 ރަތް ދަވާދުން ނަންބަރު ޖަހާފައެވެ.
  • އަންބަރީގޭގެ އިރުން 16- 26 ރަތް ދަވާދުން ނަންބަރު ޖަހާފައެވެ.
  • އޮއިވަރު ގޯތީގެ އިރުން 27- 34 ރަތް ދަވާދުން ނަންބަރު ޖަހާފައެވެ.
  • ފަތިސްހަނދުވަރު ގޭގެ އިރުން 35- 45 ރަތް ދަވާދުން ނަންބަރު ޖަހާފައެވެ.
  • ކަސްމީރު ގޭގެ އިރުން 46- 61 ރަތް ދަވާދުން ނަންބަރު ޖަހާފައެވެ.
  • ބަރަވެލި މަގުގެ އިރުން 62- 68 ރަތް ދަވާދުން ނަންބަރު ޖަހާފައެވެ.
  • ކުޑަދޫ ބްރިޖް ކައިރީގައި ހުރި ވަކަރުފުނި 69 ރަތް ދަވާދުން ނަންބަރު ޖަހާފައެވެ.
  • ކައުންސިލް އިދާރާ ކުރިމަތީ ޕާކުގައި ހުރި ކުޑަދޮރުތައް 70 ރަތް ދަވާދުން ނަންބަރު ޖަހާފައި
  • އައު ކުނިކޮށި ސަރަޙައްދު ކަނޑާފައި ހުރި ރުއްތައް  71- 80  ށް ރަތް ދަވާދުން ނަންބަރު ޖަހާފައި

 

            ނީލަން ކިއުން އޮންނާނީ 01 ޖަނަވަރީ 2025 ވާ ބުދަ ދުވަހުގެ ހެނދުނު 10:00 ގައި ރުއްގުޅިތައް ހުރި ސަރަޙައްދުގައެވެ.

            ނީލަން ކިއުމަށް ހަމަޖެހިފައިވަނީ ކޮންމެ ނީލަން ނަންބަރެއް ވަކީންނެވެ. ނީލަން ފެށޭ އަގަކީ ގުޅިއަކަށް 50 ރުފިޔާއެވެ. ނީލަން ކިޔަމުންދާއިރު އަގަށް ފަހަރަކު އިތުރު ކުރެވޭނީ މަދުވެގެން -/10 ރުފިޔާއެވެ.

            ނީލަމުން ނަންގަވާ ތަކެތި ގެންދަންވާނީ ނީލަމުންނެގި ފައިސާ ކައުންސިލްގެ އިދާރާއަށް ދެއްކެވުމަށް ފަހުގައެވެ. ފައިސާ ނުދައްކައި ނުވަތަ ފައިސާ ދެއްކުމަށް ފަހުވެސް ތަކެތި ނުގެންގޮސް 30 ދުވަހަށްވުރެ އިތުރު ވެއްޖެނަމަ އަލުން ނީލަން ކިޔޭނެއެވެ. އަދި، ނީލަމުން ނެގި ތަކެތި އެތާނގައި ބަހައްޓައިގެން ފަޅައި ކޮށައި ހަދައިފިނަމަ އެތަނަށް އެޅޭ ކުނި ސާފުކުރަންވާނެއެވެ.

            މީގެ ކުރީން މިއިދާރާގެ ނީލަމެއްގައި ބައިވެރިވެ މިހާތަނަށް އެއްވެސް ފައިސާއެއް ނުދައްކާ ފަރާތެއްވާނަމަ އެފަރާތެއް ނީލަމުގައި ބައިވެރިއެއް ނުކުރެވޭނެއެވެ. އެހެން ކަމުން މިހާރު ނީލަމަށް ފައިސާ ނުދައްކަވާ ފަރާތްތަކުން ފައިސާ ދައްކަވައި ޚަލާޞް ކުރުމަށް ދެންނެވީމެވެ.

            ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢްލާން ކުރީމެވެ.

                    24 ޖުމާދަލްއާޙިރާ 1446ހ.

 

25 ޑިސެންބަރު 2024
ހޯދާ